ފައްޔާޒް އިސްމާއިލް "ވިޔަވަތި" ގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ، ކައުންސިލްތަކުން ފައިދާ ހޯދަން ވިޔަފާރިތަކަށް ވަދެގެން ނުވާނެ ކަމަށް--ފޮޓޯ:ރައީސް އޮފީސް
12 ސެޕްޓެމްބަރ 2022 - 11:04
ކައުންސިލްތަކަށް ވިޔަފާރިކުރުމަށް އޮތް ފުރުސަތުގެ ބޭނުމަކީ ވަކިވަކި ކައުންސިލްތަކުން ބޮޑެތި ފައިދާ ހޯދަން ވިޔަފާރިކުރުން ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ކައުންސިލްތަކުގެ މާލީ ފުދުންތެރިކަމާ ގުޅޭ ގޮތުން ލ. ގަމުގައި ކުރިއަށްދާ ވިޔަވަތި ފޯރަމްގައި ފައްޔާޒު ވިދާޅުވީ، ބޮޑެތި ވިޔަފާރިތައް ހިންގުމުގެ ބަދަލުގައި ކައުންސިލްތަކުން ޖެހޭނީ ރަށްރަށުގެ އިގްތިސާދުތައް ފުޅާ ކުރުމުގައި އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދޭން ކަމަށެވެ. އަދި ބައެއް ވިޔަފާރިތައް ފެށުމަށް ފުރަތަމަ ފިޔަވަޅު އަޅާ ބަޔަކަށް ކައުންސިލްތަކުން ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ މުހިއްމު ކަމަކީ އެ ރަށެއްގެ ނުވަތަ އެ އަތޮޅެއްގެ އިގްތިސާދު ކުރިއެރުމަށްޓަކައި ކުރަން ޖެހޭ، އޮތޯރިޓީއެއްގެ ސިފައިގައި އަމިއްލަ ވިޔަފާރިވެރިންނަށް މަގުފަހިކޮށްދިނުމަށް ޓަކައި ކުރަން ޖެހޭ ކަންކަން ކުރުން،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ، މިސާލަކަށް ގެސްޓްހައުސް ވިޔަފާރި ހިންގަމުން އަންނަ ރަށްރަށުގައި އެކަން ފެށުމުގެ ގޮތުން ކަންކަން ފަހިކޮށްދެވިދާނެ ކަމަށެވެ. އެހެން ނަމަވެސް ގެސްޓްހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިނގަމުން އަންނަ ސަރަހައްދުތައް ކަމަށްވާ މާފުށި ކަހަލަ ރަށްރަށުގެ ކައުންސިލްތަކުން އެފަދަ ވިޔަފާރިތަކަށް ވަނުން ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެނިހެން މޭޖާ ޑިވެލޮޕްމެންޓްތަކުގައި މަސައްކަތް ކުރައްވާ އިރު އެކަހަލަ ކަންކަމުގައި އިންވެސްޓް ކުރެވިދާނެ. އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ އެއީ،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ، ބައެއް ކައުންސިލްތަކަށް ހީވެފައި އޮންނަނީ ވިޔަފާރި ކުރުމުގެ ފުރުސަތު ކައުންސިލްތަކަށް އޮތުމުން، ބޮޑެތި ފައިދާ ހޯދުމަށް މަސައްކަތްތައް ކުރުން ކަމަށެވެ. އެހެން ނަމަވެސް އެއީި ކައުންސިލްތަކުން މަސައްކަތް ކުރަން ޖެހޭނެ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޓާބޯ
12 September 2022
ގަބޫލުކުރިޔަސް ނުކުރިޔަސް ލާމަރުކަޒީ ނިޒާމަކީ ރާއްޖޭގަ އޭގެ ފުރިހަމަ މާނައިގަ ހިނގާނެ ނިޒާމެއްނޫން. އެއް ސަބަބަކީ ކަމަށް ގާބިލް މީހުންމަދުވުން. އަނެއް ސަބަބަކީ ގާބިލް ބައަކަށް ބާރުތައް ދޫކޮށްލަން ސަރުކާރުން ފަސްޖެހުން. މިހާރުވެސް އެކިޔަނީ އެލަވަ. މަލްޓި މިލިއަން ޑޮލަރުގެ ފައިދާ ލިބެން އޮއްވާ ކައުންސިލް އިން ލުބޯ މިރުސް ވިއްކަން ބާރުއަޅާކަށް ނުޖެހޭ!
