ލައިފްސްޓައިލް / ނެކްޓަން މޯލްޑިވްސް މިޝަން

ކަނޑުގެ 500 މީޓަރު އަޑިން ދިރުންތަކުން ފުރިގެންވާ އާ މާހައުލެއް

ކަނޑުގެ ދިރާސާގައި ބޭނުންކުރި ސަބްމާސިބަލްއެއް ފުވައްމުލަކުގެ ފަރެއް ކައިރީގައި ސާވޭ ކުރަނީ -- ފޮޓޯ: ނެކްޓަން

ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިން، ދިރުންތަކުން ފުރިގެންވާ އާ މާހައުލެއް ހޯދާފައިވާ ކަމަށް ކަނޑުގެ ބޮޑު ދިރާސާކުރި ނެކްޓަން މޯލްޑިވްސް މިޝަން އިން މިއަދު ބުނެފި އެވެ.

ދިވެހި ސަރުކާރާ ގުޅިގެން އެ ދިރާސާ ކުރި އިނގިރޭސި ވިލާތުގެ ރިސާޗު ފައުންޑޭޝަން، ނެކްޓަން އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ "ދަ ޓްރެޕިން ޒޯން"ގެ ނަމުން ނަން ދީފައިވާ އެ ސަރަހައްދަކީ މީގެ ކުރިން ދެނެގަނެވިފައި ނުވާ ސަރަހައްދަކަށް ވުން ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށެވެ.

ފުން ކަނޑުގެ ސަރަހައްދުތަކުން ފެންނަ "ދަ ޓްރެޕިން ޒޯން" ދެނެގަތުމަށް ސަބްމާސިބަލްގައި ގިނަ ވަގުތުތަކެއް ހޭދަކުރައްވާފައިވާ ޕްރޮފެސަރު އެލެކްސް ރޮޖާސް ވިދާޅުވި ގޮތުގައި، މި ފެނިފައިވާ ސަރަހައްދުގައި މުޅިން އާ މާހައުލީ ނިޒާމެއްގެ ހުރިހާ ނިޝާންތައް އެކުލެވިގެންވިގެންވާ ކަމަށެވެ.

ވ. އަތޮޅުގައި ކަނޑުގެ ދިރާސާކުރިއިރުގައި 120 މީޓަރު ފުނުން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ނެކްޓަން

ކަނޑުތަކުގެ މާހައުލީ ނިޒާމު ބިނާ ވަނީ އެ ސަރަހައްދުތަކުގެ އުފެދުމުގައި ހުންނަ އަޑިގުޑަންތަކާއި އެ ނޫން ވެސް ތަފާތު ސިފަތަކާއި އެ މާހައުލުގައި އުޅޭ ދިރުންތަކުގެ މައްޗަށެވެ.

"ދަ ޓްރެޕިން ޒޯންގެ ސަބަބުން ރާއްޖޭގެ ފުން ކަނޑުތަކުގައި ދިރުމުން ފުރިގެންވާ އާ މާހައުލެއް އުފެދޭ އަދި ރާއްޖެ ފަދަ އެހެނިހެން ކުދި ޖަޒީރާތަކުގައި މިފަދަ ސަރަހައްދުތައް އުފެދިފައި ހުރުމަކީ ވަރަށް ގާތްކަމެއް،" އޭނާ ވިދާޅުވި އެވެ.

މާކަނޑުގައި އުފެދިފައި ހުންނަ ތިލަތަކުގައި، އެ ސަރަހައްދުތަކުގައި އުޅޭ ކުދި ދިރުންތައް ތާށިވުމުގެ ސަބަބުން އެކި ބާވަތުގެ މަސްމަހާމެހީގެ އާބާދީ އާލާވުމަށް ބާރުއަޅާކަން ކުރިން އެނގިފައި ވިޔަސް، ރާއްޖެ ފަދަ ގައުމެއްގެ ރަށްތަކުގެ ޖިއޯމޯފޮލޮޖީ އަދި ބަޔޮލޮޖިކަލް ޕެރަމީޓާތަކާ، މި ތާށިވުން މީގެ ކުރިން ގުޅުވާފައި ނުވާ ކަމަށް ނެކްޓަން އިން ބުނެ އެވެ.

ކަނޑުގެ ދިރާސާގައި 500 މީޓަރު އަޑިން ފެނުނު ކޮފިންފިޝްއެއް: 500 މީޓަރު އަޑިން ދިރުންތަކެއް ފުރިގެންވާ އާ މާހައުލެއް ފެނިފައިވާ ކަމަށް ނެކްޓަން އިން ބުނޭ -- ފޮޓޯ: ނެކްޓަން

ނެކްޓަންގެ ޕްރިންސިޕަލް ސައިންޓިސްޓް، ލޫސީ ވުޑޯލް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސާވޭގައި ނަގާފައިވާ ވީޑިއޯތަކާއި އަޑިއަށް ދަތުރުކުރި ސަބްމާސިބަލްތަކުން ނެގި ސާމްޕަލްތަކާއި އަދި ސަވޭ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހިންގި ސޯނާ މެޕިން މަސައްކަތްތަކުން ވަރަށް ގިނަ ކަންކަން އެނގިފައިވާ ކަމަށެވެ.

