މާލޭ ނޯތު ހާބަރު: އެ ތަނުގެ ނަން މީރުބަހުރު ބަނދަރުގެ ނަމަށް ފެބްރުއަރީ 2014 ގައި ވަނީ ބަދަލުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 ޖެނުއަރީ 2017 - 14:12
މާލޭ އުތުރު ފަރާތުގައި ތަރައްގީކޮށްފައިވާ ބަނދަރުގެ ނަން އަނެއްކާ ވެސް މާލޭ ނޯތު ހާބަރުގެ ނަމަށް ބަދަލުކޮށްފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މާލޭ ނޯތު ހާބަރުގެ ނަމުގައި ހުޅުވި އެ ތަނުގެ ނަން މީރުބަހުރު ބަނދަރުގެ ނަމަށް ފެބްރުއަރީ 2014 ގައި ވަނީ ބަދަލުކޮށްފަ އެވެ. އެކަމަކު، އެ ބަނދަރުގެ ބޭރުގައި "މާލޭ ނޯތު ހާބަރު" ޖަހާފައިވާ ނަން ބޯޑެއް މިއަދު ހެނދުނު ވަނީ ހަރުކޮށްފަ އެވެ.
އެ ބަނދަރު ހިންގާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ޖުނައިދު މިއަދު ވިދާޅުވި ގޮތުގައި މީރުބަހުރު ބަނދަރުގެ ނަން މާލޭ ނޯތު ހާބަރަށް ބަދަލުކުރަން ނިންމިތާ ދުވަސްކޮޅެއް ވަނީ ވެފަ އެވެ. އެ ގޮތަށް ނިންމީ، އޭނާ ވިދާޅުވި ގޮތުގައި، އެ ތަނުގެ ބޭނުން ހިފާ ފަރާތްތަކަށް މީރުބަހުރު ބަނދަރު ކިޔަން އުނދަގޫ ވާތީ، ފަސޭހަ ނަމެއް ކިޔުމުގެ ބޭނުމުގަ އެވެ.
"ކޮންމެހެން 'އަންނި ޖެޓީ' ކިޔާތީ އުނދަގޫ ވެގެންނެއް ނޫން. އަސްލު، ރައީސް ނަޝީދާ ގުޅުމެއް އޮތް ތަނެއް ވެސް ނޫން އެއީކީ،" ނޯތު ހާބަރަށް އާއްމުކޮށް ކިޔާ ނަން ކަމަށްވާ "އަންނި ޖެޓީ" އަށް އިޝާރާތް ކުރައްވައި ޖުނައިދު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ބަނދަރުގެ ނަން ބޯޑު އެކަނި ބަދަލުކޮށްލީކީ ނޫނެވެ. އޭގެ ބަދަލުގައި އެ ތަނުގެ ޖާގަ ތަނަވަސްކޮށް، މިސްކިތަކާއި ފެންވަރު ރަނގަޅު ރެސްޓޯރަންޓަކާއި ޖޫގޯ ވިއްކާ ތަނެއް ކަހަލަ އާއްމުންނަށް ފަސޭހަވާނެ ގިނަ ވަސީލަތްތަކެއް ތަރައްގީކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޯތު ހާބަރު ބޭނުން ކުރަނީ ރަށްރަށުން މާލެ އަންނަ ބޯޓުފަހަރު ބަނދަރުކުރާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގާޑިޔާ
18 January 2017
ބަދަރަގައި މިހާރު ޓްރޮލީއެއްނެތީ ކީއްވެ؟ ބަދަލުގައި 5 ރުފިޔާދީފައި ސައިކަލުގައި ފޮށި އުފުލަން ނުޖައްސާ ޓްރޮލީ ގިނަކޮށްދެއްވާ! ޓްރޮލީ ގިނަކޮށްދެއްވާ!
ސިމްޕަލް.
