02 ޖެނުއަރީ 2023 - 11:19
ވ. އަތޮޅުގެ ފަޅެއް ކައިރިން މީހެއްގެ ހަށިގަނޑު މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ހަށިގަނޑު ފެނުނީ އެ އަތޮޅު ވެންފަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުންނެވެ. އެކަން ބަޔަކު ރިޕޯޓްކުރީ ނުވައެއް ޖެހިއިރު ކަަމަށް ފުލުހުން ބުންޏެވެ.
އެ ހަށިގަނޑު މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެެސް ފުލުހުން ބުންޏެވެ.
Found Dead Body At inside vaavu atoll..! ☠️ pic.twitter.com/t84ivknheK
— AmithAli 🇮🇹🇲🇻 (@AmithAli) January 2, 2023
ކަނޑުމަތިން އިންސާނެއްގެ ހަށިގަނޑު ފެނިފައިވާ އިރު، ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހުން ވަނީ ގެއްލިފަ އެވެ. އެ މީހުން ދަތުރު ކުރި ބޯޓު އިއްޔެ ފެނުނު ނަމަވެސް ދެ މީހުން އަދި ނުފެނެ އެވެ.
ގެއްލިގެން ހޯދަނީ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމް 45 އާއި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މުހައްމަދު ލިޓަން 35، އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
02 January 2023
މީހުން ކަނޑަށް ވެއްޓޭ ހާދިސާތަކާ ބެހޭގޮތުން ބުނަން އޮތީ ، ބޯޓުތަކާ ދޯނިތަސް ހުންނަނީ އަރިމަތިން ހިންގާޖާގަ ނުލާވަރައް ނުރައްކާގޮތަކަށެވެ. މިހެން ހުރުމުން ގަދައިރުގަ ބިރުކުޑަ ކޮށްލާފަ ހަނިތަނުން ދާއިރު ކަނޑަށްވެޢްޓުނަސް އެކަން އެތެރެއަށް އެނގެނީ ދޯނި ބޯޓު މަންޒިލާ ކައިރިވީމައެވެ. މިހެންވެ ޓްރާންސްޕޯޓުން މިފަދަ އުޅަނދުތަށް ބަލާސޭފްޓީ ނޫންކޮށް ހުންނަ އުޅަނދުތަށް ރަނގަޅުކުރުމަށް ބާރުއަޅުވަން މަޖުބޫރު ކުުރަން މިނިސްޓަރަށް ދަންނަވަމެވެ.
ޢަހު
02 January 2023
މިމައްސަލައިގަ ކަންހިނގި ގޮތެއް އަދިއަކުން ނޭނގޭ ތިނަދޫ މީހާ ފެނިއްޖެ ބަނގްލަދޭސް މީހާ އަދި ނުފެނޭ
ފޫހި
02 January 2023
ތިޔަ ބަންްގްލާދޭޝް މީހާ ފިލީތޯ ވެސް އެބަބަލަންޖެހޭ. ވަރަށް ބިރުވެރި ނުރައްކާތެރި ކަންތައްގަޑެއްހެން ހީވޭ. އަދި ދެ މީހުންގެ ފޯނު ކޯލް ތައްވެސް އެނަލައިޒްކުރަންޖެހޭ
ޑިޓެކްޓިވްއިމްމު
02 January 2023
މިކޭސް ހިނގި ގޮތް ގާތުން ބަލަންޖެހޭ. ބަޔަކު މީހުން ކަނޑު ފޭރުނީތޯ. ބޯޓުގައި ފައިޓެއް ހިންގާލާފައި އެކަކު މަރާލީތޯ. އެކަކު ފިލީތޯ!! މީ ހުސް ބަލަން ޖެހޭ ކަންކަން