އައްޑޫ ބަހުރުވައިން ހުކުރު ޚުތުބާ ކިޔުމުން، ސަސްޕެންޑްކުރި ޚަތީބު: އޭނާ އިމާމުވެ ހުކުރު، އީދު އަދި ކޭތަނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަގުތީގޮތުން ވަނީ ހިފަހައްޓާފައި -- ފޮޓޯ: އައްޑޫލައިވް
02 އޮކްޓޯބަރ 2022 - 15:26
އައްޑޫ ބަހުރުވައިން ހުކުރު ޚުތުބާ ކިޔުމުން ސ. މީދޫގެ ޚަތީބު މުހައްމަދު ރަޝީދު، ޚުތުބާ އަށް އުނިއިތުރު ގެނެސްގެން ކިޔާފައިވާ ކަމަށް ނިންމައި އިމާމުވެ ހުކުރު، އީދު އަދި ކޭތަނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަގުތީގޮތުން ހިފަހައްޓައިފި އެވެ.
އެ މައްސަލާގައި އިސްލާމިކް މިނިސްޓްރީން ކުރިން ވަނީ އެ ޚަތީބު ސަސްޕެންޑްކޮށް، އޭނާ އިމާމުވެ ހުކުރު ނަމާދުކުރުން ވަގުތީގޮތުން މަނާކޮށްފަ އެވެ.
އައްޑޫ ސިޓީ ކައުންސިލުން އެ ޚަތީބަށް މިދިޔަ ބުދަ ދުވަހު ފޮނުވި ސިޓީގައި ބުނެފައިވަނީ މިދިޔަ މަހު 2 ގައި މީދޫގެ މަސްޖިދު އިބްރާހިމް މަޖުދުއްދީނުގައި އޭނާ އިމާމުވެ ހުކުރު ނަމާދުކުރެއްވީ ރާއްޖޭގައި އިމާމުވެ، ހުކުރު ނަމާދާއި އީދު ނަމާދާއި އަދި ކޭތަނަމާދުކުރުމުގެ ހުއްދަ ދިނުމުގެ އުސޫލާ ހިލާފަށް ކަމަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
އައްޑޫ ބަހުރުވައިން ހުތުބާ ކިޔުމުން މުދިމަކު ސަސްޕެންޑްކޮށްފި https://t.co/jnAIb7PyZI
— Mihaaru (@Mihaarunews) September 6, 2022
މޭޔަރު އަލީ ނިޒާރު ސޮއިކުރައްވައި ފޮނުއްވި އެ ސިޓީގައި ބުނެފައިވަނީ އޭނާ އެ އުސޫލާ ހިލާފުވެފައި ވާތީ، އިސްލާމިކް މިނިސްޓްރީގެ އެންގުމުގެ މަތިން، އޭނާ އަށް ދޫކޮށްފައިވާ އިމާމުވެ ހުކުރު ނަމާދާއި އީދު ނަމާދާއި އަދި ކޭތަނަމާދު ކުރުމުގެ ހުއްދަ ވަގުތީގޮތުން ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި މިނިސްޓްރީން އޭނާ އަށް ނަސޭހަތްތެރިވާނެ ކަމަށް ވެސް ސިޓީގައިވެ އެވެ.
މުހައްމަދު ރަޝީދު އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ، އޭނާ އަށް ދީފައިވާ ހުއްދަ ބާތިލުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ޚަތީބު ހުކުރު ހުތުބާ ކިޔާފައި ވަނީ ގުރުއާނާއި ހަދީސްތަކާއި އަދި އޭގެ މާނަ އަށް ބަދަލެއް ނުގެނެސް، ހުތުބާގައި ދެން ހުރި ބައިތައް އައްޑޫ ބަހުރުވައަށް ބަދަލުކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހިދު
03 October 2022
އެބައެއްގެ ބަހުރުވައިން ޚުތުބާ ކިޔާނަމަ ފަހުމުވާލެއް ބޮޑުވާނެ.
ހިމާރުލްގައުމު
03 October 2022
މުންޑޭ ހެދި ކަހަލަ މަގޫ ދަނޑި ސަރުކާރެއް ނެހެދޭނޭ އައްޑޫ މަރުކޮހުންތައް ތެޅުނަސް. ހަމަ ދިވެހި ދިދައިގެ ދަށުގަ މާލެ އެއީ މި ދައުލަތުގެ ވެރިރަށް ކަމާ މާލޭ ބަހަކީ މިދައުލަތުގެ ރަސްމީ ބަސްކަމަށް ގަބޫލުކޮށްގެން ތިބެންށޭ ޖެހޭނީ. އެއްމެ ބޮޑުވަރަކަށްވެސް ވާނީ ލޭ ކެކިގެން މިތަނުގަ ކޮމެންޓެއް ކޮށްލުމޭ. ވަރަށް ވެދުމޭ.
