ކުޅިވަރު

ލިބުނު ހިތްވަރާއެކު ނަބާ މެލޭޝިއާގެ އެއްވަނަ ބަލިކޮށްފި

ނަބާ: ރާއްޖޭގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް މުބާރާތުގައި ނަބާ ވަނީ މެލޭޝިއާގެ އެއްވަނަ ބަލި ކޮށްފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖޭގައި މިހާރު ކުރިއަށްދާ، އިންޓަނޭޝަނަލް ޓެނިސް މުބާރާތް، މޯލްޑިވްސް ޗެލެންޖްގައި، ގައުމީ ޗެމްޕިއަން ނަބާ ނިޝާން، މެލޭޝިއާގެ އެއްވަނަ ކުޅުންތެރިޔާގެ މައްޗަށް ކާމިޔާބު ހޯދައިފި އެވެ.

އިއްޔެ ފެށި މުބާރާތުގެ 12 އަހަރުން ދަށުގެ ކެޓަގަރީގައި ނަބާ އާ ދެކޮޅަށް ނުކުތީ މެލޭޝިއާގެ 12 އަހަރުން ދަށުގެ އެއްވަނަ އަދާނީ ރައިހާން މުހައްމަދު އަޒްހަރް އެވެ. އޭނާގެ މައްޗަށް ނަބާ ކާމިޔާބު ހޯދީ 6-3 އަދި 7-6 ންނެވެ.

މުބާރާތަށް ނަބާ ނުކުތީ އޭގެ ކުރިން ބޭއްވި ގައުމީ މުބާރާތުގެ ތިން ކެޓަގަރީން ވެސް ޗެމްޕިއަންކަން ހޯދުމަށް ފަހު އެވެ.

މިދިޔަ އަހަރު ގައުމީ މުބާރާތުގައި ހޯދި މަގާމުތައް ދިފާއު ކުރުމަށް ފަހު އަމިއްލަ ފަސް ގަނޑުގައި އިންޓަނޭޝަނަލް މުބާރާތުގައި މެލޭޝިއާގެ އެއްވަނަ ބަލިކޮށް މުބާރާތް ފެށުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށް ނަބާ ބުންޏެވެ.

"އަމިއްލަ ފަސްގަނޑުގައި އިންޓަނޭޝަނަލް ޓޯނަމަންޓެއްގެ ވާދަކޮށް މޮޅެއް ލިބުމަކީ ވަރަށް އުފާވެރި އިހްސާސެއް ކުރުވާ ކަމެއް. އަމިއްލަ ފަސްގަނޑުގައި ގައުމު ތަމްސީލު ކުރަން ލިބުމަކީ ވަރަށް ހާއްސަ އުފަލެއް."" މުބާރާތުގެ ރައުންޑް ރޮބިން ބުރުގައި އިއްޔެ މެލޭޝިއާގެ ކުޅުންތެރިޔާ އާ ދެކޮޅަށް ހޯދި މޮޅާ ބެހޭ ގޮތުން، ނަބާ "މިހާރު" އަށް ބުންޏެވެ.

ބޭރު ކުޅުންތެރިޔަކާ ދެކޮޅަށް އަމިއްލަ ފަސްގަނޑުގައި ކުޅޭ އިރު ބަލަން ތިބި އެންމެންގެ ސަޕޯޓް ފެނުމުން ލިބޭ ހިތްހަމަޖެހުން ބޮޑު ކަމަށް ވެސް ނަބާ ބުންޏެވެ.

ނަބާގެ ދެވަނަ މެޗުގައި އިއްޔެ އޭނާ އާ ދެކޮޅަށް ނުކުތީ ރާއްޖޭގެ ނީމް އަހްމަދު ސަލީމް އެވެ. އެ މެޗު ވެސް ނަބާ ކާމިޔާބު ކުރި އެވެ.

މޯލްޑިވްސް ޗެލެންޖުގައި ވެސް ނަބާގެ އެންމެ ބޮޑު އުންމީދަކީ މުބާރާތް ކާމިޔާބު ކުރުން ކަމަށް އޭނާ ބުންޏެވެ.

