މޫސަ އެމްޑީޕީއަށް ސޮއިކުރައްވައި ޕާޓީގެ ޗެއާޕާސަން ފައްޔާޒްއާ ފޯމު ހަވާލުކުރައްވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަރިހުގައި. -- ފޮޓޯ: އެމްޑީޕީ
08 ނޮވެމްބަރ 2022 - 19:09
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އަލުން އެ ޕާޓީއާ މިއަދު ގުޅިވަޑައިގެންފި އެވެ.
މޫސަ ސޮއިކުރެއްވި ފޯމު، ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ހަވާލުކުރައްވާ ފޮޓޯއަކާއެކު އެ ޕާޓީގެ އޮފީހުން ކުރި ޓްވީޓުގައި ވަނީ މޫސަ އަލުން ގުޅިވަޑައިގަތުމުން މަރުހަބާ ކިޔައިފަ އެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބުނު ނަމަވެސް، ސޮއިކުރަން މުލިއާގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ އިތުރުން ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
Partyge kureege Chairperson @ReekoMoosa alun MDP aa gulhi vadaigannavaifi. Varah bodah Maruhaba.@faya_i pic.twitter.com/KdT7jPmlxR
— MDP Secretariat (@MDPSecretariat) November 8, 2022
ޕާޓީގެ އިސްވެރިންނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި އެތައް ދުވަހަކު އުޅުއްވުމަށް ފަހު، އެމްޑީޕީގެ ދަފްތަރުން ރީކޯގެ ނަން އުނިކުރީ ނޮވެމްބަރު 28، 2016 ގަ އެވެ.
އޭގެ ފަހުން، މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރެއްވި ރީކޯ ޖުލައި 11، 2017 ގައި ސޮއިކުރެއްވީ އޭރު ވެރިކަން ކުރަމުން ދިޔަ ޕީޕީއެމަށެވެ. ނަމަވެސް، އެ ވެރިކަން ނިމުނު ފަހުން ޕީޕީއެމްގެ ހަރަކާތްތަކުން ރީކޯއެއް ނުފެނެ އެވެ.
އެންމެ ބޮޑު ޕާޓީން ރީކޯ ވަކިކުރަން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެ ޕާޓީގެ ތްރީ ލައިން ވިޕާ ޚިލާފުވެ ވަޑައިގަތް މައްސަލައިގަ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި "މިހާރު" އަށް ދެއްވި އިންޓަވިއުގައި ރީކޯ ވިދާޅުވީ ސިޔާސީ ކަންކަމުގައި އަމަލީގޮތުން ނޫޅުއްވި ނަމަވެސް ހިތް އޮތީ އެމްޑީޕީގައި ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔހގެސ
09 November 2022
ބައެއް މީހުނާ ދިމާލަށް ބުނޭ ވަޒީފާއެއް ލިބޭނީ ޕާރޓީއަށް ސޮއި ކުރީމައޭ.އެކަމަކު ރކމސގެ ދަރިޔަށް ބޮޑު ވަޒީފާއެއް މިދިނީ ޕާރޓީއަށް ސޮއިނުކޮށް އޮއްވަދޯ؟؟ ރައީސްގެ ދެފުށްދެގޮތް ސިޔާސަތުމީ..މީތި ބަލައެއް ނުގަންނަން ރައީސަށް މިފަހަރު ވޯޓް ދެވޭކަށްނެތް.. ތިހެން ހަޅޭލަވާ ހައެއްކަ ކެނައިންނާއެކު ރައީސް ވަހީދަށްވީ ވަރު ނުވިއްޔާ ރަނގަޅު.. މިފަދަ ކަންކަމުން މޑޕދެކެވެސް ފޫހިވެއްޖެ..ހިންގާލަންށޯ.ގަން ހިންގާލަންތޯ؟؟ ދަރަނި ބޯޓްތައް ބައިކޮށްގެން އުޅޭތި...
