އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް ގޮސް ތިބި ބައެއް-- މިހާރު ފައިލް ފޮޓޯ
05 އޮކްޓޯބަރ 2022 - 18:55
މިދިޔަ އަހަރާ އަޅާބަލާއިރު މި ދުވަސްވަރު ރާއްޖޭގައި ޑެންގޫ ފެތުރެމުންދާ ވަރު އެތައް ގުނައެއް އިތުރުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަައި ނުވަ މީހަކަށް ޑެންގޫ ޖެހިގެން ރިޕޯޓްކުރިއިރު ސެޕްޓެމްބަރުގައި އެ ބަލި ޖެހުނީ އަށް މީހަކަށެވެ. އެކަމަކު މި އަހަރު އެ އަދަދު ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި މިދިޔަ އޮގަސްޓު މަހުގައި 268 މީހަކަށް އަދި ސެޕްޓެމްބަރު މަހު 229 މީހަކަށް ޑެންގީ ހުން ޖެހިފައިވެ އެވެ. މަދިރީގެ ޒަރިއްޔާ އިން ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށާއި ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަކީ މުހިއްމު ކަމެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
- ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން ބޭނުންކުރުން.
- މަދިރި އެންމެ ގިނަވާ ވަގުތު [ފަތިސް/ ހަވީރު/ އިރުއޮއްސޭ ގަޑި] ގައި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން.
- ހުސް ފުޅި/ ދަޅު ކަހަލަ ފެން ހަރުލާ ތަކެތި ގޯތިތެރެ އާއި މަގުމަތީގައި ނުބެހެއްޓުން.
- އަރާމުކުރުން.
- ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން. [ފައިދާހުރި ދިޔާތަކެތީގެ ތެރޭގައި ކުރުނބާ ފެނާއި ލޮނުޕެކެޓާއި ސޫޕް ފަދަ ތަކެތި]
- ހުން މަޑުކުރުމާއި ގައިގައި ރިއްސުމާއި ހުޅުހުޅުގައި ރިއްސާ ނަމަ، ޕެރެސެޓެމޯލް ބޭނުންކުރުން. ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ ނުވަތަ ދިޔާތަކެތި ބޭނުންނުކުރެވޭ ނަމަ، ޑޮކްޓަރުގެ ލަފާ ހޯދުން.
ޑެންގޫ ހުމުގެ އިތުރުން މިއަހަރު އަރިދަފުސް ރޯގާ ފެތުރޭ މިންވަރު ވެސް ވަނީ އިތުރުވެފަ އެެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހާއި ސެޕްޓެމްބަރު މަހުގައި 12000-18000 އާ ދެމެދުގައި ބަލި ޖެހުނު މީހުންގެ އަދަދު އުޅޭއިރު މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެ އަދަދު 25،713 އަށް ވަނީ އަރައިފަ އެވެެ. އަދި ސެޕްޓެމްބަރު މަހު 33،584 މީހަކަށް ރޯގާ ޖެހިގެން ރިޕޯޓްކުރެ އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި ބޭރަށް ހިންގުމާއި ލޮލު ރޯގާ އާއި ފާނަބަސަދާއި ހޭންޑް ފުޓް އެންޑް މައިތު ޑިޒީސް ކަހަލަ ބަލިތައް ވެސް މިދިޔަ މަހު އިތުރެވެ. އެހެންވެ ބަލިތަކުން ރައްކާތެރިވުމަށް ގޭގައި ފިޔަވަޅު އެޅުމަށް ވެސް އިލްތިމާސްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރުކޮށް
06 October 2022
ޕަބްލިކް ހެލްތުގެ ޚިދުމަތް ފަސްލާ ފޮރުވަަިފިއެވެ ފިހާރަތަކުގަ މުއްދަތު ހަމަވެފަ ހުރި ތަކެތި ވިއްކާއިރު ހެލްތްުގެ ޢާއްމު ޞިއްޙަތުގެ ދަށުން ލާމަރުކަޒީން އުފެދުނު ޤާނޫނުގެ ދަށުން އުފެދުނު ކައުންސިލްތަކުން ޕެސްޓް ކޮންތްރޯލް ކުރުން ލޮމެދަށް ހަދާ ހުލިކޮށްލި ތަން އެބަ ފެނެއެވެ
މާސްޓަރ
06 October 2022
ކަން ބޮޑުވާންޖެހޭނީ ހަމަ އެކަނި ޖެހޭކަން ޖެހުނު މީހާއަށް ނޭގޭ ރޯގާ (ކޮވިޑް) އާހެދި އެކަނި.
އުދުހޭ
06 October 2022
އަދުލުއިންސާފު ނެތް ތަނެއްގައި މުސީބާތްތަށް ގިނަވާނެ. މުންކަރާތް ހުއްޓުވަން ނިކުތް މީހުންގެ ޝަރީއަތާ ލިވާތުކުރި މީހުންގެ ޝަރީއަތް އަޅާކިޔާލަބަލަ.
