ރިޕޯޓް

ދައްޗާއި ތުރާތަކަށް ފަހު ފިނިފެންމަލުގެ ދާނަކަށް!

ވިލާ އިންޓަނޭޝަނަލް ސުކޫލުގެ ދިވެހި ޓީޗަރު އާތިފާ "މިހާރު"އަށް އިންޓަވިއު ދެނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެއީ މީގެ 36 އަހަރު ކުރި އެވެ. އުފަން ރަށް ހއ. މާރަންދޫ ދޫކޮށް އާތިފާ ޒަކަރިއްޔާ މާލެ ފޭބީ ތައުލީމު ހާސިލު ކުރާށެވެ. އެކަމަކު، މާލެއަށް އައިސް ދެވަނަ އަށް ވީ އަހަރު ހޭދަކުރަން ޖެހުނީ މާ ފަސޭހަ ދުވަސްތަކެއް ނޫނެވެ.

އެ ދުވަސްވަރު "ރާއްޖެތެރެއިން" މާލެ އަންނަ އެހެން ގިނަ ކުދިންނެކޭ އެއްގޮތަށް އޭނާ އަށް ވެސް ޖެހުނީ އެ ގޭގެ ހުރިހާ މަސައްކަތެއް ކޮށްގެން އުޅޭށެވެ. ތަޅުމެއް ވެސް ނެތް ކޮޓަރިއެއްގައި އުޅެން ޖެހުނީ އޭނާ އަށް ވުރެ ދޮށީ އަންހެން ކުއްޖަކާ އެކުގަ އެވެ.

އެ ހަނދާންތައް އޭނާ ވަނީ އަމިއްލަ އަށް ލިޔެ ރައްކާކޮށްފަ އެވެ. އެއީ އޭނާގެ މާޒީ އެވެ. ސްކޫލު ދުވަސްވަރާއި ޒުވާން އުމުރެވެ. ހިތްދަތިކަމާއި ވޭނެވެ. އެކަމަކު އެއީ، އޭނާ ކުރާ ޝަކުވާއެއް ނޫނެވެ.

މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް)ގައި އޭނާ ކިޔެވިއިރު، ހެނދުނު އަމިއްލަ އަށް ތައްޔާރުކުރާ ކިރު ތައްޓެއް ބޯލައިގެން 6:45ގައި ސްކޫލަށް ގޮސްފައި ނިމެނީ 11 ޖަހާއިރު އެވެ. ގެއަށް އައިސް ޔުނިފޯމު ބަދަލުކުރުމަށް ފަހު ފުރަތަމަ ކުރަން ޖެހޭ ކަމަކީ އޭގެ ކުރީ ދުވަހު ކައްކައިފައި ހުންނަ ތެލިތައް ދޮވުމެވެ.

"އެ ދުވަސްވަރު އެ ގޭގައި ކައްކަނީ ދަރު އުދުނުންނެވެ. ތެލިތައް ދޮވެ ނިމޭއިރު މުޅި ގައިގައި އޮންނަނީ ދެއްޔެވެ. އެންމެ އަސަރު ކުރަނީ އަތުގެ ނިޔަފަތުތަކުގެ ދަށަށް ދެލިވަދެ ކަޅުވެފައި ހުންނާތީ އެވެ،" އާތިފާ އޭނާގެ ހަޔާތާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުމެއްގައި ވެ އެވެ.

އެއަށްފަހު އޮންނަނީ މެންދުރު ކައްކަން ހުނި ގޭނުމެވެ. ހުނިގޮނޑީގައި އިނދެ ހުނި ގާނާ ނިމިގެން އެއިން ކިރުފެލުމެވެ. މިކްސްޗަރެއް އެއްޗެއް ވެސް ނުހުންނަ އެ ޒަމާނުގައި ހުނި އެއްޗަށް ފެން އަޅާފައި އަތުހުރި ބާރެއް ލައިފައި ޖެހެނީ ފެލާށެވެ. ނަމަވެސް ތަންތަނަށް ބުރައިގެން ނުވާނެ އެވެ. ކޮންމެ ކަމެއްގައި ވެސް ކަން ކުރަންޖެހޭ އުސޫލެއް އޮވެ އެވެ.

