މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފައިލް ފޮޓޯ: މަޖިލިސް
15 ޖެނުއަރީ 2017 - 12:33
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ފެށުމުގެ ގޮތުން ބާއްވާ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 6 ގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ. މި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވަވާނެ އެވެ.
މަޖިލީހުގެ މެމްބަރަކު މިއަދު ވިދާޅުވީ އަންނަ މަހުގެ 6 ގައި ޖަލްސާތައް ފަށަން ތައްޔާރުވަމުން އަންނަކަން މަޖިލީހުގެ އިދާރާ އިން އަންގާފައިވާ ކަމަށެވެ.
ތިން ދައުރަކަށް ބަހާލައިގެން އަހަރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވާއިރު، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން އޭޕްރީލް މަހުގެ ނިޔަލަށެވެ. ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނީ އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ހޯމަ ނުވަތަ ބުރާސްފަތި ދުވަހު ކަމަށް ގަވާއިދުގައިވެ އެވެ.
އެ ޖަލްސާގައި ރައީސް ރިޔާސީ ބަޔާން އިއްވަވާނެ އެވެ. ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގައި، ރިޔާސީ ބަޔާން އިއްވަވަން ޖެހިވަޑައިގަންނަވާނީ ގައުމުގެ ހާލަތު ބަޔާންކޮށްދީ، އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަމުގެ ގޮތުގައި އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށެވެ.
މަޖިލީހުން ވަނީ މިދިޔަ އަހަރު ގިނަ ބިލްތަކަކާއި އިސްލާހުތަކެއް ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ ގިނަ ހައްގުތަކެއް ނިގުޅައިގަނެވޭ ގޮތަށް ބައްޓަންކޮށްފައިވާ ބިލްތައް ހިމެނޭ ކަމަށް ބުނެ، މަޖިލީހަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
އެ ފާޑުކިޔުންތަކަށް ރައްދު ދީ، ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވިދާޅުވެފައި ވަނީ، އެ ބިލްތައް ފާސްކުރީ ހުރިހާ ރައްޔިތުންގެ ހައްގުތައް އިތުރަށް ކަށަވަރުކޮށް، ރައްކާތެރިކޮށް ދޭން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާގަބާޑި
15 January 2017
މަށައްކީ ތިތަން ހުޅުވިޔަސް ނުހުޅުވިޔަސް
ކޮންޒަރވޭޓިވްސް
15 January 2017
މަޖްލީހުގެ ޖަލްސާ އެއް އަންނަ މަހު 6 ގައި ފަށާއިރު މަޖްލީހުން ހައްދަވާ ދެއްވަންވީ ގާނޫނެއް ރާއްޖޭން ބޭރަށް ކިޔަވަން ދިވެހިންނަށް ދެން އަންނަ އަހަރުން ފެށިގެން ދާން ސަރުކާރުން ވިސާ ދޭނީ ރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ކިޔަވާ ދޭ އިންޖިނިއަރިންގް ކޮންމެވެސް ދާއިރާ އަކުން ނުވަތަ ފައިން އާރޓްސް ދާއިރާ އިން ކޮންމެވެސް އެއް ދާއިރާ އަކުން ނުވަތަ އާރޓްސް ދާއިރާ ގެ ކޮންމެވެސް އެއް ދާއިރާ އަކުން ޑިގްރީ އެއް މެރިޓް ޕާސް އާއި އެކު ހާސިލް ކުރުމުން ކަމަށެވެ. އެނޫން ހާލަތެއްގައި ރާއްޖޭން ބޭރަށް ކިޔަވަންދާން އެޑިއުކޭޝަނަލް ވިސާ ސަރުކާރުން ދޭނީ މަހަކު 1000 ޔޫއެސްޑޮަލަރު ސަރުކާރަށް ދައްކާ ގޮތަށް ހަދާ އަދި ރާއްޖޭން ބޭރުގައި ކިޔަވާ ކުއްޖާގެ ޓިއުޝަން ފީ އާއި އަދި ބޯރޑިންގް ފީ އާއި ފުޑް އެން އެކޮމެޑޭޝަން ފީ އާއި މެޑިކަލް ފީ އާއި އަދި ޓްރެވެލިންގް ފީ އިން ޖީއެސްޓީ ސަރުކާރަށް ދައްކާ ގޮތަށް ކަމަށް. މީ ރާއްޖޭން ޑޮލަރު ވަރަށް ގިނަ އަދަަދަކަށް ބޭރުވާ ޕައިޕް ލައިނެއް ކަމަށްވާތީވެ ޕައިޕް ލައިންގައި ހުރި ހުރިހާ ވޭލްވެއް ދާއިމީ ކޮށް ބަންދުު ކޮށްގެން މެނުވީ ރާއްޖޭގައި ޑޮލަރު ހަރު ނުލާނެއެވެ.
