ފަހަތުން އަރައި އާޖެންޓީނާ ބަލިކުރި މެޗުގައި ސައުދީ އަރަބިއްޔާ ޓީމަށް ސަޕޯޓުކުރަން ދަނޑަށް ވަދެތިބި ބައެއް ސަޕޯޓަރުން.-- ފޮޓޯ: އޭއެފްޕީ
22 ނޮވެމްބަރ 2022 - 21:38
ރިޔާދް، ސައުދީ އަރަބިއްޔާ (22 ނޮވެމްބަރު) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ސައުދީ އަރަބިއްޔާ އިން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި، ވަރުގަދަ އާޖެންޓީނާގެ ފަހަތުން އަރައި ހޯދި މޮޅު ފާހަގަ ކުރުމުގެ ގޮތުން، ސައުދީގެ ރައްޔިތުންނަށް މާދަމާ އަކީ ޗުއްޓީ ދުވަހެއް ކަމަށް ވަލީއަހުދު މުހަންމަދު ބިން ސަލްމާން ކަނޑައަޅުއްވައިފި އެވެ.
ބުދަ ސައުދީގެ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން، އެ ގައުމުގެ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ މުވައްޒަފުންނާއި ތައުލީމީ ދާއިރާގެ ހުރިހާ މަރުހަލާއެއްގެ ދަރިވަރުންނަށް ވެސް ބަންދު ވާނެ ކަމަށް ސައޫދީގެ މީޑިއާ އިން ރިޕޯޓްކޮށްފައިވެ އެވެ.
މި އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް ކުޅޭ ދަނޑު ކަމަށްވާ ލުސެއިލް ސްޓޭޑިއަމްގައި 88،000 ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މެޗުގައި، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނެލް މެސީގެ ގޯލަކުން އާޖެންޓީނާ މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނެގި އެވެ. ނަމަވެސް ސައުދީ އަރަބިއްޔާ މެޗު ކާމިޔާބު ކުރީ ފަހު ހާފުގައި ހިތްގައިމު ދެ ގޯލު ޖަހައިގެންނެވެ.
މިއީ އާދައިގެ ޓީމަކުން ވޯލްޑް ކަޕްގައި ބޮޑު ކާމިޔާބީއެއް ހޯދުމާ ގުޅިގެން ރަސްމީ ބަންދު ދުވަހެއް އިއުލާންކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އިޓަލީގައި 1990 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ގައި އާޖެންޓީނާގެ ފުރަތަމަ މެޗުގައި ވަނީ 1-0 އިން ކެމަރޫން އަތުން ބަލިވެފަ އެވެ. އެ މެޗު ކާމިޔާބު ކުރުމުން ޖެހިގެން އައި ދުވަހު ކެމަރޫން ގައި ވެސް ޖެހިގެން އައި ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ފާހަގަ ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެފް
23 November 2022
ފުޓްބޯޅައިގެ ގަދަބާރަކާ ޗެމްޕިއަނެއް ބަލިކޮށްލެވުމަކީ ޗެމްޕިއަނަކަށް ވުމެވެ. ޝުކުރުވެރިވެ އުފާކުރަންވީކަމެކެވެ. އަރަބިބަދަވީން ދެރައެއްނޫނެވެ.ކިންގްޑަމްގެ ރައްޔިތުންނަށް މަރުހަބާއެވެ.
ޙިނި
23 November 2022
ދެން އާޖެންޓީނާ ގަ އަދަބެއްގެ ގޮތުން ވީކްއެންޑްގަ މަސައްކަތް ކުރާ ދުވަހެއް ގޮތުގަ ހަދާ.
hasan
23 November 2022
ވަރަށް ރަގަޅު ! ތެޔޮ ފެނުން ފިޔަވާ ، ތިގައުމަށް އައި އެންމެ ބޮޑު އެތިފަހަރު ތީ ! ތިވަރުގެ ކަމެއް ނުވޭ މީން ޒަމާނަކު ! އެކަމަކު ސޫދީ ގައުމުގެ ރައްޔިތެއް ތިތާވޭބާއޭ ހިތަށްއަރާ . . . ލާރި އޮތީމަ ކުރެވޭ ވަރަށް ބައިވަރު ކަންތައް ކުރެވޭ . ސޫދާނު ، އިތިއޮޕިޔާ ފަދަ ގއުމު ތަކުން ބަބުރު އަޅުން ގަނެލެވޭ ގޮތަށް މިކަން އޮންނަނީ . އެމްބީއެސް އެހެރީ އަރާ ، އޭނަ އެހެރީ މޮޑަން ސޫދީ އެއް ހަދަން އަތުކުރި އޮޅާލައިގެން ! އެގިދާނެތާ !
