އޯކިޑް ރޫޓުގެ ބަސް ސްޓޮޕްތަކަށް ބަދަލުތަކެއް،
08 ޑިސެމްބަރ 2022 - 23:01
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މާލޭ ބަހުގެ ހިދުމަތުގައި ހިމެނޭ އޯކިޑް ރޫޓް (R10) ގެ ބަސް ހުއްޓާ ތަންތަނަށް ބަދަލުތަކެއް ގެނެސްފި އެވެ.
އެމްޓީސީސީން މިއަދު ބުނީ އެ ބަދަލުތަކާއެކު، އޯކިޑް ރޫޓުން ދަތުރުކުރާ ބަސް ބޮޑުތަކުރުފާނު މަގުގެ ވެސްޓް ޕާކް ބަސް ހުއްޓި އާއި ސޯޝަލް ސެންޓަރު މަޖީދީ މަގު ބަސް ސްޓޮޕަކަށް ދެން މަޑު ނުކުރާނެ ކަމަށެވެ.
އޯކިޑް ރޫޓަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަލަށް ހަތަރު ބަސް ސްޓޮޕެއް ވެސް ވަނީ އިތުރު ކޮށްފަ އެވެ.
* ބޮޑުތަކުރުފާނު މަގު: ދަރުމަވަންތަ ހޮސްޕިޓަލް ބަސް ސްޓޮޕް.
* ކަނބާއައިސާރަނި ހިނގުން: ސޯޝަލް ސެންޓަރު ބަސް ސްޓޮޕް.
* ކަނބާއައިސާރަނި ހިނގުން: އައިޖީއެމްއެޗް ބަސް ސްޓޮޕް.
* އަމީނީ މަގު: އެމްޓީސީސީ މާފަންނު ފެރީ ޓާމިނަލް ބަސް ސްޓޮޕް.
އެ ބަދަލުތަކާއެކު އޯކިޑް ރޫޓުން އައިޖީއެމްއެޗާއި ދަރުމަވަންތަ އަދި ވިލިމާލެ ފެރީ ޓާމިނަލަށް ދާން ބޭނުންވާ މީހުންނަށް ލުއިފަސޭހަވާނެ އެވެ.
ކަސްޓަމަރުންގެ ސަމާލުކަމަށް! pic.twitter.com/tFpoox3clV
— MTCC Plc (@MTCCPlc) December 8, 2022
މާލޭގެ މިނީ ބަހުގެ ހިދުމަތުގައި ބަސް ދަތުރު ކުރަނީ ތިން ރޫޓަކަށް ބަހާލައިގެންނެވެ. އޯކިޑް ރޫޓުގެ އިތުރުން ދެން ހިމެނެނީ އަމީނީ ރޫޓާއި ސޯސަން ރޫޓެވެ. މާލޭ ބަހުގެ ހިދުމަތުގައި ޖުމްލަ 18 މިނީ ބަސް ބޭނުން ކުރާއިރު، ވީހާ ވެސް އަވަހަކަށް އިލެކްޓްރިކް ބަހުގެ ހިދުމަތް މާލެ ތެރޭގައި ފަށާނެ ކަމަށް މީގެ ކުރިން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔެމްޔެމް
09 December 2022
ރަނގަޅު ބަދަލެއް. ޝުކުރިއްޔާ. ވެސްޓުޕާކަށް ދާ އޮކިޑުބަސް މީހުން އަރުވަން އޮންނަ ހިސާބުގެ ގޮތުން ގިނަބަޔަކަށް އޮޅޭ. މަދުފަހަރަކު ސުޓާފުން އިޝާރަތްކޮށްލަނީ. ފުރަން ތައްޔާރުވެފައި އޮންނަ ބަހެއްކަން އެނގޭނޭތޮތް ހަދައިދިނުމަކީ ދުވަސްވީ ބޭފުޅުންނަށާއި އާއްމުކޮށް ދަތުރުކޮށއ ނޫޅޭ މީހުންނަށް ފަސޭހަވެގެންދާނޭ ކަމެއް.
ތުއްތުބެ
09 December 2022
ބަސް ސުޓޮޕުތަކުގަ ރޫޓު އެނގޭނެ ގޮތެއް އަދި ގަޑިތައް ވަރަށް މުހިއްމު
ސައީދާ
09 December 2022
މައްސަލައަކީ އެއްބައިފަހަރު ޑުރައިވަރުންނަ އެނގިތިބެމެ ޖެހިޖެހިގެން ހަމަ ފުލުގަ ވިއްދާފަ އެއްރޫޓުން ދުއްވާބަސް ދަތުރުކުރާތީ… ނަތީޖާއަކީ 10 މިނިޓުން އަންނަންޖެހޭ ބަސް މާބޮޑަށް ލަސްވުން
ފަހީ
09 December 2022
ތިޔަ މިނީ ބަސްތައް މަގުތަކަށަ މާ ބޮޑީ..ފަހުން ގެނައި އިލެކްޓުރިކް ބަސްތައް ހަމަ 100ކަ … މަގުތައް ތޮއްޖެހުން އެތައްގުނައެއް ރަނގަޅުވާނެ