ހެއްކާ ބެހޭ ބިލާ ގުޅިގެން ނޫސްވެރިކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި ނޫސްވެރިން ހަމަހިމޭން އިހުތިޖާޖެއް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
26 ސެޕްޓެމްބަރ 2022 - 15:44
"ގައުމީ ސަލާމަތު"ގެ ލަފްޒު ހިމަނައިގެން ހެއްކާ ބެހޭ ގާނޫނު އިސްލާހުކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ދެކޮޅު ހަދައިފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ވަކި ހާލަތްތަކެއްގައި ހާމަކުރަން ހެއްކާ ބެހޭ ގާނޫނުގައި ލާޒިމްކުރާ މާއްދާގެ ސަބަބުން ނޫސްވެރިންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދިފައިވާތީ، އެކަންކަމަށް ހައްލެއް ހޯދުމަށް ޓަކައި އެ ގާނޫނަށް އިސްލާހު ގެނައުމަށް ނިންމާފައިވާ ކަމަށް އިއްޔެ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަނީ ބުނެފަ އެވެ.
އެހެން ނަމަވެސް، މިއަދު އެމްޖޭއޭއިން ބުނީ ހެއްކާ ބެހޭ ގާނޫނުގެ 138 ވަނަ މާއްދާ އިސްލާހުކުރަން މަޖިލީހަށް ފޮނުވަން މިހާރު އެކުލަވާލައިފައިވާ ޑްރާފްޓްގައި ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި އޭގެ ތެރެއިން ގިނަ ކަންކަމަށް ހައްލު ލިބޭ ގޮތަށް ބިލު އެކުލަވައިލައިފައިވާތީ އެ ކަން ފާހަގަކުރާ ކަމަށެވެ. އެހެން ނަމަވެސް، އޭޖީ އޮފީހުގެ ޑްރާފްޓްގައި އަދިވެސް އެ ޖަމިއްޔާއިން ކަންބޮޑުވާ ކަންކަން ހުރި ކަމަށް ވެސް ބުނެފައި ވެ އެވެ.
ހެއްކާބެހޭ ގާނޫނު މިހާރު އޮތްގޮތުން، ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ޓެރަރިޒަމް އަދި ގައުމީ ސަލާމަތާ ގުޅޭ މައްސަލަތަކަކީ ކޮބައިކަމެއް ތަފްސީލު ކޮށްދީފައި ނުވުމެވެ.
އެފަދަ މައްސަލައެއްގައި މަސްދަރު ހާމަކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓުން ކަމަށް ބުންޏަސް، އެއީ ކޮން ކޯޓެއް ކަމެއް ގާނޫނުގައި މިހާރު ބުނެފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިރުސައި
26 September 2022
ސައިހޮޓާ މޭޒުމަތިން ނޫސްވެރިންކަމަށް ވަންނަ މީހުންގެ ކަންތައް ހުންނާނީ މިހެން. ލަދުނުގަނޭތޯ
ވަޑިޔައްތޮކިނަބާ
26 September 2022
ނޫސްވެރިން ހޭއަރާބަލަ. ތިމާމެން ހިތައްއެރިހާއެއްޗެއް ލިޔެ މިކުޑަކުޑަ މުޖުތަމައުގެތެރޭގައި ފިތުނަފަސާދަ އުފައްދަން ނުއުޅެބަލަ. ލިޔާނެއެއްޗެއް ނެތިއްޔާ އަލިފުލައިލާ ވާހަކަ ނުވަތަ އަމީރުހަމްޒާ ވާހަކަ ލިޔާނީއެވެ. މި އިސްލާމީ މުޖުތަމަޢު ބައިބައިކުރަން އުޅޭނެކަމެއްނެތެވެ.
ހިޔާލީ އަލީ
26 September 2022
ފުރަތަމަ ނޫސްވެރިން އިސްލާހުވާންވީ، ހިތަށް އަރާ އެއްޗެއް ޖަހައިގެން ހަބަރުތައް ލިޔާއިރު އެބަ އިނގޭ މިތާ އުޅޭ ތަނެއްދޮރެއް ނޭންގޭ މީހުން ގަބޫލުކުރާނެކަން،
އުމަރުބެ
26 September 2022
ބަލަ ޔާމީންވެރިކަމުގާ މިބައިގަޑުގެ އަގަމަތީ މަލަންއެޅި އިރުވެސް ހުރީ ހަނު މިޔަދު އިސްލާމް ދީނުގެ ހައްދަކާ ހިލާފައް ހަބަރުފެތުރުން މަނާކުރީމަ މި މީހުން މިއުޅެނީ 2 ފަޔައްހިނިއަރާތީ .......... އިސްލާމީ ހުދޫދުގެ ތެރެއިން ހަބަރުފެތުރީމަ އެއްވެސް އަދަބެއްނުލިބޭ ދެން ކޮންބިރެއްތޯ މިގަންނަނީ ....މީ އިސްލާމީގައުމެއް
ސޯދު
26 September 2022
ވާނުވާ އަދި ތި ނޭނގެނީ. ނޫސްވެރިން އެ އުޅެނީ މައުލޫމާތު ދޭ މީހުންގެ ހިމާޔަތުގައި. ވެރިން ހިންގާ ކޮރަޕްޓު ކަންކަމުގެ މައުލޫމާތު އެނގޭ މުވައްޒަފުން އެ މައުލޫމާތު ދިނުމުން، މައުލޫމާތު ދިން މީހާ ހޯދައިގެން އެ މީހާއަށް ގެއްލުން ދިނުން މިގައުމުގެ ސަގާފަތަކީ. މަސްދަރު ސިއްރު ކުރުމޭ އެކިޔަނީ މައުލޫމާތު ދޭ މީހާ ސިއްރުކުރުމަށް.