އިނގިރޭސި ވިލާތުގެ ލިޔުންތެރިޔާ ސަލްމާން ރުޝްދީ
24 އޮކްޓޯބަރ 2022 - 11:41
މިދިޔަ އޮގަސްޓް މަހު ނިއު ޔޯކްގައި އޮތް ހަފުލާއެއްގެ ތެރެއިން ސްޓޭޖް މަތީގައި ހުއްޓައި، މީހަކު ދިން ވަޅީގެ ހަމަލާތަކުގެ ސަބަބުން، އިނގިރޭސި ވިލާތުގެ ލިޔުންތެރިޔާ ސަލްމާން ރުޝްދީގެ އެއް ލޯ ކަނުވެ، އެއް އަތުގެ މަސައްކަތް މުޅިން ހުއްޓިފައިވާ ކަމަށް އޭނާގެ އެޖެންޓު ބުނެފި އެވެ.
ސެޕެއިން ބަހުން ނުކުންނަ އެލް ޕައިސް ދުވަހު ނޫހަށް ދިން އިންޓަވިއުއެއްގައި ސަލްމާން ރުޝްދީގެ އެޖެންޓު އެންޑްރޫ ވީލީ ބުނީ އޮގަސްޓް 12، 2022 ގައި ދިން ވަޅީގެ ހަމަލާގައި ސަލްމާން ރުޝްދީ، 75، އަށް ވަރަށް ބޮޑެތި ޒަޚަމްތަކެއް ލިބުނު ކަމަށެވެ.
"އެ ހަމަލާތަކުގެ ސަބަބުން އޭނާގެ އެއް ލޮލުގެ ފެނުން މިހާރު ވަނީ ގެއްލިފައި. އޭނާގެ ކަރުގައި ވަރަށް ނުރައްކާތެރި ތިން ޒަޚަމެއް އެބަހުރި. ވަޅި ހެރުމުގެ ސަބަބުން އަތުގެ ނާރުތަކެއް ބުރިވެފައިވާތީ، އެއް އަތުގެ ހަރަކާތް ވަނީ ހުއްޓިފައި. އޭގެ އިތުރުން ވެސް އޭނާގެ މެޔާއި ހަށިގަނޑުގެ އެކި ތަންތަނުގައި 15 ވަރަކަށް ޒަޚަމް ހުރި،" އެޖެންޓު އެންޑްރޫ ވީލީ ބުންޏެވެ.
އިނގިރޭސި ވިލާތުގެ ލިޔުންތެރިޔާ ސަލްމާން ރުޝްދީ
އެ ހަމަލާގައި ލިބުނު ޒަޚަމްތަކާއި ގެއްލުންތަކުން އޭނާ މިހާރު އަންނަނީ ރަނގަޅު ވަމުން ކަމަށް ބުންޏަސް، ސަލްމާން ރުޝްދީ މިހާރު ހުރީ ކޮން ތަނެއްގައި ކަމެއް އެޖެންޓު ނުބުނެ އެވެ. އެންމެ ފުރަތަމަ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ވެންޓިލޭޓަރުގައި ބާއްވާފައި އޮތް ސަލްމާން ރުޝްދީ މިހާރު އޮތީ ހޮސްޕިޓަލުގައި ކަމެއް ނުވަތަ ގޭގައި ކަމެއް ވެސް ނުބުނެ އެވެ.
ސަލްމާން ރުޝްދީ ލިޔެ އާންމުކުރި އޭނާގެ ހަތަރު ވަނަ ފޮތް، ޝައިތާނީ އާޔާތްތައް (ދަ ސެޓަނިކް ވާސަސް) 1988 ވަނަ އަހަރު ޝާއިއުކުރުމާ ގުޅިގެން، އޭނާ އަށް އެތައް ފަހަރަކު ވަނީ މަރުގެ އިންޒާރު ދީފަ އެވެ. އިސްލާމީ ބައެއް އިލްމުވެރިން ވަނީ އޭނާ މެރުމަށް ގޮވާލައިފަ އެވެ.
އެ ފޮތް ނެރުމާ ގުޅިގެން އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚުމައިނީ ވަނީ ސަލްމާން ރުޝްދީގެ މަރު ހުއްދަ ވެއްޖެ ކަމަށް ވިދާޅުވެ ފަތުވާއެއް ނެރުއްވައި، އޭނާ މެރުމަށް އިސްލާމީ އުންމަތަށް ގޮވާލައްވައިފަ އެވެ. ޚުމައިނީގެ އެ ގޮވައިލެއްވުމާ ގުޅިގެން، ނުވަ އަހަރު ވަންދެން ސަލްމާން އުޅުނީ އިނގިރޭސި ވިލާތުގެ ފުލުހުންގެ ހިމާޔަތާ އެކު، ސިއްރު ތަނެއްގައި ފިލައިގެންނެވެ.