ބޯޅަ2022
23 November 2022
ހަސަނާ ކަލޭ ތިހިރީ ހުޅަންގުގެ މީޑިޔާ ޕުރޮޕެގެންޑާ ގިރައިގެން ބޮއެގެން އޭގެން ޕީއެޗުޑީ ހަދައިގެންތާ، ފައިސާ ހުރެގެން ކަންކަން ކުރެވޭނީ، ދެން ގޮސް ގޫގުލް ކޮއްލަބަލަ ސައުދީއިން ތެލުގެ އިތުރުން އުފައްދަނީ ކޯޗެއްތޯބަލާލަން
ޢިޙްސާސް
23 November 2022
އާޖެންޓީނާ އިން ސައުދީ އަންޑައެސްޓިމޭޓު ކުރީ.
ކޮއްކޮބެ
23 November 2022
މެސީ، އަދިވެސް ނިދީގަ ބޯޅަ ކުޅެނީތަ.... މަހައް ދާން ހޭލަބެޔަ..
ކަލަކަކަކަކހސހ
23 November 2022
ދޭ ސުކުން ދަސްކުރަން
އާޖެންޓީނާ
23 November 2022
މަމެން ކެޓީތަ؟
ސައުދީގެ ސަޕޯޓަރުން
22 November 2022
ސައުދީއަށް ސަޕޯޓު ކުރި ދިވެހިންވެސް ވަރަށް ގިނަ، އެހެންވީމާ މި އުފާވެރި މުނާސަބަތުގައި ރާއްޖެގެ ސަރުކާރުވެސް ބަނދު ކުރެއްވުން އެދެން.
އެމްސް
23 November 2022
ރާއްޖެ ސަރުކާރު އަބަދުވެސް ބަންދުކަން، ކަމަކާއި އުޅޭލީމަ އެނގޭނެ! ޕާސްޕޯޓެއް/އައިޑީ އެއް އާކޮށްލަން މަހެއް، އައިޖީއެމްއެޗް އެޕޮއިންޓްމެންޓަކަށް 6 މަސް ވީމަ ސަރުކާރު ހުރީ ހުޅުވިފަކަމަށް ބެލިދާނެތޯ؟
ސަހަރާގެ ސިންގާ
22 November 2022
ޔޫރަޕްގެ ފިނީގަ މެސީމެންނަށް ކުޅެވުނަސް ސަހަރާގަ ނުކުޅެވޭނެ
ހަސަންފުޅުބެ
22 November 2022
ވަރަށް ބޮޑުއުފަލެއް. އެހެންވީމާ މިއީ ލިބެންޖެހޭ ޗުއްޓީއެއް. އަހަރެންނަކީ އާޖެންޓީނާ ތީމަށް ސަޕޯޓުކުރާމީހެއް އެކަމަކު މިއަދު މިހިރީ ވަރަށް އުފަލުން. އެއީ ސައުދީ، މުސްލިމުގަމެއް ފުޓުބޯޅައިގެ ކިންގެއް ރޫލްކޮށްފަ އޮތްވަ ފަހަތުން ދުވެ އަތުލާ ކިންގުފަހަތަށްލާ ކުރިއަރައިގެން މޮޅުވީމަ.
ވހކޖ
22 November 2022
ކޮންމެ ކަމެއްގެ ވެސް ތި ހާސަރު ދަމަން ޖެހޭތަ؟ ބަލަ މީ ކުޅިވަރެކޭ؟
ހިތްހެޔޮ އަލުން ކުރާށޭ
23 November 2022
ވހކޖ..އާޖެންޓީނާ މޮޅުވިނަމަ ކަލޭމެންވެސް ހާސަރު ދަމާނެ..ދެން އަހަރެމެންގެ މީހުން މޮޅުވީމަ އެވާހަކަ ދެއްކީމަ މައްސަލައަކަށް ނުހަދާ ނިކަން މަރުހަބާ ކިޔާލަބަލަ..