ދިރާގުގެ ހެޑް އޮފީސް.
11 ފެބުރުއަރީ 2023 - 15:14
ދިރާގުގެ ޕޯސްޓްޕެއިޑް ޕްލޭންތައް އަޕްގްރޭޑުކުރުމުން، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިމިޓެއް ނެތި ސޯޝަލް މީޑިއާ އާއި އެސްއެމްއެސް ބޭނުންކޮށް، ފޯންކޯލް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އަޕްގްރޭޑުގެ ދަށުން "ޕޯސްޓްޕެއިޑް 1000" ޕެކޭޖުން 40 ޖީބީގެ ކޯ ޑޭޓާ އާއި "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ އަދި ހިލޭ އެސްއެމްއެސް އާއި ދިރާގު އަދި ލޯކަލް ނަމްބަރުތަކަށް ހިލޭ ގުޅޭނެ އެވެ.
އެ އަޕްގްރޭޑުގެ ދަށުން "ޕޯސްޓްޕެއިޑް 1700" ޕެކޭޖުން 100 ޖީބީގެ ކޯ ޑޭޓާ އާއި "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ އަދި ހިލޭ އެސްއެމްއެސާއި ދިރާގު އަދި ލޯކަލް ނަމްބަރުތަކަށް ހިލޭ ގުޅޭނެ އެވެ.
ދިރާގުގެ މެނޭޖަރު ކަސްޓަމާ ވެލިއު މެނޭޖްމެންޓް، އައިޝަތު އިޝާނާ ވިދާޅުވި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭ، ގިނަ އޮޕްޝަންތަކެއް ލިބޭ ޕްރޮޑަކްޓް ޕޯޓްފޯލިއޯއެއް ފަރުމާ ކުރުމަށެވެ. އަދި ޕެކޭޖުތަކަށް ގެނައި އަޕްގްރޭޑުގެ ސަބަބުން ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވެ، އިތުރު އަގަކާ ނުލައި ގިނަ އަަދަދެއްގެ ޑޭޓާ ލިބޭނެކަން ފާހަގަކުރެއްވި އެވެ.
ދިރާގުގެ މޮބައިލް އެޕް މެދުވެރިކޮށް، އަޕްގްރޭޑު ޕެކޭޖުތައް އެކްޓިވޭޓު ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޫލްބްރޯ
12 February 2023
ލައްކައެއްހާ ރުފިޔާ ޖަހާފަ ލިމެޓްލެސް ކުރިނަމަ ސަޅަ
ގުރާ
12 February 2023
ޑިސެމްބަރު މަހުގެ ހިދުމަތްތަކަށް 8 ޕަސަންޓު ޖީއެސްޓީ ނަގާފަ!!!
އެކަލޯ
11 February 2023
މަ ފަކީރު މަސްދުވަހު މަސައްކަތް ކުރީމަ މި ލިބެނީ 7000 ރުފިޔާ. ތި ކަހަލަ ޕެކޭޖް ތަކަކީ އަހަރެމެން ހިތުގަ ޖައްސާ ރޮއްވުމަށް ތާރަފުކުރާ އެއްޗެހި. މި ރެސްޓޯރެންޓް ކައިރިއަށް އައީމަ ފުރީ ވައިފައި ލިބޭތީ ކޮމެންޓްވެސް މި ކޮށްލެވުނީ. ދެންފަހަރަކުން އަދި ތަންކޮޅެއް އަގު މައްޗަށް ޖައްސާލާފަ ލިމިޓް ލެސްއޭ ބުނާތި.
އއޑބ
11 February 2023
ހެހެހޭ! މަށްތަބައެނގޭ ވާގޮތް.
ޙަސަން ކުރުސީ
11 February 2023
ޕެކޭޖް 10،000 އަށް އަރުވާފަ ޖަހާބަލަ ލިމިޓްލެސް ވެއްޖެޔޭ! އިންސާނަކަށް 24 ބޭނުންކުރިޔަސް ހުސްނުވާވަރަށް ޖީބީ އަށް ފައިސާ ނަގާފަ މިކިޔަނީ ލިމިޓްލެސް ވިއްޔޯ! އަޅެ ބަޔަކު ހޭނުނެތޭނެ؟
ކުޑަ ކުރުސީ
12 February 2023
ދެން ކަލެއަށް ހިލޭދޭންވީ؟
އިސްމާލް ގޯ ހޯމް
11 February 2023
އިޝާނާގެ ވެރިންނަށް ދަންނަވާލަބަލަ ފުރަތަމަ ސްޓާފުންގެ ޑިޖިޓަލް ތަޖުރިބާ ރަނގަޅުކޮށްދޭށޭ..ދިރާގު މީހުން ބޭސްސިޓީ ޖެހެނީ އަންބޮނޑިއާށްޖަހައިގެން ގޮސް އެޗްއާރް އަށް ލާން.. ހާޒިރީވެސް ފިންގަޕރިންޓްޖަހައިގެން ހެދޭނަމަ.