އޮގަސްޓް 12 ވަނަ ދުވަހު މީހަކު ސަލްމާނަށް ވަޅިއަކުން ހަމަލާ ދިނީ، ނިއު ޔޯކްގެ ޝިޓޯކްއާ އިންސްޓިޓިއުޓްގައި އޮތް ހަފުލާއެއްގައި ތަގުރީރުކުރުމަށް ތައްޔާރުވެ ސްޓޭޖްމަތީގައި ހުއްޓަ އެވެ. އެ ވަގުތު އެ ހޯލުގައި ހުރި މީހަކު ދުވެފައި ގޮސް ސްޓޭޖަށް އަރައި، ސަލްމާންގެ ގައިގައި ތަޅައިގަނެ ސްޓޭޖް މައްޗަށް ވައްޓައިލުމަށް ފަހު، މެޔަށާއި ކަރަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހެރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭކުބެ
26 October 2022
ސަލްމާން ރުޝްދީއަކީ މޮޅު ލިޔުންތެރިއެއް. އެހެނަސް އޭނާ ލިޔުނު އެފޮތަކީ އަމިއްލަ އެދުމުގައި ހަޤީގަތާ ޚިލާފަށް ލިޔެފަވާ ބާތިލު ފޮތެއް. ހަސަދައާ ފިތުނަ އުފައްދަންކުރި ކަމެއް. އޭނާ ލިޔުނު އެފޮތުގެ ސަބަބުން އޭނާއަށް ލިބުނު ފައިދާއަށްވުރެ ގެއްލުން ބޮޑު. މިނވަންކަން ގެއްލި ބިރުވެރިކަމެއްގެތެރޭގެ އުޅެންޖެހުނީ.
ސަލީމު އިދުރީސް
25 October 2022
ލިޔުން ތެރިންނަކީ މުޖުތަމައެއްގަ ވަރައް އިސްދައުރެއް އަދާކުރާ އިންސާނީ ހިދުމަތެއް ކަމާމެދު ސައްކުރުގެ ޖާގަޔެއްނެއް! މިގައުމު އިލުމީގޮތުން ކުރިއެރުން ހޯދިޔަސް؛ ޖާހިލުކަމުގެ ފަރުދާއެއް ދެމިގެން އަންނަކަން ވަރައް ރަނގަޅައް އެނގޭ ޖާހިލު ދަށުދަރަޖައިގެ ކޮމެއްޓުތަކައް ލިބޭ ލައިކު ފެނުނީމަ! އަދި މީގެ މިސާލެއް މިފަދަ މީހުންގެ އިސާރާތަކައް ފަސޭހަކަމާއެކީ ގިނަ ބަޔަކު އެއްކޮއްލައި ގަލޮޅު ދަނޑައް ވަދެ ހިންގި ވަލުޖަނަވާރުއްނައްވުރެ ދަށު ދަރަޖާގެ އަމަލު ތައް
ޖޯޖް އިރު
25 October 2022
ސަލީމު އިދުރީސް އަކީ ހުޅަނގުގެ އެޖެންޓަކާވައްތަރީ
ރަދީފްއޮފިޝަލް
25 October 2022
ސަލީމް އިދްރީސް ކަލޭގެ ލަދު ކޮބާ؟/
ސަލީމު އިދުރީސް
25 October 2022
ރަދީފު ކަލެއަށް އޮޅިގެން ތިއުޅެނީ އެތައް ހާސްބަޔެއް މަރާފަހުރި ބޮޑު މުޖުރިމް އޫސާމާބިން ލާދިންނާ އިންސާނިޔަތައް ހިމަތްކޮއް ފޮތްލިޔާ ސަލުމާނު ރުސްދީއާ ހަމަނުކުރެވޭނެ! ސާފުވެއްޖެތޯ
މޮޔަ ރަދީފް
26 October 2022
ސަލަފީން ގޮއްވި މިސްކިތް ތަކުގެ ވާހަކަ ނުދައްކަން ދޯ
އޮޑިހަނު
26 October 2022
ސަލީމު ކަލޭ ތީ މުސްލިމެއްތަ ނޫނީ ޖާހިލު ކަމުން އެނގިނުލައްވަނީތޯ ސަލްމާން ރުޝްދީ ސީދާ އިސްލާމް ދީނާ ދެކޮޅަށް ލިޔެފަ ހުރި ފޮތް. އޭނާ މީހަކަށް ހުޅަނގުން ހެދީ އޭނާ އިސްލާމްދީނާ ދެކޮޅަށް ފޮތްނެރެ ވަހުޝީ ލަދުހަޔާތް ކުޑަކޮށް ދީނާ، ޤުރްއާނާ، ރަސޫލާ (ސ)އަށް ފުރައްސާރަކުރީމާ އެކަނި. އެއީތަ ތިބުނާ 'އިންސާނިއްޔަތަށް ޚިދުމަތް' ކުރުމަކީ؟! ލަދު ކޮބާ މީހުންނަށް އޮޅުވާލަން ތިއުޅެނީ.