"މަސައްކަތް މި ހިސާބަށް ނިންމައިލެވުނީމާ އެ އޮތީ އެއްޗެއް ކާން ފުރުސަތު ލިބިފަ އެވެ. ސްކޫލުން އައިސް އެއްޗެއް ކާން ވެސް އަމުރު އޮންނަނީ މި މަސައްކަތްތައް ކޮށްފަ އެވެ،" އާތިފާ، އޭނާގެ ހަނދާންތައް އާކުރި އެވެ.

އެ ދިރިއުޅުން އާތިފާ އަށް ވީ އުނދަގޫ އަދި ދަތި ދިރިއުޅުމަކަށެވެ. އެކަމުގެ ޝަކުވާ މާރަންދޫ ކުރީގެ ކަތީބު، އަދި އޭނާގެ ބައްޕަ ޒަކަރިއްޔާ ކަލޭފާނުގެ ގާތުގައި އާތިފާ ކުރި އެވެ. އުޅެން ޖެހޭ ދަތިހާލުގެ ވާހަކަ ކިޔައިދިނެވެ.

އާތިފާގެ ވާހަކަތައް ކަނުލާ އަޑު އެއްސެވުމަށްފަހު އޭނާގެ ބުރަކަށީގައި ފިރުމާލައްވައިފައި ބައްޕަ ވިދާޅުވީ ހިކުމަތްތެރި ވާހަކަ އެކެވެ.

"ކަނބުލޯއެވެ. ފިނިފެންމަލުގެ ދާނުގައި ތައުލީމު ހާސިލެއް ނުކުރެވޭނެ އެވެ. މިހާރު ހިތްވަރާއެކު ކިޔަވާށެވެ. ފަހުން ރަނގަޅުވާނެ އެވެ،"

އެއީ އާތިފާ، އޭނާގެ ބައްޕައާ އެކު ހިއްސާކުރާ އުފާވެރި ހަނދާނެކެވެ. ބައްޕަގެ ނަސޭހަތްތަކުގެ ތެރެއިން މަދު މިންވަރެކެވެ.

އެ ނަސޭހަތަކީ އާތިފާ މިއަދު އެ ހުރި ހިސާބަށް ގެނެސްދިން ހިތްވަރެވެ. މިއަދު އޭނާއަކީ ރާއްޖޭގައި މަތީ ސާނަވީ ތައުލީމު އެންމެ ފުޅާ ދާއިރާއެއްގައި ކިޔަވައިދޭ އެއް ސްކޫލް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ދިވެހި ޓީޗަރެކެވެ. އެތައް ކުދިންނެއްގެ ލޯތްބާއި އިހްތިރާމް އޭނާ ހޯދައިފި އެވެ. އެކަމަކު، ފިނިފެންމަލުގެ ދާނުގައެއް ނޫނެވެ. ދައްޗާއި ތުރާ ތަހައްމަލު ކޮށްގެންނެވެ.

އެންމެ ކުޑައިރުއްސުރެ ވެސް އާތިފާ ދުށް ހުވަފެނަކީ މުދައްރިސަކަށް ވުމެވެ. އެކަމަކު، ރަށުގައި އޭރު ތައުލީމީ ނިޒާމު ރަނގަޅެއް ނޫނެވެ. އެހެންކަމުން، ކިޔަވަން ދާން ޖެހުނީ އެ އަތޮޅު ހޯރަފުއްޓަށާއި ދިއްދުއަށެވެ. ނަވާރަ ސަތޭކަ އަށްޑިހަ ހަ ވަނަ އަހަރު މާލެ އަށް އައީ އެ ދެ ރަށުގައި ކިޔެވުމަށް ފަހު އެވެ.