17 January 2017
ރާއްޖޭގައި އެއްމެފުރަތަމައަށް ހެދޭ ބްރިޖްގެ ނަމަކަށް ޔާމީން ބްރިޖް ކިއުމަކުން އެއީ މައްސަލައެއްނޫން. އަދި އައްނި ޖެޓީކއުމަކީ ވެސް މައްސަލައެއްނޫން. މައްސަލައަކީ ނަންބަދަލުކުރަން ދައްކާ ބޭކަރުހާސަރު.
GAN Island
16 January 2017
ތިޔަ ޖެޓީ އަށް ދިވެހިން ކިޔާ އުޅެނީ ANNI Jetty އަދި މާލޭ ޖުމްހޫރީ ޕާކަށް ވެސް ދިވެހިން ކިޔާ އުޅެނީ Sagar Park މިކަހަލަ ނަންނަން ތިހެން ބޯޑެއް ބެހެއްޓިއަސް ބަދަލުކޮށްލަން ވަރަށް އުދަގޫ ވާނެ.
ޖުހާ
16 January 2017
ތިޔަތަނުގެ އަސްލުނަމަކީ ގުރާބުތުނޑި.އަނެއްހެން ކިޔާއިރު ތިތަނަށް އަންނިޖެޓީ. އާތިފިޝަލްބީޗަށް މައުމޫނުބީޗް. ރަސްފަންނަށް ޔާމީނުބީޗް ކިޔަން ދުލަށް މާފަސޭހަ.
ހުސޭނުބެ
16 January 2017
ޖުނޭދޫ.... މީހުން އެތަނަށް އަންނިޖެޓީ ކިޔަނީ އެހެން ނަމެއްކިޔަން އުދަގު ވެގެނެއްނޫނޭ، ކިތަންމެ ވަރަކަށް ނަން ބަދަލްކުރިޔަސް އެތަނަށް ކިޔާނީ ހަމަ އަންނިޖެޓީ. އެއީ އަންނިޖެޓީ. މިހާރުވެސް މިދަނީ އަންނިޖެޓީގަ އޮތް ދޯންޏަކަށް މި އައިސް އަލަމާރި ލާންވެގެން. ނަޝީދުގެ ނަމެއް ރައްޔިތުންގެ ހިތަކުން ފޮހެޔެއްނުލެވޭނެ.
ކައުންސެލަރު
15 January 2017
އަންނި މިގައުމަށްކޮށްދިން އެއްވެސް ހެޔޮކަމެއް ނޯންނާނެ. ވަރަށް ސަލާން!
ހަލީމް
15 January 2017
ސާބަސް، ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އުފަންވި ކުދިންގެ ނަންތައްވެސް ބަދަލުކުރަން ފެނޭ.
އޭއިއޭއި
15 January 2017
ކޮން އަންނި ޖެޓީ އެއްތޭ. އޭން ބުނެބަލަ. އެއްވެސް އަންނ ޖެޓީ އެއް ނޯންނާނެ އިނގޭ. ތަމެން މާ ބޮޑަށް ފުއްޕަން ނަހަދަގަ. މަމެން ޕިންކީން ވެރިކަމުގައި މިތިބީ އިނގޭ. މީމަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު އިނގޭ.
ޢަބްދުﷲނާފިޒު
15 January 2017
ޖުނައިދޫ ތަ ކިޔާނެ ނަމެއް ކިޔާ، އަހުން ފެށުނީއްސުރެ ތިޔަސަރަހައްދަށް ކިޔާ އުޅެނީ ގުރާބު ތުނޑި، ވަރަށް ސަލާމް.
ދޮންދީނި
15 January 2017
ނަން ބަދަލުވީމަ ޚިދުމަތްވެސް އޮޓޮމެޓިކުން ކުރިއަރާދޭ.....އެއީ ވެރިން ޤަބޫލު ކުރާގޮތް
ރާބޮޑޭ
15 January 2017
އަންނި ޖެޓީ ކިޔާތީ އަސަރުކުރީދޯ ! ޖުނައިދޫ !