އިނގިރޭސި ބޮޑު ވަޒީރު ސުނަކް
05 ޖެނުއަރީ 2023 - 11:53
ލަންޑަން (ޖެނުއަރީ 5) - އުމުރުން 18 އަހަރު ވަންދެން ހިސާބު މާއްދާ ކިޔަވަން އިނގިރޭސި ވިލާތުގެ ކިޔަވާ ކުދިންނަށް އެ ގައުމުގެ ބޮޑު ވަޒީރު ރިޝީ ސުނަކު އިލްތިމާސް ކުރައްވައިފި އެވެ.
އާ އަހަރުގެ ފުރަތަމަ ތަގްރީރުގައި ސުނަކު އިއްޔެ ވިދާޅުވީ މާލީ މުއާމަލާތްތަކުގައި އެ ގައުމުގެ ހުރިހާ ރައްޔިތުންނަށް ވެސް އިތުބާރާ އެކު މަސައްކަތް ކުރަން އޭނާ ބޭނުންވާ ކަމަށެވެ.
"މުޅި ދުނިޔެ ޑޭޓާ އާއި ސެޓެޓިސްޓިކްތަކަށް ބަރާސޯވަމުން ދާއިރު ކޮންމެ ވަޒީފާއެއްގައި އެ ކަންތައްތަކަށް އިސްކަން ދޭއިރު، އެ ހުނަރުތަކުން އަހަރެމެންގެ ދަރިން ތަމްރީން ނުކުރުމަކީ އަހަރެމެންގެ ދަރިން ފަހަތަށް ދާނެ ކަމެއް،" ސުނަކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުގައި 16 އަހަރާއި 19 އަހަރާ ދެމެދުގެ ދަރިވަރުންގެ ތެރެއިން ހިސާބު ކިޔަވަނީ ދެބައިކުޅަ އެއްބައި ދަރިވަރުންނެވެ. އޭގެ ތެރޭގައި ސައިންސްގެ މާއްދާތައް ކިޔަވާ ދަރިވަރުން ހިމެނެ އެވެ. ސަބަބަކީ ޖީސީއެސްއީ އިމްތިހާނުގައި ހިސާބު މާއްދާ މަޖުބޫރު ކޮށްފައި އޮތުމުންނެވެ.
ހިސާބު މާއްދާ ކިޔަވަން އަމިއްލަ އަށް ބޭނުންވެގެން ކިޔަވާ ދަރިވަރުންގެ އަދަދު ދަނީ މަދުވަމުންނެވެ.
ފާޑު ކިޔާ ފަރާތްތަކުން ބުނަނީ އެކަށީގެންވާ މިންވަރަށް ހިސާބު ޓީޗަރުން ނެތް ނެތް ކަމަށާއި ހިސާބު ޓީޗަރުން ނެތި އެކަން ނުކުރެވޭނެ ކަމަށެވެ.
"ހިސާބު ޓީޗަރުންގެ އަދަދު ވަނީ ބޮޑު ތަނުން މަދުވެފައި. އެހެންވީމަ އެ ޕްލޭން މި ވަގުތު ހާސިލެއް ނުކުރެވޭނެ،" އިންގްލެންޑްގެ ސްކޫލް އަދި ކޮލެޖްތަކުގެ ލިޑާސް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ވެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމަދު ސުނަކް
06 January 2023
މިކަލޭގައަކައް ނޭނުގު ދޯ ދިވެހިން އުޅެހެން އުޅޭކައް! އުމުރުން 90 ވަންދެން ގުރުއާން ކިޔަވަން ދުވާލު ހަތަރުދަމު! ހަމަ ގައިމުވެސް ދާއިމީ އާލަމައް ގޮއްސަ ފައިދާވާނެ!
ލަންބޯގިނީ ބިން ޓެސްލާ
06 January 2023
އިންޑިޔާއިން އިތުރު މީހުން ގެންނަން މަޅިއެއް ތިޔަ ޖެހީ, އިންޑިޔާ މީހުންނަށް އޮންނަ ހެޔޮފުޅުކަމަށް ބަދަލެއް ނާންނާނެ ތީއިންޑިޔާއިން ސީދާ އިނގިރޭސި ވެރިކަން ކުރަން އުފެއްދި ސޮނަކްޝީއެއް
ށަވިޔަނި
05 January 2023
އަހާނ އެވަރުގަދަ ޔުނައިޓެޑް ކިންގްޑަމްވެސް އިންޑިއާ އެވަނީ އަޅުވެތިކޮށްފަ. ޔޫކޭ މީހުން އިންޑިއާ އައުޓް ކިޔަން މަގުމައްޗަށް ނެރެން ޕީޕީއެމް ކުދިން ނުގޮސް ފަރުޖެހޭކަށްނެތް.
އަފްރާސިޔާބު
05 January 2023
މިސޮރަށް އަދި ކިރިޔާ މިވިސްނުނީ އިނގިރޭސި ޒުވާން ޖީލަކީ ހިސާބު އިލްމަށް ވަރަށް ދަށް ބައެއްކަން. ޢެކަން މި އެނގުނީވެސް އީރާނުގެ ޒުވާނުން ހިސާބު އިލްމުން ދުނިޔޭގެ ހައިރޭންކިން އަށް އަރަންފެށުމާއި ޓެކްނޮލޮޖީގެ ގޮތުން ކުރި ހޯދުމުން.
އަހުމަދުވަގާރު
05 January 2023
އިރާނު މީހުން ފޮތި ކޮޅަކާ ހެދި އަމިއްލަ ގައުމުގެ 300 މީހުން މަރާލައިފި
ގެދާނޯމޮސް
05 January 2023
ރަނގަޅު ނިންމުމެކެވެ. ހިސާބުގެ އިލްމަކީ މީހާ ހިމެއިންކޮށްދޭ އިލްމެވެ. އަދި ކަންކަން ސިނކުޑިން މެނޭޖް ކޮށްލަށްވެސް އޮތް ފަރުވާއެކެވެ. ދުނިޔޭގެ އެންމެ ދުވަސްވީ މީހާވެސް ބުނަނީ އޭނާ އެންމެ ކުރާހިތްވާ ކަމަކީ ޖިއޯމެޓްރީ ކިޔެވުން ކަމަށެވެ. އަދި ދުނިޔޭގެވައްމިން 90 ދިހަޑިގްރީން އެނގުނުކަމުގަވެއެވެ.
ވޯޓް ވިއްކި ގަމާރު
05 January 2023
އަދުރޭ ސާ އަށް ރަނުގެ ފުރުސަރެއް ގުޑްލަކް ސާ
48343
05 January 2023
މިގައުމުގާ އުޅޭ އެންމެމޮޅު ހިސާބު މުދައްރިސަކީ އުދުރޭ ސާ.
އުދުހޭ
05 January 2023
ތިޔަ ވާހަކަ ބާރާބަށް ނުދައްކާ. ރިޝީއަށް އިވިދާނެ.