"މުބާރާތުގައި އަދި އިތުރު މެޗުތަކެއް އެބަހުރި. އެހާ ބޮޑަށް ސެލްބްރޭޓް ކުރާކަށް އަދި ބޭނުމެއް ނޫން. އެހެންނަމަވެސް އަޅުގަނޑު ކުޅޭ ކޮންމެ މުބާރާތެއްގައި ވާދަކުރާނީ އެ މުބާރާތެއް ކާމިޔާބު ކުރުމުގެ އުންމީދުގައި،" ގައުމީ ޓެނިސް މުބާރާތެއް ކާމިޔާބު ކުރި އުމުރުން އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް މިދިޔަ އަހަރު ހެދި ނަބާ، 12، ބުންޏެވެ.

މުބާރާތުގައި މިއަދު ނަބާ ކުޅޭ ދެ މެޗުގައި ނުކުންނާނީ ރާއްޖޭގެ އައިޝަތު ލިވިއާ އަދި މަލްޝާ މުހައްމަދު އާ ދެކޮޅަށެވެ.

ނަބާ

އެއް އަހަރު ދުވަހުގެ ޓްރޭނިން ޕްރޮގްރާމެއްގައި ނަބާ، 12، ތަމްރީން ހަދަމުން ގެންދަނީ އިންޑިއާގެ އެންމެ ބޮޑު އެއް އެކަޑަމީގަ އެވެ. ބެންގަލޫރުގައި ގާއިމުކޮށްފައިވާ މި އެކަޑަމީ އަކީ ދުނިޔޭގެ ކުރީގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ ޕްރަކާޝް ޕަޑްކޯން އާއި ދުނިޔޭގެ ކުރީގެ އެންމެ މޮޅު ބެޓްސްމަން ރާހުލް ޑްރަވިޑް ގުޅިގެން އުފައްދާފައިވާ އެކަޑަމީ އެކެވެ.

ގައުމީ މުބާރާތަށް މާލެ އައުމުގެ ކުރިން ނަބާ ވަނީ އިންޑިއާގެ ބޭއްވި މުބާރާތުގައި ޑަބަލްސް ކެޓަގަރީގައި ވާދަކޮށްފަ އެވެ.

ނަބާގެ ބައްޕަ ޑރ. އަހްމަދު ނިޝާން ބުނީ އެ މުބާރާތުގައި ވާދަކުރީ ބެންގަލޫގެ އެކަޑަމީގައި ނަބާގެ ޑަބަލްސް ޕެއާގެ އެދުމުގެ މަތިން ކަމަށެވެ.

ނަބާ ބުނީ އެ މުބާރާތުގެ ޑަބަލްސް ކެޓަގަރީގައި ވާދަކުރުމުން ގައުމީ މުބާރާތަށް ރަނގަޅު ވޯމް އަޕްއަކަށްވި ކަމަށެވެ.

"ސިންގަލްސް މެޗެއްގައި ހުންނަ އިންޓެންސިޓީ އާއި ޕްރެޝާ ނެތް ނަމަވެސް ޑަބަލްސްގެ އެ މެޗުތަކުން ގައުމީ މުބާރާތަށް ވަރަށް ފައިދާ ކުރި،" ނަބާ ބުންޏެވެ.

މާޗް މަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާގެ އެވޯޑް ހޯދި ނަބާ ވަނީ އޯލް އިންޑިއާ ޓެނިސް އެސޯސިއޭޝަންގެ ޖޫނިއާ މުބާރާތުގެ 14 އަހަރުން ޗެމްޕިއަންކަން ނަބާ ވަނީ ހޯދައިފަ އެވެ. މެއި މަހު ބޭއްވި އެ މުބާރާތުގެ ޗެމްޕިއަންކަން ނަބާ ހޯދީ އިންޑިއާގެ އާކީޝާ ގޯޝް ސީދާ ދެ ސެޓުން ބަލި ކުރުމަށް ފަހު އެވެ.

ފެބްރުއަރީ މަހު ބޭއްވި ބެންގަލޫރުގެ ޕޭސް އޯޕަން ޖޫނިއާ ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ވެސް ނަބާ ވަނީ ހޯދައިފަ އެވެ. ފައިނަލުގައި ނަބާ ކުރީ ހޯދީ ރިޝްކާ ކުމާރު އާ ވާދަކޮށެވެ. އެ މުބާރާތުގެ ފައިނަލާ ހަމައަށް ކުރި ދަތުރުގައި ކުޅުނު ހަ މެޗު ވެސް ނަބާ ކާމިޔާބުކުރި އެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 80%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށަވިޔަނި

16 November 2022

ވަރަށް އުފާވެރި ޚަބަރެއް. ނަބާއަށް ވަރަށް ބޮޑަށް ތަހުނިޔާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454