"ފުން ސަރަހައްދުތަކުގައި އުފެދިފައިވާ ތަފާތުތަކުގެ ދެމެދުގައި ނުވަތަ 'ސަބްސީ ލޭންޑްސްކޭޕް'ގައި ތާށިވެފައިވާ އެކި ބާވަތުގެ ކުދި ދިރުންތައް ނުވަތަ 'މައިކްރޯ ނެކްޓަން' ކައި ހެދުމަށް، މިޔަރާއި އެ ނޫން ވެސް ބޮޑެތި މަސްމަހާމެހި އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވެ އުޅޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އަތޮޅުތަކުގެ ބިންގާ ކަމަށްވާ އަލިފާން ފަރުބަދަތަކުގެ ކަނޑުއަޑީގެ ބިންގަނޑުތަކުގަ އާއި މަރުވެފައިވާ ދިރުން ނުވަތަ "ފޮސިލައިސްޑް ކާބަން" ހިމެނިގެން އުފެދިފައިވާ ގަދީމީ ފަރުތަކުގައި ގުންޑޮޅި ތެދު އުސްބިންތަކާއި ގުންޑޮޅި ފެތުރިފައިވާ ބިންތައް ހިމެނިފައި ވުމަކީ، މައިކްރޯ ނެކްޓަން ދުވާލުގެ ވަގުތުތަކުގައި ފުން ކަނޑަށް އަނބުރާ ދިއުމަށް ނުވަތަ ހިޖުރަ ކުރުމަށް ހުރަސްއެޅޭ ސަބަބެއް ކަމަށް ބެލެވޭ ކަމަށް ނެކްޓަން އިން ބުނެ އެވެ.

އެ "ވާޓިކަލް މައިގްރޭޝަން" އަކީ ދުނިޔޭގައި ކޮންމެ ރެއަކު ހިނގާ އެންމެ ބޮޑު ހިޖުރަކުރުމެވެ. ރައްކާތެރި ފުން ސަރަހައްދަށް ހިޖުރަ ނުކުރެވި ތާށިވާ އެ ދިރުންތައް، ކަނޑުގެ މެދު ފަށަލައިގައި އުޅޭ ކަނޑުމަހާއި މިޔަރު ފަދަ އަދި ފުނުގައި އުޅޭ ސްޕައިކީ އޯރިއޯ އާއި އަލްފޮންސީނޯ ފަދަ ބިޔަ ދިރުންތަކުގެ ޝިކާރައަކަށްވެ އެވެ.

"ދަ ޓްރެޕިން ޒޯން" ފެނުމަކީ ފާހަގަކުރެވޭ ހޯދުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވި އެވެ.

"މި މާހައުލުން ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން ދެމެހެއްޓުމަށް މަގުފަހިވާނެ ކަމަށް ބެލެވޭ. އަދި މިއީ ދެމެހެއްޓެނިވި ގޮތުގައި ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމަށާއި ސަރަހައްދުތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް ބާރުލިބޭ އައު މައުލޫމާތުތަކެއް،" ރައީސް ވިދާޅުވި އެވެ.

ފުންގަނޑުގައި އުޅޭ މިޔަރުގެ މައުލޫމާތު ދެނެގަނެވުނު

ނެކްޓަން މޯލްޑިވްސް މިޝަންގައި ރާއްޖޭގެ ފުން ކަނޑުތަކުގެ އުޅޭ މިޔަރުގެ ތަފާތު ބާއްވަތްތައް ވެސް ފުރަތަމަ ފަހަރަށް ދެނެގަތެވެ.

އެ ދިރާސާގައި ނެކްޓަންއާ އެކު އިސްވެ ސާވޭގެ މަސައްކަތް ކުރެއްވި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލް، ޝާފިޔާ ނައީމް ވިދާޅުވި ގޮތުގައި ފަރުތަކުގެ ތިލަ ސަރަހައްދުތަކުގައި އުޅޭ މިޔަރުގެ ދިރާސާ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މީގެ ކުރިން ކޮށްފައިވެ އެވެ.

"ނަމަވެސް ފުން ކަނޑުތަކުގައި އުޅޭ މިޔަރުގެ ތަފާތު ބާވަތްތަކާއި ބެހޭ މައުލޫމާތު މި ދެނެގަނެވެނީ މުޅިން އަލަށް،" އޭނާ ވިދާޅުވި އެވެ.

އެ ދިރާސާގައި ފެމުނާއި މަޑުމިޔަރާއި ދަތްގަނޑު މިޔަރާއި ކަށިމިޔަރާއި ކާލިގަނޑު މިޔަރާއި އައިންމަތީ މިޔަރުގެ އިތުރުން ދުނިޔޭގައި ވެސް ވަރަށް މަދުން ފެންނަ މިޔަރުގެ ބާވަތެއް ކަމަށްވާ "ބްރެމްބަލް ޝާކް" ރާއްޖޭގެ ފުން ކަނޑުތަކުން ފެނިފައިވެ އެވެ.

