ބާސެލޯނާގެ ލެޖެންޑް ރޮނާލްޑީނިއޯ.
13 ޖެނުއަރީ 2017 - 10:56
ބާސެލޯނާ (ޖެނުއަރީ 13) – ބާސެލޯނާގެ ފުޓްބޯޅައިގެ ސްޓައިލް ބަދަލުކުރުމުގައި މުހިއްމު ދައުރެއް އަދާކުރެވުމަކީ ކެރިއަރުގެ އެންމެ ފަހުރުވެރިވާ މަސައްކަތް ކަމަށް އެ ޓީމުގެ ލެޖެންޑް ރޮނާލްޑީނިއޯ ބުނެފި އެވެ.
ޕީއެސްޖީން 2003 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވެ ރޮނާލްޑީނިއޯ ވަނީ އެ ޓީމާ އެކު ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް އަދި ދުނިޔެ އާއި ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.
ރޮނާލްޑީނިއޯ ޝާއިއުކުރި ސިޓީއެއްގައި ލިޔެފައިވާ ގޮތުގައި އޭނާ ސްޕެއިނަށް ބަދަލުވިއިރު އެ ގައުމުގެ ފުޓްބޯޅައިގެ ބާރަކީ ރެއާލް މެޑްރިޑް ކަމަށާއި އޭނާ އެ އެ ގައުމު ދޫކޮށްދިޔަ އިރު ހުރިހާ ކުދިންގެ ހުވަފެނަކީ ބާސެލޯނާ ސްޓައިލަށް ކުޅުން ކަމަށެވެ.
ރޮނާލްޑޯ ބާސެލޯނާއާ ގުޅުނުއިރު ޒައިނުއްޒީދާން ޒިދާނާއި ރޮނާލްޑީނިއޯ އާއި ލުއިސް ފީގޯ ފަދަ ކުޅުންތެރިންނާ އެކު ރެއާލް މެޑްރިޑް އޮތީ ޔޫރަޕުގެ އެންމެ އުހުގަ އެވެ.
"އަހަރެން ސްޕެއިނަށް ދާއިރު ސްޕެއިން ފުޓްބޯޅައިގެ ބާރަކީ ރެއާލް މެޑްރިޑް. އަހަރެން އެންމެ ފަހުރުވެރިވާނެ ކަމަކީ އަހަރެންގެ ކުޅުމުން ބާސެލޯނާގެ ކުޅުމުގެ ސްޓައިލް ބަދަލުކޮށްދިނުން،" ރޮނާލްޑީނިއޯ ލިޔެފައިވެ އެވެ. "އެނބުރި ދިޔައިރު ކުޑަކުދިންގެ ހުވަފެނަކީ ބާސެލޯނާ ކުޅޭ ސްޓައިލަށް ކުޅުން."
ޔޮހާން ކްރައިފްގެ ކޯޗުކަމުގެ ދަށުން ބާސެލޯނާ އިން މަޝްހޫރު ޓިކި-ޓަކާ ނުވަތަ ޕާސިން ގޭމް ކުޅުނު އިރު އެ ސްޓައިލް ގެއްލިފައިވަނިކޮށް އަލުން ގެނައީ ފްރޭންކް ރައިކާޑުގެ ކޯޗުކަމުގެ ދުވަސްވަރެވެ. ރޮނާލްޑީނިއޯ އަކީ ރައިކާޑުގެ ގޭމްޕްލޭނުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެނެޑީ
14 January 2017
އެއީ ލިއުމުގެ އޮޅުމެކޭ. ރޮނާލްޑޯއާއި ރ.ޑީނިޔޯގެ ނަން އެއޮތީ ސްވެޕްވެފަ 4 ވަމަ ޕެރެގްރާފްގަ.
މެންޗެސްޓާރ ޔުނައިޓެޑް ފޭން ބޯއީ
13 January 2017
"ރޮނާލްޑޯ ބާސެލޯނާއާ ގުޅުނުއިރު ޒައިނުއްޒީދާން ޒިދާނާއި ރޮނާލްޑީނިއޯ އާއި ލުއިސް ފީގޯ ފަދަ ކުޅުންތެރިންނާ އެކު ރެއާލް މެޑްރިޑް އޮތީ ޔޫރަޕުގެ އެންމެ އުހުގަ އެވެ." މި ޖުމްލައިގަ މައްސަލައެއް އެބަ އުޅޭބާ !!!
އިޙްސާންތެރިޔާ
13 January 2017
ލިޔުމުގަ ބޮޑު ކުށެއް އެބައޮތްަަ. ލިޔުނު ލިޔުުންތެރިޔާ ރަނގަޅަށް ނުބަލާ ލިޔުން ޝާއިއުކުރީދޯ؟ ބަލާ "ރޮނާލްޑޯ ބާސެލޯނާއާ ގުޅުނުއިރު ޒައިނުއްޒީދާން ޒިދާނާއި ރޮނާލްޑީނިއޯ އާއި ލުއިސް ފީގޯ ފަދަ ކުޅުންތެރިންނާ އެކު ރެއާލް މެޑްރިޑް އޮތީ ޔޫރަޕުގެ އެންމެ އުހުގަ އެވެ." މިވާހަކަ ރަނގަޅެއްނޫން. ރޮނާލްޑީނިއޯ ރެއާލަކަށް ނުކުޅެ.
މޯހަން
13 January 2017
ރެއާލްގަ ރޮނާލްޑިނިއޯ އުޅުނީ ކޮންއިރަކު
ހަސަން
13 January 2017
މިހާތަނަށް ދުނިޔޭގަ އުފެދުނު އެއްމެ މޮޅު ކުޅުންތެރިޔާ "ރޮނަލްޑީނިއޯ ގައުޗޯ".