ތެދުބަސް11
05 October 2022
ކަންބޮޑުވާން ޖެހޭ ވަރަށް ސިއްޚަތު ސަލާމަތުން ކުޅިވަރު ކުޅެންތިބި ޒުވާނުން ތަކެއް ކުއްލިޔަކަށް މަރުވުން ކަންބޮޑުވާން ނުޖެހޭދޯ؟ މިހާރު ނޫންވެރިންވެސް ނިދާފަ ދޯ؟
ތެދު
05 October 2022
ގޭގެ ތެރޭ ރައްކާ ވުމަށް ތުރެން މަގުމަތީގައި ބަލި ނުފެތުރޭގޮތައް ޑްރޭނޭޖް ސިސްޓަމް ރަނގަޅުކޮށް މަގުމަތި ސާފުކުރަން ޖެހޭއެވެ. އަދި މާލެ ތެރޭގައި އަރބަން ޕޮޕުލޭޝަން ކޮންޓްރޯލް ކުރަންޖެހޭއެވެ. މި ބަލިތައް އަދި އިތުރުވަމުން ގޯސް ވާނި މިކަންތައްތައް ހައްލު ނުކޮށްފިޔާމުން. ރަނގަޅު އަރބަން ޕްލޭނިން މިހާރުސުރެން ކުރަން އެބަ ޖެހޭއެވެ.
މަދިރިބޭ
05 October 2022
މުއިއްޒު ސިޓީ ކައުންސިލް ހިސޯރުކޮއްގެން ސިޔާސީ ޖަގަހަ އަކަށް އެތަން ހެދީމާ އޭގެ ނަތީޖާ މިފެންނަނީ. މާލޭގައި މަދިރި، އަދި މެހި ނަށްތާލަން ފިއުމިގޭޓްކުރުން (ދުންއެރުވުން ) މިހާރު ވަނީ ހުއްޓާލާފަ. މީހުންތަށް މަރުވަމުން ދާއިރުވެސް މުއިއްޒަށް ކަމެއް ވާހެންވެސް ހީނުވޭ. ހާބަރު ކަޑަތަކާއި ކާނިވަލުގައި މެހި ފުނިޖެހިފައި، މުޅިމާލޭގައި ހުސްމަދިރި، ކާނުތައް ސާފު ކުރަނީކީނޫން.
ޙާމަ
06 October 2022
މުއިޒް އެކަނި ކީއްކުރާނީ...ރައްޔިތުންވެސް އެބަޖެހޭ ސާފުތާހިރުކަމައް ސަމާލުކަންދޭން...ޖެހުނު ތާކައް ކުނި އަޅަމުން ހަޑިކުރަމުން ދަނީ. ޢަނެއްކާ މި އުޅޭބޭރުމީހުން އުޅޭތަންތަނުގެ ހަޑިވާހަކަ ނުދެއްކުން ރަގަޅުވާނީ....ހެދުނުގަޑީގަ ހުޅުމާލޭ ފޭސް2 އަށްދާ އެއްބުރިޖް އެއީ އެމީހުން ދަތްޢުގުޅުމައް ތިބެން ހަދާފައޮތްތަނެއްހެން ހީވާނީ....
ޟަރީ
05 October 2022
ޑެންގީ ހުން ފެތުރުނީމަ ވާހަކަ ނުދައްކާ އައްޑޫ މަގުތައް ހަދާށޭ ކިޔާފަ ފެންހަރުލާ ގޮތައް ކިތައް މަގުތައް ތޯއޮތީ؟ބައެއް މަގުތަކުގަ ހުރި ފެންކޯރުތަކުގަ އެބަހުރި 2 ނުވަތަ3 މަސް ވެފަވެެސް ފެންނަ ބައެއް ވެސް ނޫޅޭ.
އަހުމަދު މީމު
05 October 2022
އަޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލަކީ އެތަނުގެ ބޭނުން ނުހިފޭ އުނދަގުލުން ދެއްކޭ ހޮސްޕިޓަލެއް އެޕޮއިންޓް މަންޓް ހަމަޖެހެނީ މީހާމަރުވާފަހުން މިކަން ރަނގަޅުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ
ޛެކް
05 October 2022
ޢެޗްޕީއޭ އަދި އެޗްޑީސީ ކިހާވަރަކަށްތޯ ޒިންމާދާރުވަނީ؟ ފޭސް 2 ގައި އެހުރީ މަދިރިއުފެދޭ ގޮތްގޮތައްހުރި ފެންގަނޑުގަނޑު ކޮންސްޓަރަކްޝަން ސައިޓް ތަކުގައި. ޢެޗްޑީސީން މިކަންކަން އެއްވެސް ވަރަކަށް ސްޕަވައިޒް ނުކުރޭ.
ނޑމއ
05 October 2022
ކޮބާތޯ ނެށިނަލް ޑިޒާސްޓޯރ މެނޭޖްމެންޓް އޮތޯރިޓީ؟ އެމީހުން އެކްޓިވް ވަނީ ހަމައެކަނި ސުނާމީތަކައްތަ؟ އެހެންގައުމު ތަކުގަ އޮވޭ އެމަގެންސީ މޮސްކިޓޯ މެނޭޖް މެންޓް ޕްލޭންނެއް. އެއީ އާނމުކޮއް ތޫފާން އަރާފަ ދާއިރު ފެންބޮޑުވެ މަދިރި ގިނަވެ މެލޭރިޔާ ޑެންގޫއ ފަދަ ބަލިތައް ގިނަވާތިވެ.
ނަރޝ
05 October 2022
ކަލޯ އޭގެކުރިން ކައުންސިލޭ ކިޔާބައެއްތިބޭ. އެމީހުންގެ ޒިންމާއެއް ނޯވޭތަ. އެއީ ހަމައެކަނި ފައިސާ ގުނަންތިބޭ ބައެއްތަ!