އަަލީ ބުހާރީ
12 September 2022
މަމެންނަށް ވަރިހަމައޭ މަތިމަށްޗަށް ވިޔަފާރި ކުރިޔަސް މަމެން މިކިޔަނީ ގދ.ތިނަދޫއިން ގޯތި ދޫނުކުރާހާދުވަހަކު މިިސަރުކާރަށް ދޭނެ ވޯޓެއް ނޯންނާނެއޭ. މިނިސްޓަރު އަސްލަމް ކައިރީ ބުނެލައްޗޭ 20000 ފުލެޓު ތިނަދޫގައި އެޅިޔަސްް ތިނަދޫއިން ގޯތި ނުުދޭހާދުވަހަކު އެމްޑީޕީއަށް ވޯޓެއް ދެވޭކަށް ނެތޭ ތިނަދޫ އެމްޑީޕީ ލީޑާޝިޕުން އެބަބުނެޔޭ
ގދ.ހަވަރު ތިނަދޫ ބިގަރު ކައުންސިލް މާލެ ދިވެހިރާއްޖެ
12 September 2022
މި ބިގަރު ކައުންސިލްގެ ވިސްނުމަކީ ތިނަދޫގައި ބޯހިޔާވަހިކަމުގެ މަސައްކަތްތަށް ފެއްޓުމަށް މިކައުންސިކުން ކޮންސްޓަރަކްޝަން ކުންފުންޏެ މިބިގަރު ކައުންސިލުގެ ނަމުގައި އުފައްދާ ރަށުގެ އެއްވެސް ބަޔަކަށް މިބިގަރު ކައުންސިލްގެ ކޮންސްރަކްޝަން ކުުންފުންޏާ ވާދަ ނުކުރެވޭވަރު ކޮއްލުމެވެ.
2023
12 September 2022
2023 އަށް ފަހު ކަލޭމެން ސައޒު ވާނެ. ވީމަ ތިކަން ކުރާނެ.
ހިޔާލީ އަލީ
12 September 2022
އަމިއްލަ މީހުންގެ ވިޔަފާރިތަކަށް މިހާރުވެސް ކައުންސިލުން އެބަ ވަދޭ، މިސާލަކަށް ގެސްޓުހައުސް ހިންގުމާއި ފިހާރަ ކެފޭ ފަދަ ތަންތަން ހިންގުން
މަންނާނު
12 September 2022
ދެން ކީއްވެޔޯ އެމްޓީސީއޭ ކިޔާކުންފުންޔަކުން ހުރިހާކަމަކައް ބޯބާނަނީ ނުކުރާކަން ވިޔަފާރެއްނެތް
ފަހުގެ ހާމާނު
12 September 2022
ކޮން އުނދަގުލެއް މި ކަމުގަ އޮތީ. ޤާނޫނުގަ ނެތެއްނު ނުކުރެވޭނެ ކަމަކަށް. ހަމަ ހެސް ކިޔާފަ ކުރަންވީ. ފައްޔާޒު ނުހުންނާނެ ދޮޅު އަހަރު ފަހުން.
ޞެލސޖ
12 September 2022
ރަނގަޅު. ރަށުން ނުލިބޭ ރައްޔިތުންނަށް ބޭނުންތެރި ކަންކަމުގަ މާބޮޑު ފައިދާއެއް ނުލިބޭގޮތަށް ކައުންސިލްތަކުން ވިޔަފާރި ކުރަންވާނީ.
ބެލްކް
12 September 2022
ރަނގަޅު ވާހަކައެއް. ތަނެއް ދޮރެއް ނޭގޭ ކައުންސިލްލަރުންނަށް ވިސްނައިދޭން ޖެހޭ.
ގޫރެއިދޫ
12 September 2022
80% އެއްވިޔަފާރީ. %80 އެ މީހުން ހަމަ އަޅާނުލާ ދޫކޮއްލަން ވީ ތޯ އެ ބަލަންތިބެން ރާއްޖެތެރޭގަ؟