13 ޖެނުއަރީ 2023 - 13:37
ކ. ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ ބޭރަށް ދޫކޮށްލައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮލިދުއްފަރު ގޮނޑުދޮށް ކައިރިން ފެނުނު ކިނބޫ ހިފުމަށްފަހު، އެ ރަށުގެ 24 ނޯޓިކަލް މޭލު ބޭރަށް ދޫކޮށްލާފައިވާ ކަމަށެވެ.
އެ ކިނބޫގެ ދިގު މިނުގައި 14 ފޫޓު ހުއްޓެވެ.
ރާއްޖޭގެ އެކި ރަށްރަށުން ވެސް މީގެ ކުރިން ކިނބޫ ފެނިފައިވެ އެވެ. އާއްމުކޮށް އެތަކެތި ފެންނަނީ އެއް ދުވަސްވަރެއްގަ އެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ކިނބުލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
15 January 2023
ކީއްވެހޭ ދޫކޮށްލީ! އޭތި އަނެއްފަހަރު އައިސް އަރާނޫ ރާއްޖޭގެ ރަށަކަށް! ކީކޭ ދެން ބުނާނީ ތިމާވެއްޓޭ ކިިޔައިގެން މި ގަންނަ ގަނޑު! ކިނބުލަކީ ކަނޑުގަ އުޅޭ އެއްޗެއް ނޫނެއްނު! އެތަކެއްޗަކީ ކޯރުކޯރުގަ އުޅޭ އެއްޗިއްސެއްނު!
ފީތާ4
14 January 2023
ދޫކޮށްލި ވީޑިޔޯ ނެތުން ދެރަކަމަކީ
ކަޅުހުއް
14 January 2023
ކިބުލެއްގެ ކިބައިން ތިޔަ ސަލާމަތް ކުރީ ރައްޔިތުންތޯ ނުވަތަ ރައްޔިތުންގެ ކިބައިން ކިބުލެއް ސަލާމަތް ކުރީތޯ؟ ތިޔަ ކިނބޫ ދެވަނަ ބުރަކަށް އަދި ރާއްޖެ އަރާނެ.
ކަހަނބު
14 January 2023
ކިނބޫ ދޫކޮއްލީ އަނގައިގައި ވާއައްސާފަ އަތާފަޔާ ބަނދެފަ އޯކޭ؟
ވޯކިޒަމް
13 January 2023
އެ ކިނބޫ މަރާލާފަ އޭގެ ހަންގަނޑު ނަގާ ހިއްކައިގެން ލެދަރު ފައިވާނު ގަނޑެއް ވެސް ހެދުނީސް. ވޯކިޒަމްގެ މުސީބާތް ރާއްޖެއަށް ޖެހިފަ މިހިރީ އަމަށަކު ވަރަކަށް ނޫން.
ީކިނބުލުގެ ތަޖުރިބާ
13 January 2023
މި ރާއްޖެއަކީ ވަރަށް މެހެމާންދާރީ ރަގަޅު ތަނެކޭކިޔާ އިސްތިހާރުކުރާ ވަރުން އައިސްލީ. ޥަރަށް ހިތި ތަޖުރިބާއެއް މިލިބުނީ!
ޢަރުތަ
13 January 2023
އެލުވާފަ ކާޅަށް ކޮށާފަ ކާންދިނީމަ އުތަ ފޮނި ތަޖުރިބާއެއް ލިބުނު ކަމަށް ވާނީ!
ވާނުވާ.
13 January 2023
ކިބޫ ކޮމެޓީ ކިޔާފަ އަވަހައް ކިބުލާ ބެހޭ ކޮމެޓީ އެއްހަދާފަ 10 ވަރަކައް މީހުން ނަށް ވަޒީފާ ހަމަޖައްސާ! ދެން އަހަރުން އަތް ޖަހާނަން.
ކިނ ބޫ
13 January 2023
މި ރާއްޖެ އިން އަހަރެން ބޭރުކޮށްލީ ވަރުބަލި ފިލުވާލާނެ ޗާންސެއް ވެސް ނުދީ!
ނަމުން ސޯލިހު
13 January 2023
ކިނބުލެްގެ ފަރާތުން މީހަކައް ގެއްލުމެއްވިކަމެއް ނުޥާކަމެއް ކިހިނެއް އެނގެނީ ގައިމު ވީނުވީއެއް ނޭނގި ގެއްލޭމީހުން ނުލާހިކު ގިނަވެއްޖެ.
ގެދާނޯމޮސް
13 January 2023
ދޫކޮށްލި ވީޑިޔޯ ނެތީމަ އެތެރެކުރި 200 އެއްހާ ގުރާތަކަށް ގާނޫނުގެ ދަށުން ހެދިގޮތަށް ހެދީކަމަށް އެބަހީކުރެވެއެވެ.