އޮނަރަބްލް އަފީފު ދީދީ
09 November 2022
ފޮޓޯއިން ފެންނަ ގިނަ މޫނުތަކަށްވުރެން ކުރިން އެންޑީޕީއަށް ނުހަނު ގިނަ ހިދުމަތްތަކެއްކޮށްދިން މީހަކު އަދިވެސް އެބަހުރި. އެއީ ތަރުޖަމާނަކާއިއެކުގައި އިޤިރޭސި ދައުލަތުގެ ބަންޑާރަ ޓީވީގައި ލައިވްކޮށް އިންޓަރވިއު ދެއްވި "ޖާނޭ" ތިޔަ މަނިކެއެކޭ އެއްފަދައިން ސޯލިޙްގެ ކުރިމަތީގައި ޖާނޭ ލައްވާވެސް ސޮއިކުރުވާ ބޮޑު ހަފުލާއެއް ބާއްވައިފިނަމަ "ގެއްލިފައިވާ މަޤުބޫލުކަން" ވަރަށް ބޮޑުތަނުން އިތުރުވެދާނެ. އެކަންވެސް ކުރަންވީ ނޫންތޯ.؟
ވިލާ.
09 November 2022
ތިކަހަލަ ދެފުއްކެރިން ރަނގަޅީ މިޕާޓީ އައް ނައިއްޔާ އެކަމަކު ދެން ބޯގިނަކުރަން ދުރުގާ ބަހައްޓާ
ގެދާނޯމޮސް
08 November 2022
ޔާމިން އައް އެންޓި ކެމްޕެއިން ޖައްސަން ހެ ހެ
ބޮޑުމީހާ
08 November 2022
ރިޔާސީ އިންތިހާބަށް ކުޑަތަންވެފަ އޮއްވައި 2018 ގައި ޕީޕީއެމްއަށް ސޮއިކޮށް، އެ އިންތިހާބުން އެ ޕާޓީ ފެއިލްވީ. އިބޫ ސޯލިހުވެސް އަވާމެންދުރެއްގައިޖެހި ޔާމީނު ހިގި މަގުން މިހިގަނީ. ތިއަށްވުރެ ރައްުިތުންގެ ތާއީދު ލިބޭނެ ރީކޯ މޫސަ ދައުލަތަށް ދޭންހުރި ފައިސާ ހޯދަން އުޅުނިއްޔާ
މުނައްވަރް
08 November 2022
ވަރަށްވެސް ގިނަ ސިޔާސީ “ހުވަފަތްވެފަތިބި އަނބިން” ރުޖޫޢަވާ ދުވަސްކޮޅެއް…
ހަސަންފުޅުބެ
08 November 2022
މިއިންކޮންމެ މީހެއްގަ އަތުގައި ދެ ޔުނިފޯމެއް އޮވޭ. މީހާގެ އަސްލު ޕާޓީގެ ޔުނިފޯމު ދެން އެކްޓިވިޓީ ޔުނިފޯމަކަށް އިދިކޮޅު ޕާޓީއެއްގެ ޔުނިފޯމު. ކޮންމެވެސް ކަމަކާއި ހިތާނުވީމަ ނުވަތަ ބޭތުލްމާލާ ގުޅުންއޮންނަ ކަމެއްގައި ތާށިވެ ފައިވާނު ވަދުކަޑައިގެން ދިޔައީމަ ލައިގެން ހުންނަ އެތިބާލާފަ އެހީއެއްވެދޭނެހެން ހީވާބައެއްގެ ޔުނިފޯމުލަނީ. އަނެއްކަވެސް ފެންކައްކަންވީމަ ނުވަތަ މަޅިފިލުވަންވީމަ ދުލިބަދަލު ކޮށްލަނީ.
ހާމިދު ޝާހިދު
08 November 2022
ހާދަ ފަނޑު ގޮތަކަށް ތިކަން ކޮށް ނިއްމާލީތި! ޕީޕީއެމް އަށް ގައިމު ދިޔަ އިރު، ބޮޑު ޖަލްސާއެއް ބާއްވާ ވަރަށް ފޯރި އަރުވާލާފައި ދިއައީ. މިފަހަރު ރީކޯ ހުރެގެން ވަކި އިބްރާހިމް ސޯލިހަށް ލިބޭނެ މާކަ ބޮޑު ކުރިއެރުމެއްނެތް. ރައްޔިތު ގިނަ ބަޔަކު މިހާރު އެހާ ރުހޭ ފަރާތަކަށް އިބްރާހިމް ސޯލިހު ގުނައެއް ނުލެވޭ!
ހށނ
08 November 2022
އެމީހަކު ކަންކުރާނީ އެމީހަކަށް ފައިދާ ހުރި ގޮތަކަށް.
ގުދުގުދުލީބެއްޔާގެ ތެދުބަސް
08 November 2022
މޫސާ އެމްޑީޕީއަށް ގޮސް އަނެއްކާ ފިލްމެއްކުޅޭން މިއުޅެނީ ސިޔާސީދާއިރާއަށް ސުނާމީއެއް އަރުވާލަންތަ؟