މަގުމަތީގައި ޑްރަގް ވިއްކާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް: ހުދު ގަމީހެއް ލައިގެން ހުރި ޒުވާނާ ވަނީ ހައްޔަރުކޮށްފައި
16 ފެބުރުއަރީ 2023 - 14:15
މަގުމަތީގައި ޑްރަގް ވިއްކަނިކޮށް އާންމުވި ވީޑިއޯއަކާ ގުޅިގެން ހައްޔަރުކުރި މީހާ އަކީ އެންޑީއޭއިން ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ނުކުރުމުން ޖަލަށް ލުމަށް ފަހު ދޫކޮށްލާފައި ހުރި، އެންޑީއޭގެ ބެލުމުގެ ދަށުގައި ހުންނަންޖެހޭ މީހެއްކަން އެނގިއްޖެ އެވެ.
މަގުމަތީގައި ސައިކަލެއްގެ މަތީގައި އިނދެ ޑްރަގް ވިއްކާ މަންޒަރު އާންމުވީ މީހަކު އިމާރާތެއްގެ މަތިން އެ މަންޒަރު ވީޑިއޯކޮށް ވީޑީއޯއެއް ސޯޝަލް މީޑިއާގައި އާންމު ކުރުމުންނެވެ. އެކަމާ ގުޅިގެން ފުލުހުން ހައްޔަރު ކުރި އުމުރުން 25 އަހަރުގެ މީހާ މިހާރު ހުރީ 15 ދުވަހަށް ބަންދުކޮށްފަ އެވެ.
އުމުރުން 25 އަހަރުގެ އެ މީހާ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައެއްގައި ހައްޔަރު ކުރުމުން ކުށަށް އިއުތިރާފުވުމުން ފަރުވާ ހޯދަން ޑްރަގް ކޯޓުން ހުކުމްކުރީ މިިދިޔަ އަހަރުގެ އޭޕްރިލް މަހު އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ފަރުވާ ފުރިހަމަނުކޮށްގެން 15 ދުވަހަށް ޖަލަށް ލުމަށް މިދިޔަ ޑިސެމްބަރު 7 ގައި ހުކުމް ވެސް ކުރި އެވެ.
އެ މީހާ އެންޑީއޭގެ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރި ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެ އެޖެންސީން ޑްރަގް ކޯޓަށް ވެސް އަންގާފައި ނެތްކަން ވަނީ އެނގިފަ އެވެ.
މިކަމާ ގުޅޭ ގޮތުން އެންޑީއޭއާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޖަވާބެއް ނުލިބުނެވެ.
އާންމުވި ވީޑިއޯއާ ގުޅިގެން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމުން ވެސް އޭނާ ވަނީ ޑްރަގް ބޭނުންކުރާ ކަމަށް އިއުތިރާފުވެފަ އެވެ.
ޑްރަގް މައްސަލަތަކުގައި އަތުން ފެންނަ ޑްރަގް ޓްރެފިކިންގެ މިންގަނޑަށް ނުފެތޭ ނަމަ އަދި ޑްރަގް ބޭނުންކުރާ ކަމަށް އިއުތިރާފުވާ ނަމަ ފަރުވާ ހޯދަން އެންޑީއޭއަށް ދިޔުމުގެ ފުރުސަތު ލިބެ އެވެ. އެ ފުރުސަތު ބޭނުން ނުކޮށްފި ނަމަ އޮންނަނީ ތިން އަހަރުގެ ޖަލު ހުކުމެކެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި މަގުމަތީގައި ޑްރަގް ވިޔަފާރިކުރުން ވަނީ އާންމުވެފަ އެވެ. އެކަމަށް ކުޑަކުދިން ވެސް ބޭނުން ކުރެ އެވެ. ދޭތެރެއަކުން ފުލުހުން ގޮސް އެފަދަ ސަރަހައްދުތައް ބަލައި ފާސްކޮށް ބަޔަކު ގެންދެ އެވެ. އެކަމަކު މި މައްސަލަ އާންމުވެފައި އޮތް މިންވަރުން އަދި ހައްލެއް ނުފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
19 February 2023
މާނައަކީ ގާނޫނީ ދައުލަތެއްގެ ސިފަގެއްލި ހިތުހުރި ގޮތަކަށް އުޅޭ ގައުމެކޭ. ދެރަ ވަރަށް ދެރަ. ހެޔޮނުވާނެ ގާނޫނު ތަންފީޒުކޮށް ޖަލުގައި ހުންނަންޖެހޭ މީހާ މަގުމައްޗަށް ދޫކޮށްނުލާބަލަ. މިފަހަރު އޭނާ ޑްރަގް ބޭނުންކުރީކީ ނޫން. ވިއްކީ ދެންވެސް ރިހެބްތަ؟ ވިއްކީމާ ވެސް ކުއްވެރި ނުވާގައުމެއް މިނޫނީ މުޅި ދުނިޔޭގަިއވެސް ނެތް.
ޢަސްލުމާނަ
18 February 2023
މާނައަކީ ސަރުކާރުގެ އިހުމާލުން ޑްރަގް ވިއްކައިފިޔޭ.
ވަހީދުބޭބެ
17 February 2023
ޢެހެންވެ ވީޑިއޯއިން އެފެންނަ ކުށް ތަހުގީގެއް ނުކުރާނެ. ކުރިން ކުރި ކުށަށް ދޭން ކަނޑައެޅި އަދަބުދީ ފުއްދާލާނީދޯ
ފޮނިއަނގ
17 February 2023
އިމާދު ސޯލިހަކާ ތަންތަން އެތެރޭން ހަލާކުކުރަން މޮޅުމީހެއް. އެމްޑީޕީ ހަރުގެއަށް ފުލުހުންވެއްދީވެސް އޭނަ ރާވައިގެން.
ލޮލްލީ
17 February 2023
ލޮލް. އެންޑީއޭއަކީ ބަންދުބަލަހަށްޓާތަނެއްނޫން. ފުލުންހުންގެ ޒިންމާއެއް ބަންދުބެލެހެއްޓުމަކީ. 15 ދުވަހަށް ބަންދުކޮށްފަ މަގުމަތީ ސާކަލެއްގެ މަތީގަ.
ޢަހު
17 February 2023
އެއްކަލަ މޮޅު އިމާދު ކޮބާބާ!ގައިމު ފޮނި އަނގައެއް އޮވޭ އޭނާ
ކޮރަލް
16 February 2023
އެންޑީއޭގެ ތެރޭގައި ވަރުގަދަ ނެޓް ވޯކް އެއް އޮވެއެވެ.
ވެދާނެނު
16 February 2023
އެންޑީއޭއިން އޭނައަށް ހޯދަދިން ފަރުވާ ކަންނޭނގެ އޭނަ މަގުމަތީ އެކުރަނީ. 7 ޑިސެމްބަރުގަ ޖަލަށްލާން ހުކުމްކުރީމަ މަގުމަތީ މިނިވަންކަން މަތީ އެނބުރޭނީ ކޮންމެވެސް ބަޔަކު އޭނައަށް ކަމެއް ފަހިކޮށްދިނީމަ.
875456
16 February 2023
ޑްރަގް މައްސަލަ ތަކުގަ ޖަލު ހުކިމް ދިގުކޮއް މުޖްތަމައުގަ މިފަދަ މީހުން ފަސޭހައިން ދެނެގަނެވޭނެ ނިޒާމެއް ހަދަންވީ
އދތލ
16 February 2023
ހައްލަކީ އުމަރު