ޕެންޝަން އޮފީހުގެ ސީއީއޯއަކަށް އައްޔަން ކުރެއްވި ސުޖާތާ ހަލީމް--ފޮޓޯ: ޕެންޝަން ޮއފީސް
31 އޮކްޓޯބަރ 2022 - 19:27
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީސްގެ ސީއީއޯއަކަށް ސުޖާތާ ހަލީމް އައްޔަން ކުރެއްވުމަށް އެ އިދާރާގެ ބޯޑުން މިއަދު ނިންމައިފި އެވެ.
ސުޖާތާއަކީ އެ އޮފީހުގެ އެކްޓިން ސީއީއޯގެ މަގާމުގައި ހުންނަވާތާ ދެ އަހަރު ވެއްޖެ އެވެ.
ޕެންޝަން އޮފީހުން ބުނީ 2015 ވަނަ އަހަރުން ފެށިގެން އެ އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމުގައި ހުންނެވީ ސުޖާތާ ކަމަށެވެ. އޭނާއަކީ ޒަމާނީ ޕެންޝަން ނިޒާމެއް ތައާރަފް ކުރަން ކުރި މަސައްކަތުގެ އެންމެ ކުރީ ސަފުގައި މެދުނުކެނޑި 16 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށް އެ އޮފީހުން ބުންޏެވެ.
ވޯލްޑް ބޭންކުން ކުރިޔަށް ގެންދިޔަ ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް ހިންގުމާއި ޕެންޝަނާ ބެހޭ ގާނޫނު އެކުލަވައިލައި ތަންފީޒު ކުރުމުގައި ވެސް ސުޖާތާ އިސް ރޯލެއް އަދާ ކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.
ޕެންޝަން އޮފީހުގައި ކުރިން ސީއީއޯގެ މަގާމުގައި ހުންނެވި ޖޯން ގްރިންޑަލް އެ މަގާމުން ވަކި ކޮށްފައި ވަނީ އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ފެންމަތިވުމަށްފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާހިރު
01 November 2022
އެމީހެއްގެ މުސާރައިން ބައެއް އުނިކުރެވެންޖެހޭނީ އެމީހެއްގެ އިޒުނަޔާއެކުގައެވެ. ޕެންޝަން ގައި ބައިވެރިކުރަންޖެހޭނީ ޕެންޝަންގައި ބައިވެރިވުމުން ވާނެގޮތް އެމީހަކަށް ރަނގަޅަށް އޮޅުންފިލުވައިދީ އެކަމަށް އެދޭ މީހުންނަށެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި އެހެންނޫނިއްޔާ އެއީހަމަ ފޭރުންފަދަ ކަމެކެވެ.
ހުވަދޫ އަހައްމަދޭ
01 November 2022
ތިޔަ ފަންޑަކީ ސަރުކާރު ހިންގަން ލާރި ހޯދާ ޕޮންޒީ ސްކޭމެއް. އަހަރުމެން ބުރި ބިނދައިގެން މަސައްކަތް ކުރީމަވެސް 65 އަހަރު ވަންދެން މަޑުކޮށްފަ ފަސްހާސް. ކަމެއް ނުކޮށް އަޗާތަޅާ މީހާއަށްވެސް 65 ވީމަ ފަސްހާސް. މިއީ އަސްލު ޕޮންޒީ ސްކީމް
ގުރާ
01 November 2022
ދެން ރަގަޅުތާ! އެއްވެސް ބޭނުމެއް އޮންނަ ފަންޑެއްނޫން. 65 އަހަރުން މަތިވެގެން ދިޔަޔަސް ތީގެ ބޭނުމެއް ކުރެވިފައިވާމީހަކު ނުދެކެން. 65 އަހަރުންމަތީގެ ބޭފުޅުން ބޭސްފަރުވާކުރަންވެސް އޭގެން ލާރި ނެގިޔަކަނުދޭ. ތީހަމަ ސަރުކާރު ހިންގަން އޮންނަފަންޑެއް..
އަދިވެސްހަމަ
01 November 2022
އުމުރުދުވަހު މަސައްކަތް ކުރުމުން ވެސް މިޖެހެނީ 5000 ރުފިޔާ ހަމަކުރަން ، ރިޓަޔަމަންޓު ޕެންޝަނާއި އަސާސީ ޕެންޝަން ވަނީ ގަޑުބަޑުކޮށްފަ. އެކަން އޮންނަން ޖެހޭ ގޮތަކީ ރިޓަޔަމަންޓުޕެންޝަނަަށް (އުމުރުދުވަހު މަސައްކަތް ކުރުމުން ) ހިސާބު ހެދުމުން ލިބޭ އެއްޗެއް އެޑުކުރެވެން ޖެހޭނީ އަސާސީ ޕެންޝަނަށް. މިސާލަކަށް ރިތަޔަމަންޓު ޕެންޝަނުން 2000 ލިބޭނަމަ އަސާސީ ޕެންޝަނުގެ 5000 އާއި އެކު 7000 އެމީހަކަށް ލިބެންޖެހޭ.
ނަމެއްގަ
01 November 2022
އެންމެނަށްވެސް ހީވެފަ އޮންނަނީ އެހެން. ، ފައިސާ ޖަމާ ކުރަންވީމަ ރިޓަޔަމަންޓު ޕެންޝަން. ފައިސާ ނަގަން ވީމަ އަސާސީ ޕެންޝަން
ރަދީފްއޮފިޝަލް
01 November 2022
ވަރަށް ރީތި ކުއްޖެއް.ގުޑް ލަކް.