ޕީވަން
15 January 2017
މިއަހަރު މަޖްލީސް އަލުން ހުޅުވޭއިރު އަނެއްކާ އެއާރޕޯރޓް އިން ފުރާ ކޮންމެ ޕަރސެންޖަރެއްގެ އަތުން އެޑީސީ 30 ޑޮލަރު ނަގާ ގޮތަށް ކުރިން ސަރުކާރުން ހުށައަޅާފައިވާ އިރު ސަރުކާރުގެ ކޮންސެންޓެއް ނެތި އެ އަދަދު 25 ޑޮލަރަށް ތިރިކޮށް ފައިވާތީވެ ޕްރިއަރިޓީ ނަންބަރ ވަން ނުވަތަ ޕީވަން ގައި ހިމަނަންވީ މިގާނޫނު އަވަހަށް އިސްލާހު ކޮށް އޭޑީސީ ދިވެހިން އަތުން ވެސް ނެގެން ޖެހޭނީ 30 ޑޮލަރު ކަމުގައި ހެދުމެވެ. ކުޑަ ކުދިން ވެސް އަދި ޑިޕްލޮމެޓުން އަތުން ވެސް އެންމެން އަތުން ނަގަން ޖެހޭނެއެވެ. އެކަކު ވެސް އިސްތިސްނާ ވެގެން ނުވާނެއެވެ. އެންމެންނަކީ އެއީ އެއާރޕޯރޓް ބޭނުން ކުރާ މީހުންނެވެ. ކުޑަ ކުދިންނަށް ހުންނާނެ އެއާރޕޯރޓް ގައި މަދަރރޫމް ވެސް ހަދާ ދީފައި. މީވެސް ވަރަށް ބޮޑެތި އިންވެސްޓްމަންޓް ތަކެވެ. އޯއް ޔޭއް. ދިސް ކުޑް ބީއިޓް.
އެބަޖެހޭ
15 January 2017
މިފަހަރު މަޖްލީސް ހުޅުވުމުން އެބަޖެހޭ އާސަންދައިގެ ޚަރަދު އަހަރުން އަހަރަށް ބޮޑު ވަމުން ދާތީވެ އެކަން ކޮންޓްރޯލް ކުރެވޭނެ ގޮތް ބަލާ އެކަމަށް ގާނޫނެއް ހަދަން. ދެން އަނެއްކޮޅުން އާސަންދަ އަށް އިތުރު އާމްދަނީ ލިބޭނެ ގޮތެއް ވޭތޯ ބެލުމަށް ޓަކައި މާލޭގައި ހުރި އެމްއެސްއެލްފްލެޓްސް ތައް ހުރި ބިން ތައް އެކުންފުންނަށް ދީގެން އެތަނުގައި 25 ބުރިއަށް އިމާރާތް ތައް ނެގޭނެ ގޮތެއް ވޭތޯ ބެލުމަށް ޓަކައި ސަރުކާރުގެ އިކޮނޮމިކް ކައުންސިލް އާއި އަދި މަޖްލީހުގެ މާލިއްޔަތު ކޮމެޓީން ދިރާސާ އެއް ކޮށް މިފަދަ ފައިނޭންޝަލް ރެެވެނިއު ޖެނެރޭޓް ކުރާނެ އިންސްޓްރުމެންޓްސް ޑިސްކަވަރ ކުރަން އެބަޖެހެއެވެ.
ޤާނޫނު
15 January 2017
މަށަށް ރަނގަޅީ ތިޔަމަޖިލީސް ދުވަހަކުވެސް ނުހުޅުވިއްޔާ. އޭރުން ޤައުމުވިއްކާ ލަން ހަދާފަދަ ޤާނޫނުތައް ނުހެދޭނެންނު.
