ވޯލްޑް ކަޕު ފައިނަލު މެޗުގައި އާޖެންޓީނާގެ ޓީމު ގައުމީ ސަލާމަށް ހުއްޓިގެން އެ ޓީމުގެ ކެޕްޓަން މެސީ، 206 ގެ ވޯލްޑް ކަޕުގައި ވެސް ކުޅޭން އެ ޓީމުގެ ކުޅުންތެރިން ދަނީ އެދެމުން
03 ޖެނުއަރީ 2023 - 10:36
ބިއުނޯސް އޭރީސް (ޖެނުއަރި 3) - އިތުރު ވޯލްޑް ކަޕެއްގައި ނުކުޅެން ނިންމާފައިވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ އެ ނިންމުން ބަދަލު ކުރުމަށް އެ ޓީމުގެ ކުޅުންތެރިން އެދިއްޖެ އެވެ.
ގަތަރުގައި ބޭއްވި މުބާރާތުގެ ކާމިޔާބު ކުރި އާޖެންޓީނާގެ ކެޕްޓަން ކުރިން އިއުލާން ކޮށްފައި ވަނީ ފައިނަލު މެޗަކީ ވޯލްޑް ކަޕުގައި އޭނާގެ އެންމެ ފަހު މެޗު ކަމަށެވެ.
އެކަމަކު އާޖެންޓީނާގެ މިޑްފީލްޑަރު އެލެކްސިސް މެކް އެލިސްޓާ ބުނިގޮތުގައި އޭނާ އާއި ޓީމުގެ އެހެން ކުޅުންތެރިން ވެސް މެސީގެ ކިބައި އެދެމުން ދަނީ އެ ނިންމުން ބަދަލު ކުރުމަށެވެ.
"އަހަރެމެން ބޭނުމެއް ނުވޭ އޭނާ ގައުމީ ޓީމުން ދާކަށް. އަހަރެމެން ބޭނުން ވަނީ އޭނާ ހުންނަން. އޭނާ އަށް ވެސް އެކަން އެނގޭނެ،" ބްރައިޓަން އަށް ކުޅެމުން އަންނަ މެކް އެލިސްޓާ ބުންޏެވެ.
"އާ އަހަރުގައި ކުޅުންތެރިން ތިބޭ ގުރޫޕަށް އޭނާ ފޮނުވި އާ އަހަރުގެ މެސެޖެއް. އުފާފާޅު ކުރުންތަކާ ހެދި އަހަރެމެންނަށް ވާހަކަ ދައްކާކަށް މާ ގިނަ ފުރުސަތެއް ނުލިބޭ."
ވޯލްޑް ކަޕު 2026 ބާއްވާނީ މެކްސިކޯ އާއި އެމެރިކާ އަދި ކެނެޑާ ގުޅިގެންނެވެ. އެ މުބާރާތާ ހަމައަށް ދާއިރު މެސީ އަށް 39 އަހަރު ފުރޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭނަ
03 January 2023
މެސީހިޔެއްނުވޭ ދެންއޮންނަ ވޯލްޑް ކަޕް ކުޅޭނެހެނެއް. އޭނަ ކޮޕާ އެމެރިކާޔަށްފަހު ނެޝަނަލް ޓީމުން ރިޓަޔާވާނެކަން ޔަޤީން. އަނެއްކާ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭންވެސް ޓީމުން ރިޓަޔާވާން އެބަޖެހޭ.
ށަވިޔަނި
03 January 2023
މަވެސް އެދެން. އެކަމަކު މިހާރު އޭނަ އެވަކިވިހާ ރީތިކޮށް ފަޚުރާ އިއްޒަތާއެކު ދެންވެސް ކުރެވޭނެނަމަ.
ޙިނި
03 January 2023
މެސީ އަރުވައިގެން ސައުދި އަތުން ވެސް ބަލިވީ އުމުރުން ދުވަސްވީމަ މެސީމެންގައިގަ ބުންވެައްނުހުރޭ، އޭނައަދުވައިފިއްޔާ ވޯލްޑުކަޕުގައި ޖަރުމަނައް ވިގޮތްވާނީ
ރޮނާލްޑޯ
03 January 2023
ސައުދީ މެޗަށްފަހު ކޯމާއަކަށް ގޮއްސަތޯ ދެންމެ ތި ހޭލެވުނީ... 35 އަހަރުގަ މޮޅު ކުޅުމެއް ދައްކައިގެން އެއޮތީ މޮޅު ކުޅުންތެރިޔާ މަޤާމް ހޯދާފަ.. ތަށިވެސް ހޯދަދީފަ
އާދަނު
03 January 2023
އަހަރެންވެސް އެގޮތަށް އެދޭ ވާހަކަ މެސީ ގާތު ބުނެދީބަލަ. ޔަގީން މެސީގެ ސަޕޯޓަރުން ބޭނުންވާނީ ވޯލްޑްކަޕްގައި މެސީ ފެންނަންކަން.