ނިއު ޒީލޭންޑްގެ ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާ ކްރިސް ހިޕްކިންސް
21 ޖެނުއަރީ 2023 - 20:28
ވެލިންޓަން (ޖެނުއަރީ 21) - ނިއު ޒީލޭންޑްގެ އާ ބޮޑު ވަޒީރު ކަމަށް ކުރިން ކޮވިޑް މިނިސްޓަރުކަން ކުރެއްވި ކްރިސް ހިޕްކިންސް އިންތިހާބު ކުރަން ތައްޔާރުވެއްޖެ އެވެ.
ނިއު ޒީލޭންޑްގެ ބޮޑު ވަޒީރުކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޖެސިންޑާ އާޑަން މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
ހިޕްކިންސް މިހާރު އަދާ ކުރައްވަމުން ގެންދަވަނީ އެޑިއުކޭޝަނާއި ޕޮލިސް އަދި ޕަބްލިކް ސާވިސް މިނިސްޓަރުގެ ކަމުގެ މަގާމެވެ. އެކަމަކު އޭނާ އަށް ދުނިޔޭގެ ސަމާލުކަން ލިބުނީ ނޮވެމްބަރު 2020 ގައި ކޮވިޑް-19 އާ ގުޅޭ ވުޒާރާއެއް އުފައްދަވައި އެ މިނިސްޓްރީގެ މިނިސްޓަރަކަށް އޭނާ އައްޔަން ކުރެއްވުމުންނެވެ.
ބޮޑު ވަޒީރުކަން އޭނާ އަށް ލިބިވަޑައިގަންނަވާނީ މާދަމާ ބާއްވާ ހައުސް އޮފް ރެޕްރެޒެންޓޭޓވް ޖަލްސާގައި އޭނާގެ ނަން ފާސް ވުމުންނެވެ. ބޮޑު ވަޒީރުކަށް ވުމަށް ނަން ހުށަހެޅީ ވެސް އޭނާ އެކަންޏެވެ. މި އަހަރު އޮކްޓޯބަރު މަހާ ހަމައަށް އޭނާ މަގާމުގައި ދެމިހުންނަވާނެ އެވެ.
ބަރުލަމާނީ ނިޒާމަށް އަމަލު ކުރާ ނިއު ޒީލޭންޑްގެ މަޖިލިސްގެ އިންތިހާބު އޮކްޓީބަރު މަހު އޮންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާ.
22 January 2023
ކޮބާ ކޮބާ މިއޮތީ އަންހެނުންގެ ހައްގުތައް ހަވެފަ. ނިއުޒީލެންޑުގެ ބޮޑުވަޒީރަކަށް އަންހެނަކު އިންތިހާބުވީމާ ކަމަކުނުދިއަ. ޔޫކޭގެ ބޮޑުވަޒީރަކަށް އަންހެނަކު އިންތިހާބުވީމަ ކަމަކުނުދިއަ، އަދިވެސް މުސްލިމުންނަށް ބެވޭތޯ ބަލާ. މަކުނު އުޅޭހެން މަޔާ ދަރިއާ ވަކިނުވިއިއަސް ހެއު.