ފަލަކީ
15 January 2017
ފަޅު ރައްތައް އިއުލަނު ނުކޮށް ވިއްކުމަށް އެންޑޯޒް ކުރި މަޖިިލިސް ގައުމެއްވާ ނެތް
ފެންނަނީ
15 January 2017
ދަައުލަތުގެ ކުންފުނި ތައް މަސައްކަތް ކުރުވަނީ ފުރަތަމަ އެޑްވާންސް އެއް ވެސް ނުދީ މަސައްކަތް ކުރުވާނީ. މަސައްކަތް ނިމިގެން ބިލް ލާތާ 45 ދުވަހުން ބިލަށް ފައިސާ ކޮޅު ލިބޭނީ ދުވެ ހަންވާ އިރު ދޯ. އެކަމަކު ސަރުކާރުގެ ކުންފުނި ތަކަށް ބްލެކް މާރކެޓް އިން ޑޮލަރު ބޭންކް ރޭޓް އަށް ވުރެން ދަށް އަގުގައި ފުރަތަމަ ސަރުކާރުގެ ކުންފުނި ތަކުން ގަތުން އެއީ ގާނޫނާއި ޚިލާފު ކަމެއް ތޯ އެބަ ބަލަން ޖެހެއެވެ. އެހެން ކަމަށްވާނަމަ ސްޓެލްކޯ އިން ޑޮލަރު ގަންނަން ވެގެން އަމިއްލަ ކުންފުންނާއި ޑޮލަރު ހަވާލު ކުރި ފައިނޭންޝަލް ޑިޕާރޓްމަންޓްގެ އިސްމީހާ ޖެހޭނީ ހައްޔަރު ކުރެވެން އަދި ޝަރީއަތް ކުރެވެން ޖެހޭނެއެވެ. މީ މަމެން ނަށް ފެންނަ ގޮތަކީ.
ސސ
15 January 2017
ބައްލަވާ ރިޔާސީ ބަޔާނަކީ ހަމަ ކޮންމެ އަހަރު އެއްފަހަރު އިއްވާން ޖެހޭ އެއްޗެއްތޯ، އަޅުގަންޑަށް އެގިފައޮތީ އެއީ ފަސް އަހަރުން އެންއަހަރު އިންތިހާބު ކާމިޔާބުވެ އަލުން ރައީސުކަމަށް ހޮވުމުން އިއްވާ އެއްޗެއް ކަމަ ރިޔާސީ ބަޔާނަކީ!
އިސްލާހުކުރޭ
15 January 2017
މަޖްލީހުގެ ޖަލްސާ ތައް އަންނަ މަހު 6 ގައި ބާއްވާއިރު އެންމެ ފުރަތަަމަ ވެސް ކުރަންވީ ކަމަކީ ލާ މަރުކަޒީ ގާނޫނަށް އަނެއްކާ އިސްލާހު ގެނައުމެވެ. އެގޮތުން އަތޮޅު ކައުންސިލު ތައް އުވާލަންވީ އެވެ. މުޅިން ތިބޭނީ ރަށު ކައުންސިލް އެވެ. އަދި ކައުންސިލު ތަކުގެ ގާނޫނުގެ މޭންޑޭޓް ވެސް ސްޓްރީމް ލައިން ކޮށް ކައުންސިލު ތަކަށް ރަށުގެ ތަރައްގީ އަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއަށް ސީދާ ސީދަލަށް ބޭނުމުގެ ގާނޫނީ އިޚްތިޔާރު އަތުލަންވީ އެވެ. އަދި ރާއްޖޭގެ އާބާދީ މާލެ ސަރަހައްދަށް އެއްފަސް ކުރެވޭނެ އުސޫލުން ރާއްޖޭގެ ލާމަރުކަޒީ ގާނޫނު މޮޑިފައި ކުރަންވީ އެވެ. މާލެ ނޫނީ ސިޓީ އެއް ނުހުންނާނެއެވެ. ރާއްޖެތެރޭގައި ސިޓީ އެއް ނުހުންނާނެ އެވެ. ރާއްޖެތެރޭގައި ހުންނާނީ އަތޮޅު ތަކާއި ރަށް ތަކެވެ. އެއުސޫލުން އަނެއްކާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަންވީ އެވެ.