ޚަބަރު

ރިނބުދޫން ފެނުނު ބޮލިވަޅުން 80،000 އަށް ވުރެ ގިނަ ބޮލި!

މިދިޔަ ހޯމަ ދުވަހު ދ. ރިނބުދޫން ފެނުނު ބޮލި ވަޅުގައި 80،000 އަށް ވުރެ ގިނަ ބޮލި ހުރި ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

އެ ބޮލިވަޅު ފެނިފައި ވަނީ އެ ރަށު ސިއްހީ މަރުކަޒުގެ އިރުމަތި ފަރާތުން، ފެނާއި ނަރުދަމާ ހޮޅި ވަޅުލުމަށް މަގު ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

ރިނބުދޫ ކައުންސިލުގެ ރައީސް އަހުމަދު އިގްބާލް އަބްދުލްގައްޔޫމް "މިހާރު" އަށް ވިދާޅުވީ އެ ދުވަހު އެ ރަށު ކައުންސިލުން އެކަން ހެރިޓޭޖް މިނިސްޓްރީއަށް އަންގައި އެ މިނިސްޓްރީގެ އެދުމުގެ މަތިން ބޮލިތައް ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

"އެ ދުވަހު އެތަނުން ބޮލިތައް ނެގިއިރު ހުރީ ވެއްޔާ އެއްވެ ގިނަ ދުވަސް ވެފައި. ހިލަވެލި އަޅާ ގޯނީގެ ދެ ގޯންޏާއި ބައި ފުރާ ބޮލި ނެގުނު،" އޭނާ ވިދާޅުވި އެވެ.

ރިނބުދޫން ފެނުނު ބޮލިވަޅުން ނެގި ބޮލިތައް ޓައްޕަކަށް އަޅާފައި.-- ފޮޓޯ: ކައުންސިލް

އެ ބޮލިތައް ދޮވެ ސާފު ކުރުމަށް ފަހު މިއަދު ގުނާ ނިމިފައިވާ ކަމަށާއި ޖުމުލަ 84،919 ބޮލި ހުރި ކަމަށް އިގްބާލް ވިދާޅުވި އެވެ.

އެ މަސައްކަތުގައި ކައުންސިލްގެ މެމްބަރުންނާއި އިދާރީ މުވައްޒަފުންނާއި ރިނބުދޫގެ ޑަބްލިއުޑީސީގެ މެމްބަރުންނާއި އާންމުން ވެސް ބައިވެރިވި އެވެ.

ސަތާރަ ވަނަ ގަރުނުގައި އޭޝިއާ ބައްރުގައި ފައިސާގެ ގޮތުގައި ބޭނުންކުރަމުން އައީ ދިވެހި ބޮއްޔެވެ. މީލާދީން 1،248، ހިސާބުގައި ރާއްޖެ އަށް ދަތުރުކުރެއްވި އިބުނު ބަތޫތާ، އޭނާގެ ސަފަރު ނާމާގައި ވެސް އެ ވާހަކަ ލިޔުއްވާފައިވެ އެވެ.

ބޮލި ގުމުގައި އެ ރަށު ޑަބްލިޔުޑީސީ މެމްބަރުން ހަރަކާތްތެރިވަނީ: އެ ރަށުން ފެނުނު ބޮލިވަޅުން ވަނީ ދެ ގޯންޏައި ބައި ގެ ބޮލި ނަގާފައި.-- ފޮޓޯ: ކައުންސިލް

ދިވެހިން ފައިސާގެ ގޮތުގައި ބޭނުންކުރި ބޮއްޔަށް ރަސް ބޮއްޔޭ ވެސް ކިޔައި އުޅުނެވެ. ރިނބުދޫން ފެނިފައި ވަނީ ވެސް އެ ބާވަތުގެ ބޮއްޔެވެ. އެއީ މަނީކައުރީ (ސިޕްރިއާ މޮނެޓާ) ބޮއްޔެވެ.

ރިނބުދު އަކީ އެ ޒަމާނުގައި ރަސްބޮލި ނަގާ ރަށް ކަމަށާއި އެއީ އެ ރަށަށް ހާއްސަ ބޮއްޔެއް ކަމަށް ވެސް މީހުން ބުނެ އެވެ.