މާލެ އިން ފަށާ ތައުލީމުގެ މުދައްރިސްކަމުގެ ކޯސް އޭނާ ފުރިހަމަކުރި އެވެ. އެއަށްފަހު، އާތިފާ ދިޔައީ އޭނާގެ ބައްޕަ އަބަދުވެސް އެދިލައްވާ ފަދައިން ރަށަށް ހިދުމަތް ކުރުމަށެވެ. މުދައްރިސެއްގެ ގޮތުގައި ރަށުގައި ދެ އަހަރު އޭނާ ހޭދަކުރި އެވެ.

އާތިފާ "މިހާރު" އާ ވާހަކަ ދައްކަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެކަމަކު ރަށުގައި އިތުރަށް ކުރިއަށް ދާކަށް ފުރުސަތެއް ނެތް. މިހާރުހެން [އިންޓަނެޓް] ވަސީލަތެއް ނެތް. އެހެންވީމަ ފާހަގަ ކުރެވުނީ މީހާ ހުރި ވަރުން އެއްވެސް ކުރިއެރުމެއް ނުލިބޭކަން. ދެހާސްވަނަ އަހަރު އަނެއްކާ މާލެ އައީ ސެކަންޑަރީ ޓީޗިން ސެޓްފިކެޓް ފުރިހަމަކުރަން،" އާތިފާ ކިޔައިދިނެވެ.

މާލެ އައިސް އޭނާ ސެކަންޑަރީ ޓީޗިން ހެދީ ދިވެހިބަހުން ހާއްސަ ވެގެންނެވެ. ދިވެހި ޓީޗަރަކަށް ވާން އޭނާގެ ޝައުގުވެރިކަން އުފެދުނީ ވެސް ބައްޕަގެ ފުށުންނެވެ. މާލޭގެ ފިހާރައެއްގައި ދިވެހި ފޮތެއް ހުރިނަމަ އޭރު އާތިފާމެންގެ ގޭގައި އޮންނާނެ އެވެ. ވާހަކަ ފޮތްތަކާއި އެކި މައުލޫމާތު ހިމެނޭ ފޮތްތަކެވެ. އެ ފޮތްތައް އާތިފާމެން ލައްވާ ކިޔުއްވަ އެވެ. އެހެންކަމުން ކުޑައިރުއްސުރެ ވެސް ބަހާއި ތާރީހަށް ހިތުގައި އޮތީ ލޯބި އުފެދިފަ އެވެ.

ސެކަންޑަރީ ޓީޗިން ފުރިހަމަ ކުރުމަށް ފަހު އެންމެ ފުރަތަމަ މާލޭ ސްކޫލަކަށް އާތިފާ ވަޒީފާ އަށް ދިޔައީ އަމީނިއްޔާ ސްކޫލަށެވެ. އެއީ 2001 ވަނަ އަހަރު އެވެ. އެ ތަނުގައި 2006އާ ހަމައަށް އޭނާ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި އެވެ. ކިޔަވައިދިނީ ގްރޭޑު އަށަކާއި ނުވައަކަށެވެ.

މި މާއްދާ ބޮޑަށް ފާހަގަކޮށްފައި އޮންނަނީ ފޫހި މާއްދާއެއް ގޮތުގައި. އެކަމަކު މާއްދާ ފޫހި ވިޔަސް އެ ކުދިންނަށް މުދައްރިސް ފޫހި ނޫންކަން އިހުސާސް ކުރެވޭ ވަގުތަކީ ވަރަށް އުފާވާ ވަގުތެއް. އަދި ކިޔެވުމަށް މަސައްކަތް ނުކުރާ ކުދިން ފަހުން ވާހަކަ ދައްކައިގެން އެ ކުދިންނަށް ހިތްވަރު ދީގެން ނަތީޖާ ރަނގަޅު ކުރެވުމަކީ ވެސް ލިބޭ ހިތްހަމަޖެހުމެއް.

އަމީނިއްޔާއިން އޭނާ ކެނޑުނީ 2007 ވަނަ އަހަރު ޑިގްރީ އަށް ކިޔަވަން ފަށާށެވެ. އޭރުގައި ގަވާއިދު އޮންނަ ގޮތުން ވަޒީފާގައި އުޅެމުން ނުއެއް ކިޔެވެ އެވެ. ޑިގްރީ އަށް ކިޔަވައި ނިންމުމަށްފަހު، 2010 ވަނަ އަހަރު އޭނާ ގުޅުނީ އިމާދުއްދީން ސްކޫލުގަ އެވެ.