ހުވަދޫ އަހައްމަދޭ
03 October 2022
މިއީ ޔުނިޓަރީ ދައުލަތެއް. މި ދައުލަތުގެ ލިޔުންތައް ހުންނާނީ ރަސްމީ ބަހުން. އެއީ މާލޭ ބަހޭ މިކިޔާ ބަސް. ދިވެހި ދިދައިގެ ދަށުގަ ތިބެންޏާ ނުރުހުނަސް އެއަށް ޖެހޭނީ ބޯ ލަނބަން. މާދަން ހުވަދޫ މީހުން ހުވަދޫ ބަހުން އެނެއް ބަޔަކު އަނެއް ބަހުން. މިއީ ކުޅޭ ކުޅިވަރެއް ނޫން. އައްޑޫ މީހުންނަކަށް ދެނެއް މަގޫ ދަނޑި ސަރުކާރެއް ނެހެދޭނެ މިގައުމުގަ. އޮޅިގެން ކަލޭމެން ތި އުޅެނީ
އޮނަރަބްލް އަފީފު ދީދީ
03 October 2022
ޤަވާއިދޭ އުސޫލޭ ކަހެރުވަކޭ ތިކިޔަނީ ހަމަ އެއްބައެއް. އައްޑޫމީހުންވެސް އެއޮތީ ރަސްމީކޮށް އެމީހުންގެ ސިޓީގައި ހުކުރު ހުތުބާ ކިޔަން ބޭނުމީ އެމީހުންގެ މައިފުނަ ބަހުން (ކ.އަތޮޅު މާލޭމީހުން ކިޔާ މާދަރީބަހުން) ކަން އަމޅީގޮތުން ބުނެދީފަ. # ދެން އޮތީ މާލޭސަރުކާރުން އެކަމަށް އިޖާބަދިނުން. މިސިޓީއަކީ ހުކުރު ހުތުބާ އައްޑޫ ބަހުން ލިޔަން އިގޭވަރުމީހެއްނެތް ތަނެއްކަމަށް ބުނާނީ އެބައެއްގެ ޖާހިލުކަމާއި ނަފުރަތު ހައްދުން ނެއްޓި ޒާތީވެފައިވާތީ.
ގުއި ދީދީގެ މުންޑޭ
03 October 2022
ނުލިޔެވޭނެ ނުކުރެވޭނެ. ކޮށްބަލަ ކަލޭ. މިދައުލަތުގެ ރަސްމީ ބަހަކީ މާލޭ ބަހޭ މިކިޔާ ބަސް. ބަހޭ ފަޅޮލޭ ކިޔައިގެން ހިތުލައިގެން ތިޔަ އުޅެނީ ހަމަ އެއްމަ ކަމަކު. އެކަމަކު ދެވަނަ ސުވަދީބަކަށް އިރެއް ނާރާނެ. ކަލޭ ލޭ ކެކިގެން ކޮމެންޓް ކޮށްލަ ކޮށްލާ ހުންނަން ޖެހޭނީ
އަބްޑޫޅް
03 October 2022
ކަންކާ ބެނީ؟ ކިންކާއޮ؟ ގޫބާނޑި ދެ ބާނޑި ދީ؟
އައްޑޫ ކުދިންނައް އަރަބިއްޔާ ސްކޫލް ހަދައިދީ!
03 October 2022
އައްޑޫބަހަކީ އެއްޗެއް ނޫން. އަރަބި ބަހައް ބަދަލު ކުރޭ!
އަހުމަދުއަލޯ
03 October 2022
މާލޭ ބޭފުޅުންގެ ބަހުން ދޯ ކިޔަން މިޖެހެނީ...
ޢަލީ ބަލީ
02 October 2022
އައްޑޫ މީހުން ވާހަކަ ދަށްކަނީ ހަމަ ދިވެހި ބަހުންނެވެ. ޢެދުވަހު ހުކުރައްގޮސް ތިބި ގިނަމީހުންނަށް އައްޑޫގަ ވާހަކަ ދައްކާ ގޮތައް ހުތުބާކީމަ އެގޭނަމަ ތިޔައީ އެއްވެސް މަސްއަލަ އެއްނޫނެވެ.
ސާބަހޭ ހަމަ
02 October 2022
މިކަމުގައިވެސް މާލޭއޭ އައްޑޫއޭ ކިޔައިގެން ފިތުނަ ފަސާދަ އުފެއްދުމަކީ ބައެއް މީހުން ވަރަށްކުރާހިތްވާނެ ކަމެއް. އަސްލު މައްސަލައަކީ އުސޫލްއާއި ޚިލާފުވުން. ލިޔެފައިއޮތް އެއްޗެއް ބަދަލުކޮށްގެން ކިޔާތީ. ބަދަލުކުރާނަމަ ބަދަލުކުރުމުގެ ފަހު ކިޔާނެގޮތް އަލުން ޗެކްކުރެވޭނެ އުސޫލްއެއް ހަދާފައި ބާއްވަންވީ. އެހެންނޫނީ ބަހުރުވަ ބަދަލުކުރުމުގެ ނަމުގައި ކޮންމެފަދަ އެއްޗެއްވެސް ކިއުމުގެ ފުރަސަތު އޮންނާނެ. ލިޔެފައި އޮތްއެއްޗެއްގެ މަފްހޫމް ވެސް އޮޅުވާލެވިދާނެ.
ރޯނުއެދުރު
02 October 2022
ކޮމެންޓު ކުރާއިރު ރަގަޅަށް ކިޔާބަލަ މީގައި ފިޔަވަޅު އަޅާ ފައި ވަނީ އައްޑޫ ބަހުރުރު ވައިގެ މަސަލަ އަކުނޫން އަމިއްލަ އަށް އުނިއިތުރު ކޮއްގެން. މީއީ އޭނާ ގެ ލައިސަންސް ނުވަތަ އެގްރީމަންޓް އާްއި ހިލާފް ވެވުނީ .