ޖަމްޝީދާ
01 November 2022
އަޅުގަނޑު އެންމެ ބޭނުންވާ ކަމަކީ ޕެންޝަން ފަންޑުގައި ހުރި ފައިސާއިން މަސްދޯންޔެއް ބަނުން. މިކަން ވާނޭ ގޮތެއް މަގުފަހިކޮށް ދެއްވާނެ ކަމަށް އުންމީދު ކުަރަން.
އެލާރި
01 November 2022
ޖަލުގައި އޮންނަ މީހާއަށްވެސް 65 އަހަރުވީމާ 5000 ރުފިޔާ. ވަޒީފާގައި ބުރަ މަސައްކަތް ކޮށްގެން ޕެންޝަން ފަންޑަށް ފައިސާ ލައިގެން ރައްކާކޮށްގެން އުޅެނިކޮށް 65 އަހަރުވާ މީހާއަށް 5000 ރުފިޔާ. މިކަން ރަނގަޅު ނުކުރެވެންޏާ ޕެންޝަންއަށް ފައިސާ އެޅުމުގެ ބޭނުމެއް ނެތް. ބޮޑެތި މަޤާމްތައް ހަދާ އެމަޤާމްތަކަށް މީހުން އައްޔަން ކުރުމުގެ ބޭނުމެއް ނެތް.
ތިވާހަކަ
01 November 2022
ތިވާހަކަ ދައްކާ ދައްކާ ވަރުބަލިވެއްޖެ. އުންމީދުކުރިން މިހާރުނޫހުން މިކަން ސާފުކޮށްދޭނެ ކަމަށް. އެފަހަރުގެ ރިޕޯޓުގަ އޮތީ މުޅިން ވެސް ޕެންޝަން އޮފީހުގެ ބަސް. އަސާސީ ޕެންޝަނާއި ރިޓަޔަމަންޓު ޕެންޝަން އޮތީ ގަޑުބަޑުކޮށްފަ. ސިވިލްސާވިސްގެ ގިނަ މުވައްޒަފުން އަދިވެސް ތިބީ ވަރަށް ފޮނި އުންމީދެއްގަ. 65 އަހަރުވުމުން އެ އުންމީދު ފެނަށް މިދަނީ. ދެންމިޖެހެނީ އެތައްމިތަނަށް ސިޓީފޮނުވަފޮނުވަ އުމުރު ހުސްކުރަން. ދިވެހިންނަަސް ހައްގު މިންވަރު
ހަސަން ބަދީއު
01 November 2022
ފުރަތަމަ ކަން ވާ ގޮތާއި ނުވާ ގޮތާއި ބަލާފައި ބަސްބުނޭ. ފަންޑުގައި ފައިސާ ހުރި ބޭފުޅެއް ވެއްޖެއްޔާ ގިނައިން ފައިސާ ލިބޭނެ.
ބަދީއުއަށް
01 November 2022
ތިޔަބުނީ ހެޔޮކޮށް ، ހިސާބު ހަދާލުމުން 5000 އަށް މަތި ލިބެނީ ވަރަށް މަދު ބަޔަކަށް، ޑިރެކްޓަރުން މަތީގެ ވަޒީފާތަކުގަ އެތައްއަހަރެއްވީމަ. އެއީ އިިންސާފެއްނޫން
އަލިފުޅު1111
01 November 2022
ދައުލަތުގެ ޕެންޝަން ފަންޑަކީ ދިވެހިރައްޔިތުން ފަހަށް ރައްކާކުރުމަށް ވަރަށް ބޮޑު އުއްމީދަކާއެކު ފައިސާލާތަނެއް. މިތަނުގެ މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތައް ބަލާލިއިރު ދައުލަތުގެ އެހެން އެއްވެސް ތަނެއްގެ މުވައްޒަފުންނަށް ދޭ މުސާރައަށްވުރެ ބޮޑު. ސީއީއޯގެ މުސާރަ މަހަކު ދެލައްކައަށްވުރެ ބޮޑު......މިއީ އަޅެ ބޮޑުވަރެއް ނޫންތޯ؟؟؟؟؟ބޯޑު މެމްބަރުންވެސް ވިސްނަންވީ ޕެންޝަނަރުންނަށް އެއްޗެއް ދެވޭތޯ ނޫންތޯ؟
ހަސަން ވާލީ
01 November 2022
ތިތަންހާ ހަރުދަނާކޮށް ހިންގޭ އޮފީހެއް މަ ނުދެކެން.. މުސާރަ ހުރި ވަރަށްވުރެވެސް ބޮޑުކުރަން ފެންނަނީ.. މަރްހަބާ ސުޖާތާ އަދި އޮފީހުގެ ބޯޑް…
ވާރިސާ
01 November 2022
މުސާރަވެސް ޖަހައިލަބަލަ ދޯ
ޖެކް
01 November 2022
ސުޖާތާއަކީ ވަރަށް ހިތްތިރި ކަނބަލެއް! އެކަމަނާގެ ޒައާމަތުގައި ޕެންޝަން ފަންޑު ހަގީގީ ޕެންޝަން ފަންޑަކަށް ވާނެކަމަށް މި ބަލަނީ!