އެކަމަކު އިމާދުއްދީނުގައި ސެކަންޑަރީ ކުދިންނަށް ކިޔަވައިދޭން އުޅެފައި އޭނާގެ ހިތަށް އެރި އެވެ. މި ގޮތަށް އެއް ގްރޭޑު ތަކަކަށް ކިޔަވައިދޭ ނަމަ މާ ބޮޑު ޗެލެންޖަކަށް ނުވަތަ ގޮންޖެހުމަކަށް ނުވާ ކަމަށެވެ. އެހެންކަމުން، އެއަށްވުރެ މަތީ ގުރޭޑަކަށް ކިޔަވައިދޭން ގޮސް ޗެލެންޖަކާ ކުރިމަތިލާން އޭނާ ބޭނުންވި އެވެ.

"އޭރު ކޮލެޖުގެ ތާރީހު ޕްރޮގްރާމުތަކަށް ވެސް ޕާޓްޓައިމްކޮށް ލެކްޗަރާއަކަށް ދަން. ދެން މަތީ ސާނަވީ ތަނަކުން ފުރުސަތު ލިބުނީމަ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވިލާއާ ގުޅުނީ،" އާތިފާ ކިޔައިދިނެވެ.

އޭރުއްސުރެ އޭނާ މަސައްކަތް ކުރަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގަ އެވެ. އޭނާއަކީ ދަރިވަރުންގެ އިހުތިރާމާއި ގަދަރާއި ލޯބި ލިބިފައިވާ ޓީޗަރެކެވެ. ދަރިވަރުންގެ ފަރާތުން އާތިފާގެ ރަނގަޅު ވާހަކަތައް އެތައް ފަހަރަކު އަޑު އިވެ އެވެ.

މި ދާއިރާގައި އާތިފާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދަރިވަރުންގެ ފަރާތުން ލިބޭ ލޯތްބާއި އިހުތިރާމެވެ. ސުކޫލު ނިމޭ ފަހުން ވެސް ދަރިވަރުންނާ ދެމެދު އޮންނަ ގުޅުމެވެ. ބައެއް ފަހަރަށް، ތަންތަނަށް ހިދުމަތް ހޯދަން ދިއުމުން އެ ތަންތަނުގެ އިސް މަގާމުތަކުގައި ވެސް ދަރިވަރުން ތިބުމެވެ.

"މި މާއްދާ ބޮޑަށް ފާހަގަކޮށްފައި އޮންނަނީ ފޫހި މާއްދާއެއް ގޮތުގައި. އެކަމަކު މާއްދާ ފޫހި ވިޔަސް އެ ކުދިންނަށް މުދައްރިސް ފޫހި ނޫންކަން އިހުސާސް ކުރެވޭ ވަގުތަކީ ވަރަށް އުފާވާ ވަގުތެއް. އަދި ކިޔެވުމަށް މަސައްކަތް ނުކުރާ ކުދިން ފަހުން ވާހަކަ ދައްކައިގެން އެ ކުދިންނަށް ހިތްވަރު ދީގެން ނަތީޖާ ރަނގަޅު ކުރެވުމަކީ ވެސް ލިބޭ ހިތްހަމަޖެހުމެއް،" އާތިފާ ބުންޏެވެ.

އާތިފާ އޭނާގެ ދަރިވަރުންތަކަކާއެކު --

ދިވެހިބަހުގެ މާއްދާއަކީ "ފޫހި" މާއްދާއެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކުރަން އާތިފާ ގިނަ މަސައްކަތަކެއް ކުރެ އެވެ. ސްކޫލުގެ މެނޭޖްމަންޓުގެ ފަރާތުން އެއްބާރުލުން ލިބިގެން ކޮންމެ އަހަރަކު ވެސް އެ ސްކޫލުގެ ކުދިން ގޮވައިގެން ރާއްޖެތެރޭ ރަށްރަށަށް ދަތުރު ކުރެ އެވެ. އެ ރަށްރަށުގެ ތާރީހީ ކަންކަމާއި ބަސް ދިރާސާ ކުރަން އެ ކުދިންނަށް ފުރުސަތު ލިބެ އެވެ.