ސައްބަބީބު
25 October 2022
ސަލްމާނަކީ ހިތްހެޔޮ މީހެއް. އޭނާއަށް އަނިޔާކުރީ ޖާހިލެއް. އަނިޔާއަށް ހިތްވަރުދީ އެކަމަށް ގޮވާލީ ޖާހިލެއް. އެކަމާ ހިތްހަމަޖެހިގެން މިއުޅޭނީ ޖާހިލުން. މީހަކަށް އަނިޔާކުރުން އެއީ މާއުފާވެރި ކަމެއްކަމަށް އެއްވެސް ދީނެއަގައެއް ނޯންނާނެ. ލިޔެފައިވާ އެއްޗަކާ ހެދި ނުވަތަ އަގައިން ކިޔާއެއްޗަކާ ހެދި އަނިޔާކޮށްގެން ނުވާނެ. ގަދަބާރުން ކަރުބުޑަށް ކޮއްޕާއެއްޗެއްނޫން ދީނަކީ. އެހެންވެ ބުނަނީ ބުރުގާއަޅާ ތުބުޅި ބަހައްޓަނީ ބިރުން ނޫނީ ހިޔާލީ ބިރަކާހެދިއޭ.
ރަދީފްއޮފިޝަލް
25 October 2022
އުސާމާ ބިންލާދިން މަރާލި ދުވަހު ވެސް ކަލޭ ބުނީ ތިހެންތަ؟؟ ލަދު ކޮބާ ވަލްރަސް؟؟
އިބޫ2
26 October 2022
ކަލޯގެ ޖާހިލުކަން ވަކި ކުޑަތަ
ލަވައެއް ކިޔަކަސް އެއީ އުނގެނުމެއް ނޫން!
25 October 2022
ދިވެހިންގެ ޖާހިލު ކަމާ އަރަބިންގެ އަޅުދާސް މަޅީގައި ޖެހިފާވާ ބޮޑުކަން ހާމަ ވޭ ކޮމެންޓް ތަކުން!
ޟޫބަރޭ
24 October 2022
ވަރަށް ހިތާމަހުރި ހަބަރެއް. ރުޝްދީއަށް އަވަސް ޝިފާއަކަށްއެދެން.
ސާތާނީ އާޔަތް
24 October 2022
ސަލްމާނު ވެސް ގަބޫލު ކުރާނެ ކުފުރުގެ ފޮތެއް ލިޔެގެން ކޮންމެވެސް ގޮތަކުން ވާނީ ގެއްލުންކަން. ދެން އެގޮތް ތިޔަވީ ހަމަލާ ދިންމީހާ ކުއްވެރި ކުރަން.
ޒުއްރިޔާން
24 October 2022
ފޮތެއް ލިޔެގެނެއް ނޫން ކަނުވެ ވާވީކީ. ޢަނިޔާވެރި މީހެއްގެ ޝިކާރައަށް ވީމަ.
ހުއްރިއްޔާން
25 October 2022
ޒުއްރިއްޔާނަށް ނުފެނޭތަ ބޮޑުމަންޒަރު. އެމީހަކު ކުރި ނުބައި އަމަލަކާ އެއްވަރަށް އެމީހަކަށް މިދުނިޔޭގައި ކޮންމެފަދަ ގޮތަކުން ނަމަވެސް އަދަބު ލިބިދާނެ. ބައްޔަކުން ނުވަތަ ގުދުރަތީ ކަމަކުން ނޫނަސް އެމީހަކަށް ލިބެންވީ ދެރައެއް ނުވަތަ އަނިޔާއެއް އިންސާނަކު މެދުވެރިކޮށްވެސް ލިބިދާނެ. އާޚިރު ނަތީޖާއިން ފެންނަ މަންޒަރުން ލިބޭ ފިލާވަޅު ދޭހަވުން މުހިއްމީ.
ައަބްޑޫލް
24 October 2022
އަވަަސް ޝިފާއަކަށް އެދެން
އަރޫ
25 October 2022
ޝިފާ ދެއްވާ ފަރާތަށް މަލާމަތް ކޮށް އެކަލާނގެ ބަސް ފުޅަށް ޝައިތާނީ އާޔަތް ކިޔާ މީހުން މަގު ފުރައްދާ ފަސާދަ ކޮށް ހެދީމަ އެފަރާތުން އެ ކަލޭގެ އަށް ޝިފާ ދެއްވުން ތިއެދެނީ؟ ވަޓް އަ ޖޯކް..
ޑޑ8989ޑ
24 October 2022
ޓިޔާރާއަކީވެސް ދިވެއްސެއްތޯ....