އޮގަސްޓް 31، 2022: ޕާކިސްތާނަށް މިހާރު ކުރަ،މުންދާ ވިއްސާރައިގައި ބަލުޗިސްތާން ޕްރޮވިންސްގެ ޖައްފާރު އަވަށުގައި ފެން ބޮޑުވެފައި. --އޭއެފްޕީ
29 ސެޕްޓެމްބަރ 2022 - 13:09
ޕާކިސްތާނަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވާން ރާއްޖޭގެ މީޑިއާތައް ގުޅިގެން ޓެލެތޯނެއް ބާއްވަން ނިންމައިފި އެވެ.
"ޕާކިސްތާނު މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން" އިން އިސްނަގައިގެން ގެންދާ ހަރަކާތާ ގުޅޭގޮތުން، އެ ޖަމިއްޔާގެ ނައިބު ރައީސް ހަމްދޫން ރަޝީދު މިއަދު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން އެ ދުވަހުގެ ރޭގަނޑު 12:00 އާ ހަމައަށް ޓެލެތޯން ކުރިއަށް ގެންދާނެ ކަމަށެވެ.
ޕީއެސްއެމާއި ވީޓީވީ އާއި އެމްބީއެން އަދި ޗެނަލް 13 އިން އެ ޓެލެތޯން ލައިވްކުރާނެ އެވެ. އޭގެ އިތުރުން "މިހާރު" އޮންލައިންއާއެކު އިތުރު ތިން އޮންލައިނެއް ވެސް ބައިވެރިވެ އެވެ.
ހަމްދޫން ވިދާޅުވީ ޓެލްތޯން ކުރިއަށް ގެންދާއިރު، އެ ޕްރޮގްރާމްގެ ތެރެއިން ޕާކިސްތާނުގެ މިހާރުގެ ހާލަތު ކިޔައިދީ، ދެ ގައުމުގެ ދެމެދު އޮންނަ ގުޅުމާ ގުޅޭގޮތުން އެކި ބޭފުޅުން ވާހަކަ ދައްކަވާނެ ކަމަށެވެ.
މާލޭގެ ހަތް ސަރަހައްދެއްގައި ފަންޑު ފޮށިތަކެއް ބަހައްޓައި އާއްމުންނަށް ފައިސާ ހަދިޔާކުރެވޭނެ ގޮތްތައް ވެސް ހަމަޖައްސާފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިސްލާމިކް ޔުނިވާސިޓީ އަދި ގައުމީ ޔުނިވާސިޓީން ވެސް މިހާރު ވަނީ ފައިސާ ހޯދަން ފަށާފައި. މި ޓެލެތޯންގެ ތެރޭގައި އެ ފައިސާ ހަވާލުކުރާނެ،" ހަމްދޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ޓެލެތޯން ނިމުމުން ރާއްޖޭގައި ހުންނަ ޕާކިސްތާނު ހައި ކޮމިޝަނަށް އެ ފައިސާ ހަވާލުކުރާނެ އެވެ.
ޕާކިސްތާނު މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ވަނީ ރާއްޖެ އާއި ޕާކިސްތާނުގެ ކާ އެއްޗެހި ވިއްކުމުގެ އިތުރުން ކަލްޗަރަލް ޝޯއެއް ބާއްވައިގެން ވެސް ފައިސާ ހޯދަން ނިންމައިފަ އެވެ.
މިދިޔަ ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ކުރަމުންދާ ގަދަ ވިއްސާރައިގައި، އެ ގައުމުގެ ތިން ބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ. ފެން ބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމާއި ކިސަޑު ފޭބުމުގެ ހާދިސާތައް މެދުވެރިގެން 1،500 އެއްހާ މީހުން މިހާތަނަށް މަރުވެ، އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުބާރިކް ސަލާމް
30 September 2022
ފިރުއައުނުގެ އިޖިޕްޓް އައް ގޮއްފުޅަނގި ތޫފާން އަރާ ގައުމު ހަލާކު ކުރެއްވީ! ލޫތްގެފާނު ގެ ގައުމު ޣަރަގު ކުރެއްވީ! ޕާކިސްތާން ވީމަ އެހެންގޮތަކައް ވިސްނަން ޖެހެންވީ ސަބަބަކީ ކޮބާ؟ މަބިރުގަނޭ އެހީވާން!!!
ވަހީދު
30 September 2022
ސަބަބުތައް ވަރަށް ގިނަ. އެންމެ މުހިއްމު ސަބަބަކީ ޕާކިސްތާނުގެ އަހުލުވެރިންނަކީ ﷲ ވޮޑިގެންވާކަން ޤަބޫލު ކުރާ ބަޔަކަށްވުން. ފިރުއައުނުގެ މިސްރާއި ލޫތުގެފާނު ނަބީ ކަމާއިގެން ފުނުއްވުނު ޤައުމުގެ މީހުންނަކީ ކާފަރުން. އަދި އަނިޔާ ވެރިކަމުގައި ހައްދުން ނެއްޓިފައިވާ ދެގައުމު. އެދެގައުމާއި ﷲ އަށް އީމާން ވެގެން ތިބި ބަޔަކު ތިބި ގައުމަކާއި އެއްފަދަ ކުރުމަކީ ތިމާގެ ޢިލްމު މަދުކަން ދަލީލުކޮށްދޭ ކަމެއް.
ޙަބީބު.