ތައުލީމު އުނގަންނައިދިނުމުގެ ދާއިރާގައި ވަކި އުފާވެރި ދުވަހެއް ފާހަގަކުރަން އާތިފާ އަށް އުނދަގުލެވެ. ދަރިވަރުންނަށް ލިބޭ ކޮންމެ އުފަލަކާއި ހިތްހަމަޖެހުމަކީ އޭނާގެ ވެސް އުފަލާއި ހިތްހަމަޖެހުމެވެ. ރަނގަޅު ނަތީޖާއެއް ލިބުމުން އެ ކަމާ ދަރިވަރުން އުފާވެގެން އުޅުމުން އޭނާ ވެސް ނުހަނު އުފާވެ އެވެ. އެކަމަކު، ދަރިވަރުންނަށް އެންމެ ރަނގަޅު ނަތީޖާ ނުލިބިގެން އެކަމާ ދަރިވަރުން ދެރަވުމުން އޭނާގެ ހިތް ނުތަނަވަސް ވެ އެވެ.

ދަރިވަރުންގެ އުފަލާއި ހިތާމައަކީ އޭނާގެ ވެސް އުފަލާއި ހިތާމަ އެވެ.

"އިމްތިހާނުގެ ނަތީޖާ ލިބިގެން ކުދިން އުފާވެފައި ބައްދަލުކޮށްލައިފަ އެ ބުނާ ވާހަކަ، އަޅުގަނޑުމެން ކޮށްދިން މަސައްކަތް އެ ކުދިން ބަލައިގަނެގެން އެ ފޯނުކޮށްލައިފައި ބުނާ ވާހަކަ ނުވަތަ ފޮނުވާލާ އެ މެސެޖު. އެ ވަގުތު ވަރަށް އުފާވޭ،" އާތިފާ ބުންޏެވެ.

ޗެލެންޖެއް ނެގުމަށް ޓަކައި، އޭލެވެލް ކުދިންނަށް ކިޔަވައިދޭން ފެށުމުން އާތިފާ އަށް އަލަށް ވަރަށް ގިނަ ކަންކަން ދަސްވި އެވެ. އެ ތަޖުރިބާ ވީ އޭނާ އަށް އާ ތަޖުރިބާ އަކަށެވެ. އެހެންކަމުން، ޗެލެންޖެއް އޭނާއަށް ނަގަން ޖެހުނެވެ.

ޓީޗަރެއްގެ ގޮތުގައި ގިނަ ވަގުތުތަކެއްގައި އާތިފާ ސްކޫލުގައި މަސައްކަތް ކުރެ އެވެ. އަވަދިނެތި އެވެ. ދަރިވަރުންނާއެކު އިތުރު ހަރަކާތްތަކުގައި ވެސް ވަގުތު ހޭދަ ކުރެ އެވެ. ގެއަށް ގޮސްފައި ވެސް އޭނާގެ ސިކުނޑީގައި ވެސް އެނބުރެނީ ދަރިވަރުންނެވެ.

"ގޭގައި ހުއްޓަސް، ހާއްސަކޮށް ވަކި ކުއްޖަކާ ދޭތެރޭ ކަންބޮޑުވުން އޮންނަ ނަމަ، ފިލާވަޅު ނުހަދާ ނަމަ، އުޅުން ގޯސްނަމަ އެކަން އޮވޭ ސިކުނޑީގައި. އާއިލާގެ މީހުންނާ ވެސް މަޝްވަރާ ކުރެވޭ އެ ކަންކަމާ،" އާތިފާ ބުންޏެވެ.

އެކަަމަކާ އާތިފާގެ ޝަކުވާއެއް ނެތެވެ. ސްކޫލަކީ އޭނާގެ ދެވަނަ ގެއެވެ. ދަރިވަރުންނަކީ އޭނާގެ ދެވަނަ އާއިލާ އެވެ.