32 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 6%
icon angry icon angry 12%
icon wow icon wow 12%
icon inlove icon inlove 24%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮލިބެ

10 December 2022

ތިހިރީ ބޮލި ލިބިފަ ދެން ތިޔަށް ކިހިނެއް ހަދާނީ

The name is already taken The name is available. Register?

އަހުމަދުބޭ

10 December 2022

މަހީ ކުރީ އެ ބޮލިވަޅު އެ ހުރިގޮތަށް ބޮލިތަށް ވަޅުގައި ބަހައްޓައި ސަޅިގޮތަކަށް އެ ބޮލިވަޅު އާސާރީ ތަނެއްގެ ގޮތުގައި ރަށަށް އަރާ ފައިބައި މީހުންނަށް އަބަދުވެސް ދައްކާލެވޭގޮތަކަށް ހަދާނެކަމަށް އޭރުން ދޯ ހަގީގަތުގައި ކަމަށް ތިކަންވީހީ ؟ މިހާރު ތިޔަބޮލިތަށް ގޯނި ގޯންޏަށްއަޅައި ފޮރުވީމަ ތިޔަބޮލިތަކުގެ އަސްލު ގެއްލުނީ، ތާރީޚް ގެއްލުނީ، ފެނުނުގޮތް ގެއްލުނީ ބޮއްޔަކީ ރާއްޖޭގެ ހުރިހައި ތަނަކުން ފެންނަ އެއްޗެއް

The name is already taken The name is available. Register?

އެއްކަލަ އިބުރާ

10 December 2022

ތި އެއްކުރި މީހަކު ވާނެތާ އެޒަމާނުގެ މިލިއަނަރަކައް.

The name is already taken The name is available. Register?

ރިނބު

09 December 2022

ރުނބައަށް އަޅާފަ ބޮލިތައް އުލާލާފަ ބެހެއްޓުމެއް ނޫން ތިބޮލިތައް ރީތި ނަލަ ގޮތަކަށް އަތުރާލާފަ ރަށު އެންމެނަށް ފެންނާނެހެން ބެހެއްޓުން ކައުންސިލުން ހަދަންޖެހޭނެ

The name is already taken The name is available. Register?

ސޯބިރުު

09 December 2022

ތިޔަ ރަގަޅަށް ރައްކާ ކުރާތި. ލަހެއް ނުވެ ބޭނުން އެބަ ޖެހޭ. ހަޒާނާ ހުސް ވީމަ ދެން ޖެހޭނީ އިހު އުޅުނު ގޮތަށް އުޅެން

The name is already taken The name is available. Register?

ޓެކުސް ކުޑަކުރާށޭ

09 December 2022

މިހާރު އިންފްލޭޝަން ހުރިގޮތުން ތިއެއްކޮށް ވިއްކައިގެން އަބުދުއްލޯ ޝާހިދުގެ ދަތުރުތަކުގެ ދަތުރެއްގެ އެއްކޮޅު ޓިކެޓުވެސް ހަމަނުޖެއްސޭނެ

The name is already taken The name is available. Register?

ސުލޯއިބުރާހިމު

09 December 2022

21 ވަނަ ގަރުނުގަ ބޮލި ގުނައިގެން ފައިދާއެއް ނެތް ... ތިހެން ތިއްބާ ގައުމު މިއޮއް ސޮއްސާލީ ފަހަތައް...

The name is already taken The name is available. Register?

މޫސަ؛

09 December 2022

ރިކޯ މޫސަޔައް ނުދައްކާތި ދޮވެލާނެ

The name is already taken The name is available. Register?

މިންހާދު

09 December 2022

ބޮލިތައް މޫދައް ދޫކޮްއްލާ އަދި ދިރޭނެ

The name is already taken The name is available. Register?

ވާންޗޯސް

09 December 2022

ކުރާނެކަމެއް ނެތިފަ ތިބޭ ބަޔަކަށް ވ. މޮޅުކަމެއް ހިތުން ތި ކޮއްލެވުނީ. ތިބޮލިވެސް ތިއީ ހަމައެކަނި ރިނބުދޫގަ މޫދު ވިހާ އެއްޗެއް. ކޮންމެ ކަމެއްވެސް މޮޅުކޮއްލާނެ ހައްދެއްނެތި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454