ވ. އަތޮޅު
12 ފެބުރުއަރީ 2023 - 10:24
މިދިޔަ މަހު، ވ. އަތޮޅު ކަނޑުމަތިން ފެނުނު ހަށިގަނޑުގެ ސާމްޕަލް ނެގުމަށް ފަހު ވަޅުލައިފި އެވެ.
މިދިޔަ މަހުގެ ދެވަނަ ދުވަހު ފެނުނު އެ ހަށިގަނޑު ފެނިފައި ވަނީ އެ އަތޮޅު ވެންފަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުންނެވެ.
ފުލުހުން ބުނީ އެ އަތޮޅުން ފެނުނު ހަށިގަނޑުން ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި، މިހާރު ވަޅުލާފައިވާ ކަމަށެވެ. އެއީ ކާކުކަން ދެނެގަނެ ޑީއެންއޭ އެނަލިސިސް ހެދުމަށް ނެގި ސާމްޕަލެކެވެ.
ކަނޑުމަތިން ހަށިގަނޑެއް ފެނިފައި ވާއިރު، ވިލިމާލެ އިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހުންގެ ގެއްލިގެން ހޯދަމުން ދަނިކޮށް އެކަކު ވަނީ މާލެއިން ފެނިފަ އެވެ. އަދި އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.
އެ ބޯޓުން ދަތުރުކުރި އެކަކު ގެއްލިފައި ވާއިރު އެ މީހުން ދަތުރު ކުރި ބޯޓު ވަނީ ފެނިފަ އެވެ. ގެއްލިގެން ހޯދަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން، 35، އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1206
12 February 2023
މި ކަނޑަށް ކިޔާ ދިވެހި ނަމުން ސުރުޚީ ލިޔެލި ނަމަ ފުރިހަމަ ވީސް. މައިގަނޑުގައި އެއީ ވާވު އަތޮޅު ކަން ބުނެދެވިދާނެ. ބަދަލުގައި، ތާކުންތާކު ނުޖެހޭ ގޮތަށް ސުރުޚީ ކުރުކޮށްފައި ހުއްޓައި ފެނޭ. މިހާރު ނޫހުން ބައެއް ކަހަލަ ކޮމެންޓު ވަރަށް ބަލައި ނުގަންނަކަން ފާހަގަ ކުރެވޭ. ޚާއްޞަކޮށް ބަހުގެ ގަވާއިދާއި ހަމަތަކަށް ނުފެތޭ ގޮތަށް ލިޔެފައި ހުންނަ ކަންކަން ފާހަގަކޮށް ކުރާ ކޮމެންޓު. ދިވެހި ބަހުގެ ގަވާއިދު އޮންނަންވީކީ މިހާރު ނޫހުން ބޭނުންވާ ގޮތަކަށް ނޫން.