ޓީޗަރެއްގެ ހައިސިއްޔަތުން އާތިފާގެ ބޮޑު ކަންބޮޑުވުމެއް އެބައޮތެވެ. އެއީ ދަރިވަރުންގެ ކިބައިގައި ފޮތް ކިޔުމުގެ އާދަ މިހާރު ނެތުމެވެ. އެ އާދަ އާއިލާގެ ތެރެއިން ދަރިވަރުންގެ ކިބައިގައި އަށަގަންނުވަން ޖެހޭ ކަމަށް އޭނާ ގަބޫލު ކުރެ އެވެ. މައުލޫމާތު ހިމެނޭ ފޮތްތައް ކުދިން ނުކިޔުމަކީ އޭނާގެ ކަންބޮޑުވުމެވެ.

"މިސާލަކަށް މަޒުމޫނެއް ލިޔަން ބަލާއިރު ކަންކަމާ ގުޅޭ ތެދު މައުލޫމާތު ކުދިންގެ ކިބައިގައެއް ނުހުރޭ. މި ކަންކަން ރަނގަޅު ކުރެވޭނީ ކުޑައިރުއްސުރެ ވެސް ކިޔުމުގެ އާދަ އަށަގަންނުވައިގެން،" އާތިފާ ބުންޏެވެ.

އާތިފާ "މިހާރު"އާ ވާހަކަ ދައްކަނީ -- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ޓީޗަރުކަމުގެ އިތުރަށް، ލިޔުންތެރިކަމަކީ ވެސް އޭނާ ނުހަނު ޝައުގުވެރިކަމާ އެކު ކުރާ ކަމެކެވެ. ކޮވިޑްގެ ލޮކްޑައުންގެ ތެރޭގައި ރަށުގެ ދިރިއުޅުމުގެ ތަޖުރިބާތަކުގެ ވާހަކަ އޭނާ ލިޔުނެވެ. ރަށުގެ ތާރީހުގެ ވާހަކަތައް ވެސް ލިޔުނެވެ. އަދި ބައްޕައާއެކު އޭނާ ހިއްސާކުރާ ހަނދާންތަކުގެ ވާހަކަ އަށް ގަލަން ހިންގި އެވެ.

މިއަދު އާތިފާއަކީ ބައްޕަ އުންމީދުކުރެއްވި ގޮތަށް މުދައްރިސެކެވެ. އެކަމަކު، އޭނާއަށް މިއަދު ބޮޑު ފަޅުކަމެއް އެބައޮތެވެ. ފުރަތަަމަ ޓީޗަރެއްގެ ވަޒީފާ އަށް އަމީނިއްޔާ އަށް ވަން އަހަރު އޭނާގެ ބައްޕަ ވަނީ އަވަހާރަ ވެފަ އެވެ. ބައްޕަ ނެތްކަމުގެ ފަޅުކަން މިއަދު ވެސް އޭނާއަށް ހަނާއަޅަ އެވެ.

އެކަމަކު އާތިފާ އަށް މިއަދު އޭނާގެ ބައްޕަގެ ނަސޭހަތުގެ ތެދުކަން ގަބޫލު ކުރެވިއްޖެ އެވެ. ބައްޕައާއެކު ހިއްސާކުރާ ހަނދާންތަކުގެ ތެރޭގައި އާތިފާ ލިޔެފައި ވެ އެވެ.

"ފިނިފެންމަލުގެ ދާނުގައި ތައުލީމު ހާސިލުނުކުރެވޭނެ ކަމަށާއި ނަމަވެސް ހިތްވަރާ އެކު ކިޔެވީމާ ފަހުން އޭގެ ފައިދާ ލިބޭނެ ކަމަށް އެ ބުނުއްވި ބުނުއްވުމުގެ ތެދުކަން ގަބޫލުކުރެވުނީ މިއަދު އެވެ. ހަޔާތުގެ އަޑިގުޑަންތަކާ އެކު ވެސް ކިޔަވައި އަމިއްލަ ފައިމައްޗަށް ތެދުވެ ތިމާގެ ފުށުން ބަޔަކަށް ހިދުމަތެއް ދެވުމަކީ ކިހާ ހިތްހަމަޖެހޭ ކަމެއްކަން ތަޖުރިބާ ކުރެވުނީމަ އެވެ،"