30 September 2022
ޕާކިސްތާނުން ރާއްޖެޔައް އެބަޖެހޭ ޒަމާނީ ހެލްކޮޕްޜަކާ 3 ފައިޓަރ ޖެޓް ދެއްވަން ސަބަބަކީ އިންޑިޔާގެ މަސްބޯޓުތައް ރާއްޖޭގެ އުތުރުގަ ގަވައިދާ ގާނުނާ ހިލާފައް ވައްކަން ކުރަމުންދާތީ އެކަން ކަމައް ރައްދުދިނުމައް އަދި ލދދދނނނނ އިންޑިޔާ ކާފަރުންގެ ވަކިތަކުން މިނިވަން ބައެއްގެ ގޮތުގަ ތިބުމައް
އަބްޑޫޅް
29 September 2022
ޕާކިސްތާނަކީ ނުހައްގުން ކުށެއް ނެތް މީހުނ ހައްޔަރު ކުރާ ރަށެއް. އާސިޔާ ބިބީ މަރަން ހުކުން ކޮށްގެން އުޅެނިކޮށް ޖެހުނީ ދޫކޮށްލަން. ފަރަންސޭސި ރައީސުލްޖުމްހޫއިއްޔާ އަލްފާލިލު މަކްރޯން ގެ އެލީޒޭ ގަނޑުވަރުގަ އަލްފާލިލާ އާސިޔާ އަށް ވަރަށް ކަމޭހިއްތަވާ މަތިވެރި އިއްޒަތް ދެއްވި. ޕާކިސތާނު މީހުންނަށް ޖެހުނީ ސޭކުވެފަ ތިބެން.
ވަހީދު
30 September 2022
ފަރަންސޭސީވިލާތުގެ ރަނގަޅު ކަމާއި ހެޔޮކަން ދުނިޔެއަށް ދައްކާނަމޭ ހިތާ އުޅުނަސް، އެމީހުންގެ އަނިޔާ ވެރިކަމާއި ހިންގާފައިވާ ޖަރީމާތަކަކީ ދުނިޔޭގެ އެކި ސަރަހައްދުގައި އަދި ވެސް ލޭ އޮހޮރޭ ޖަރީމާތަކެއް. މިހާރު ވެސް އެމީހުންގެ ޖަރީމާތައް ދަނީ ކުރިއަށް.
މިނާޒް
29 September 2022
ވައި ކޭޝް؟
ވަހީދު
30 September 2022
ޖަޕާނަށް ސުނާމީ އެރީމަ، ދިވެހިން ދިނީ މަސްދަޅު. ސަރުކާރުން އެ ޖަޕާނަށް ފުނުވަން ބެލިއިރު ދެގުނައަށްވުރެ ބޮޑު ޚަރަދެއް ހިނގާތީ ނުފުނުވުނު. އެވެދާނެ ސަބަބަކަށް.
ގޯސްނަހަދާ
29 September 2022
"އޭނާ ވިދާޅުވިގޮތުގައި ޓެލެތޯން ނިމުމުން ރާއްޖޭގައި ހުންނަ ޕާކިސްތާނު ހައި ކޮމިޝަނަށް އެ ފައިސާ ހަވާލުކުރާނެ އެވެ". ތިގޯސްވީ! ޕާކިސްތާނުގެ ސަރުކާރުތަކަކީ ކޮރަޕްށަންގެ އިންތިހާގަ އުޅޭ ބައެއް. ތިޔަ ފައިސާ ދޭންވީ ޕާކިސްތާން ރެޑް ކްރެސެންޓު ފަދަ އެހީދޭ ޖަމިއްޔާއަކަށް.
ހަސަނު
29 September 2022
ކޮބާ ތޯ އެންމެ ގާތުގާ މި އޮތް ލަންކާއަށް އެހީއެއް ދޭނެ ޓެލެތޯނު...؟
ވަހީދު
29 September 2022
ހަސަނު އިސްނަގައިގެން ލަންކާއަށް އެހީވާން ހަރަކާތެއް ބާއްވަންވީނުން.
ހިޔާލީ އަލީ
29 September 2022
ޕާކިސްތާނަށް މިހާރުވެސް ގިނަ އަދަދެއްގެ ފޮތި ފިހާރަތައް ހިންގާ ސޭޓުން އެހީވޭ، އެމީހުން ގެ ކޮންސާނު ފެށެނީ ވެސް ކަންދަހާރުންނާ ޕިސާވަރުން. އެމީހުންނަށް އޯކޭ މާފަންނާއި ރަތްމަންދޫ މީހުން ނުކައި ތިއްބަސް
ބިގޮޓްއަލީ
29 September 2022
މާފަންނާއި ރަތްމަންދޫ މީހުން ނުކައ ތިބެނީ ރާއްޖެއަށް ކާރިސާއެއް ދިމާވެގެން ބޮޑު ބަލިމަޑުކަމެއް ފެތުރިގެންތަ? ދިވެހި ސަރުކާރަށް ޓެކްސާއި ޒަކާތް ދައްކަނީ ފަގީރުންނަށް އެހީވާން...ސަރުކާރުގެ ޒިންމާ ކޮބާ ކަލޭމެން ކަހަލަ ބިގޮޓްސްއަށް ޔޫކުރޭންގެ ދޮން މީހުން އެކަނި ފެންނާނީ. މުސްލިމަކަށް އެހެން މުސްލިމުން އެހީވާތަން ފެނުނީނަމަ ވަރަށް މޭ ކަރާދޯ..އަހަރެމެން ޗެރިޓީ ދޭނީ ބޭނުން ބަޔަކަށް.
ފަންޑް
29 September 2022
މީ ފަންޑް ފޮށި ބަހައްޓާ ޒަމާނެއް ނޫނޭ.
ކުޗީ
29 September 2022
އަދި ހައެއްކަ މަސް ފަހުން ރަނގަޅުވާނެ ..