އެމެކްސް ކާޑުން ވިޔަފާރިކޮށްގެން ލަންޑަނަށް ދިއުމުގެ ފުރުސަތު!
13 ނޮވެމްބަރ 2022 - 15:10
އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑުން ވިޔަފާރިކޮށްގެން އިނގިރޭސިވިލާތުގެ ލަންޑަނަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފި އެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ފެށި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ޕްރޮމޯޝަން ކާމިޔާބުކުރާ ނަސީބުވެރިޔަކަށް، ބޮޑު އިނާމެއްގެ ގޮތުގައި ދެ މީހަކަށް ލަންޑަންގެ ދެކޮޅު ޓިކެޓާއި ދަތުރު ހަރަދުގެ ގޮތުގައި 1،000 ޕައުންޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
Pay with your American Express Debit or Credit Card and stand the chance to win a trip for two to LONDON! ✈️ 🇬🇧
— Bank of Maldives (@bankofmaldives) November 13, 2022
Two more lucky winners will receive MVR 5000 weekly! 🎁
View more: https://t.co/8YGnEhfJEJ pic.twitter.com/ObZGzcnoaT
އޭގެ އިތުރުން، ޕްރޮމޯޝަން ކުރިއަށްދާ ދުވަސްވަރު ކޮންމެ ހަފްތާއަކު ނަސީބުވެރި ދެ މީހަކަށް 5،000 ރުފިޔާ ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ރާއްޖޭގެ ކޮންމެ ހިސާބަކުން ވިޔަސް، އެމެކްސް ކާޑު މެދުވެރިކޮށް ވިޔަފާރިކުރުމުން އޮޓަމެޓިކްކޮށް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯޅެން
13 November 2022
އަހަރެމެންނަށް ތިޔަ ބޭންކުން ދޫކުރާ ކާޑުތަކުން އަހަރެމެން ބޭނުންވާ ތަނަކުން ޕޭމަންޓް ނުހެދޭ. ރައްޔިތުންގެ ބޭންކޯ. ފަސޭހައެއް ވާން ހުރިއްޔާ ފައިދާއެއްވާން ހުރިއްޔާ ހުރި ހުރިހާ ދޮރެއް ބަންދުކޮށްފަ. އޮންލައިން އެއްވެސް ވޮލެޓަކަށް ލާރި އެޅެނީކީނޫން. ބޭރު މުއާމަލާތްތަކުގެ ލިމިޓް ކަނޑައަޅާފަ. ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ގައުމުތަކުގެ ރައްޔިތުން އުޅޭކަހަލަ އިހުސާސެއް މިކުރެވެނީ ބޭންކުގެ ކަސްޓަމަރުންނަށް.
ދޯޕައްޓާ
13 November 2022
ހެހެ، މިކަހަލަ ލަކީޑުރޯ ދިމާކޮށްގެން މީހުން ގޮސްއުޅެނީ ދުބާއީ ބެންކޮކް މެލޭޝިއާ ސިންގަޕޫރު މިކަހަލަ ތަންތަނަކަށްނޫންތަ، އިނގިރޭސިންގެ ޒަމާން ފާއިތުވެގޮއްސަ އޮއްވާ ކުއްލިއަކަށް ލަންޑަނެއް މީގެތެރެއަށް ލާފަމިއޮތީ ކިހިނެއްބާ.
ހހހހ
13 November 2022
ސޫޓުކޭހާ ދަބަސް ދޭތަ؟