މިއަދު އޭނާގެ ދަރިވަރުންނަށް ބައްޕަގެ ނަސޭހަތް އާތިފާ ފޯރުކޮށްދެ އެވެ. ބައްޕަ ގާތުގައި ނެތަސް، އެ ނަސޭހަތް އަބަދުވެސް އާތިފާއާ އެކުގައި ވާނެ އެވެ. އޭނާ ސާބިތުވެ ހުންނާނީ އެ ނަސޭހަތްތަކުގެ މަތީގަ އެވެ.

49 ކޮމެންޓް, 63 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 3%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 84%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަހުލާ

20 September 2022

މީގަނެތެއްނު ިއަބުސީ ސޯ ކުރި ޚިދުމަތެއް؟ އެސައިންމަންޓް ހަދާ ދިނުމުގައި އަބުސީ ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކޮށްލެއްވި ނަމަ ވަރަށް ރަގަޅުވީސް.

The name is already taken The name is available. Register?

ބަސްއަހާކުޑޭ

18 September 2022

ގިނަ ކުދިންނަށް ތިފަދަހާލުޖެހުނަސް ކުދިންނަށް ހެޔޮކޮށް ހިތިމީހުންވެސް އުޅޭނެއެވެ. އަޅުގަނޑަށްވެސް މާލޭ ގޭތެރޭ ދިރިއުޅުން މާފަސޭހަ ނޫނަސް ކިޔެވި ކޮމިއުނިޓީ ސްކޫލްވީ ވަރަށް އުފާވެރި ތަނަކަށެވެ. ހީވަނީ ދަނާލުސްކޫލެއް ހެންނެވެ.އިސްބޭފުޅުންވެސް އެހާމެހެވެވެ. އެތައްފުރުސަތެއް ކުދިންނަށް ހޯދައި ދެއެވެ.ތަކެތިހޯދައިދެއެވެ. ހާލަތު ރަނގަޅަށް ބައްލަވާ އެހީތެރިވެދެއެވެ. އެދުވަސްވަރު އެސްކޫލްތަކުގެނިޒާމު މާފައްކަލެވެ.

The name is already taken The name is available. Register?

ޓީޗަރުކަން

18 September 2022

ވަރަށް އުފާވީސް ތިފަދަ ހިދުމަތެއް އުފަން ރަށަށް ދޭނަމަ.. އޭރުން ރަށުން އާތިފާ ކަހަލަ އިތުރު ކުއްޖަކު ނޫނީ އާއިލާ އެއް މާލެ އައިސް ގަނަތެޅޭކަށް ނުޖެހޭނެ...

The name is already taken The name is available. Register?

މާލެ މީހާ

15 September 2022

މާލެ ކުދިންވެސް އާއިލާ ބޮޑުވެފަ ތަނަވަސް ނޫން ވީމަ ތިހެން އުޅުނީ. ކޮއްކޮމެން ބަލަމުން އަތުން އެއްޗެހި ދޮވެ ދަރު އުނދުނުން ކައްކައިގެން ސްކޫލަށް ދިޔައީ.މާލޭ އެންމެނެއް ކުދިން ގެނެސް ނިކަމެ އަޅުންހެނެއް ނުގެންގުޅޭ..އެކަމަކު މާލެ ވީތީ އެކަކު ކުރިޔަސް އެއަޑު އެންމެން އަހާން ޖެހިފަ އޮންންނީ

The name is already taken The name is available. Register?