ދިވެހި ސަރުކާރާއި އިނގިރޭސި ވިލާތުގެ މެރިން ރިސާޗު ފައުންޑޭޝަން ނެކްޓަންއާ ގުޅިގެން "އާރްވީ އޮޑެސީ" ކިޔާ ބޯޓެއްގައި ކަނޑަށް ފައްތާ ސަބްމާސިބަލްގައި ސައިންޓިސްޓުން ރާއްޖޭގެ ކަނޑުތަކުގެ ފުނަށް ގެންގޮސްގެން އެ ސާވޭ ހަދަން ފެށީ ސެޕްޓޭމްބަރު މަހުގެ ކުރީކޮޅު އެވެ. އެ ސާވޭ ނިންމާލީ މިދިޔަ ހަފުތާގަ އެވެ.

ސާވޭގެ މަސައްކަތަށް ފަހު މިހާރު ކުރިއަށް ގެންދަނީ ފާހަގަކުރެވުނު ދިރުންތައް ދެނެގަތުމުގެ މަރުހަލާ އެވެ. އެ އަށް ފަހު، ހޯދުންތަކުގެ މައްޗަށް ދިރާސީ ލިޔުންތައް އެކުލަވާލައި ޝާއިއު ކުރާނެ އެވެ.

11 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 53%
icon sad icon sad 0%
icon angry icon angry 21%
icon wow icon wow 5%
icon inlove icon inlove 21%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިންތިޒާރު

11 October 2022

ފަތުރުވެރިކަމަށް ތިޔަ ކަހަލަ ސަބްމަރސިބްލްއެއް ގެންނަނަމަ ބަލަން ބޭނުންވާ އެންމެންނަށްވެސް ދެވޭނެ..

The name is already taken The name is available. Register?

ުހސހަބ

11 October 2022

ކޮމެންޓު ކުރާއިރު ދިވެހި ބަހުގެ ހަމަތަކަށް ބަލާލަން ފެނޭ. އެވަރު ނޭނގޭ މީހުން ކޮމެންޓު ނުކުރުން ރަނގަޅު. “ފޮތްތަށް” މި ދެން ބޮޑުވަރު.

The name is already taken The name is available. Register?

ދަރަނިފިލި

11 October 2022

ތެލަށް ލާރި ދައްކަބަލަ.

The name is already taken The name is available. Register?

ސިމްޕަލް

10 October 2022

ނެކްޓަން މޯލްޑިވްސް މިޝަން ފެެށުނު ދުވަހުން ފެށިގެން އިންތިޒާރު ކުރަމުން މިއަައީ ކުރީ ޒަމާނުގައި ރާއްޖޭގެ ކަނޑުތަކަށް ފެތިފައިވާ ނައު ތަކާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިދާނެކަމަށް. އެޒާތުގެ އެއްވެސް ޚަބަރެއް ނުފެނި މިޝަން ނިމިގެންދިޔައިމާ ވަރަށް ދެރަ.

The name is already taken The name is available. Register?

އެމީހާ123

12 October 2022

ބަލަ އޭގެ ވާހަކަ ބުނެފިއްޔާ ޖެހޭނެ ދޯ ސަރުކާރަށް ބައިއަޅަން ހަޒާނާ އެއް ފެނިއްޖެއްޔާ.

The name is already taken The name is available. Register?

ލިޔާ

10 October 2022

ރަންފަރުބަދައެއް ނުފެނޭތަ؟

The name is already taken The name is available. Register?

ސަލީމު އިދުރީސް

10 October 2022

ތިކަން ކަލެމެނައް މާކުރިން ނޭގޭތޯ! އަދި ކަލޭމެންގެ އެއްވެސް ފޮތެއްގަ ތިވާހަކަނެއްތޯ

The name is already taken The name is available. Register?

ޖޯޖް

10 October 2022

ދެން ކަލޭ ފޮތްތަށްކިޔެވިމީހާ ބުނެބަލަ ކޮންފޮތަކު ރާއްޖޭގެ ކަނޑުގެ ވާހަަކަ އޮތީ ލިޔެވިފަ

The name is already taken The name is available. Register?

ބެލީ

11 October 2022

ކަލޭ ދޭ ނިދާފަ އޮންނަން.

The name is already taken The name is available. Register?

ޖޯޖްގެ ދައްތަ

11 October 2022

ދިވެހި ކަނޑުއަޑީގެ ބޯވަ ، މިހެންކިޔާ ފޮތެއް އޮންނާނެ ، އެފޮތް ކިޔާލާ އޭރުން ރާއްޖޭގެ ކަނޑުއަޑީގެ ވާހަކަތަކާއި މަންޒަރުތައް އެގިގެންދާނެ ،!!!!!

The name is already taken The name is available. Register?

ނުކިޔާނެ

11 October 2022

ނުކިޔާ 20 އަހަރަށް ފަހު އަނެއްކާވެސް އެހެންބައެއް 500 މީޓަރަށް ގޮސް މީ އާކަމެކޭ ބުނާނެ. ހިސްޓޮރީ ރިޕީޓްސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454