އަޙްމަދު7

14 September 2022

އަހަރެންގެ ދެ ބޭބެއިން މާލެ ގެނައީ މާލޭގެ ދެ މީހުން. ދެމީހުންވެސް އަހަރެމެންގެ ރަށައް ގޮސް އަމިއްލައަށް ކިޔައިގެން ގެނައީ. އެއީ 1978 ހިސާބުގައި. އޭރު އެކަކަށްވާނީ 10 އަހަރު އަނެކަކަށް 12 އަހަރު. ހަނގު ކުއްޖާ ގެންދިޔަމީހާ، ހައެއްކަ މަސްފަހުން އޭނާ ގެއިން ނެރެލި. ސީދާ މަގައް ނެރެލާފައި ދޫކޮށްލީ. ދޮށީ ކުއްޖާ ގެންދިޔާ މީހާ އޭނާގެ ދަރިންނަށް ވުރެ ރަނގަޅައް ބެލި އަދި ފަހުން އައިސް ހަގު ކުއްޖާވެސް ބެލި. މާލޭގެ ދެމީހުންގެ ވާހަކަ!

The name is already taken The name is available. Register?

ދޮންޑު

14 September 2022

ރައްރަށުން މާލެޔައް އައީ ރަށުގެ ފޯރާ އާއިލާތަކުގެ ކުދިން، މާލެއައިސް ކިޔަވަން ގޮއްސަ ގޭގެ މަސައްކަތް ކުރަންޖެހުނީމަ ތަކުލީފަކައްވެ ބުރަ އަކައްވީ. ޢެހެން ވާނީވެސް ރައްރަށުގެ ކަމުވޮޝިގެންވާ ނޫނީ ތައުލީމީ ފޯރާ އާއިލާ ތަކުގެ ކުދިން މާލެޔައް އައީ އެކުދިންނަކައް ނޭންގޭނެ ގޭތެރޭ މަސައްކަތްތައް ކުރާކައް އަދި މާލޭގެ ދަތިއުންދަގޫ ދިރިއުޅުމެއް

The name is already taken The name is available. Register?

ޖާނޭ

14 September 2022

ޢާޠި އަދިވެސް ތިކުރަނީ، ޝަކުވާއެވެ. ﷲއަށް ހަމްދެއް ނުކުރެއެވެ. ދުނިޔޭގަ އުޅެންޖެހޭނީ މަސައްކަތް ކޮށްގެންނެވެ. ދުނިޔެ އިމާރާތްކުރަން ﷲ ފޮނުއްވި މަޚުލޫޤެއް އާތިފާއަކީ. ގޭގޭގަ ގެންގުޅޭ ކުދިންވެސް ގޭގެ ކުދިންވެސް މަސައްކަތްކުރޭ ކުރަންވެސް ޖެހޭނެ. އާތިފާ ތިހިރީ ވަރަށް ބޮޑު އިހުމާލެއް ވެފަ. ރަށުގަ ގެ ހުރީ ފަޅުވެފަ. ރަށުން ދިރިއުޅުން ބަދަލުކުރީމަ ތިވީ ރަށަށް ވަރަށްބޮޑު އިހުމާލެއް. ރަށްވެސް ތަރައްޤީވާނީ އެތާގަވެސް ބަޔަކުއުޅެގެން. އަދިވެސް ތިކުރަނީ ޝަކުވާ

The name is already taken The name is available. Register?

ގުޑް

14 September 2022

ހަބޭސް

The name is already taken The name is available. Register?

އަބްޑޫޅް

14 September 2022

ކުޑަސިޓީ ހިފައިގެން ދޯ އައީ.

The name is already taken The name is available. Register?

ސަފާ

13 September 2022

އަހަރުމެން ކިޔެވީ ތިޔައް ވުރެން މާ ހާލުގަ.

The name is already taken The name is available. Register?

މުގޮށި6މީދާ

13 September 2022

އޭރު ކިޔަވަދިނުމުގެނަމުގަ މާލޭމީހުން ރަށްރަށުން ޅަފުރައިގެ އަންހެންކުދިން ގެންގޮސްގެން ފިނިފެންމަލުގެދާނުގަ ވެޑުވުމަކީ އާންމުކަމެއް، އެކަން ކޮންމެވެސް ވަރަކަށް މަޑުޖެހުނީ ބަނގުލަދޭސްގެ ޒުވާން ފިރިހެންކުދިން މާލެތެރޭ ގިނަވިހިސާބުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454