ަދަ ކަބާންސް ބޭންޑާއި މައީޝާ، މަންޓާއެއާގެ ތީމް ލަވަ "ވިންޑް ވޯކާ"، ހުށަހަޅައިދެނީ --ފޮޓޯ: މަންޓާ އެއާ
06 މާޗް 2023 - 07:15
ރާއްޖޭގައި އުފެއްދި ލަވައެއްގެ ޑިސްޓްރިބިއުޝަން ރައިޓްސް ފުރަތަމަ ފަހަރަށް، ދުނިޔޭގެ ތިން ވަނަ އަށް އެންމެ ބޮޑު ރެކޯޑް ލޭބަލް، "ވާނާ މިއުޒިކް" އިން ގަނެފި އެވެ.
އެ ލޭބަލް އިން ގަނެފައި ވަނީ ރާއްޖޭގެ މަންޓާ އެއާގެ ތީމް ލަވަ "ވިންޑް ވޯކާ" ގެ ޑިސްޓްރިބިއުޝަން ރައިޓްސް އެވެ.
އެ ލަވަޔަކީ، މަގްބޫލު ދިވެހި ބޭންޑު "ދަ ކަބާންސް" ގެ އުފެއްދުމެކެވެ.
"ދަ ކަބާންސް" ބޭންޑުގެ މެންބަރުން ވާނާ މިއުޒިކްގެ އޭއެންޑްއާރް ގްލޯބަލް ނައިބް ރައީސް ކަބީރު ބެޔޯއާ އެކު
އަހްމަދު ފައިޒާން (ފައި) ޕްރޮޑިއުސްކޮށްފައިވާ އެ ލަވަ ލިޔެފައި ވަނީ ނައުފަލް ނަސީމް (ނައު) އެވެ. އަދި އެ ބޭންޑު މެންބަރުންގެ އިތުރުން، މޯލްޑިވިއަން އައިޑަލްގެ ތަރި މަރިޔަމް މައިޝާގެ އަޑު ވެސް އެލަވައިގައި އިވެ އެވެ.
"ދަ ކަބާންސް" ބޭންޑުގެ ފުރަތަމަ ސްޓޫޑިއޯ އަލްބަމްގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، މަންޓާ އެއާ އިން ބުނިގޮތުގައި، އެ އަލްބަމް ވެސް ޑިސްޓްރިބިއުޓްކުރަން ހަމަޖެހިފައި ވަނީ ވާނާ މިއުޒިކުންނެވެ.
ަދަ ކަބާންސް ބޭންޑާއި މައީޝާ، މަންޓާއެއާގެ ތީމް ލަވަ "ވިންޑް ވޯކާ"، ހުށަހަޅައިދެނީ --ފޮޓޯ: މަންޓާ އެއާ
އޭގެ އިތުރުން، އެ ބޭންޑުގެ މެންބަރު އަހްމަދު އަރްޝަދު (ކޮއްކޮ) ބުނީ މިއީ އެ ބޭންޑުން ކުރި ދިގު ދަތުރުގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމަށާއި މިއީ ބޭންޑަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މިއީ އެ ބޭންޑުގެ މަސައްކަތް އެހެން ހަރުފަތަކަށް ގެންގޮސް، ދުނިޔޭގެ ބޮޑު އޯޑިއަންސަކަށް އެ މީހުންގެ އަޑު އިވުމުގެ ފުރުސަތު ލިބޭނެ ކަމެއްކަން އޭނާ ފާހަގަކުރި އެވެ. އަދި އެ ފުރުސަތަށްޓަކައި މަންޓާ އެއާ އަށާއި ޕަލްސް ހޮޓެލްސްއަށް ވަނީ ޝުކުރުއަދާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯސަެޑު
07 March 2023
ގޫގަލް ކައިރި ކީކޭ ބުނީމަތަ ތި ލަވަ ފެންނާނީ. ދެތިން ވައްތަރަކަށް އަހައިފިން އޭއްޗަކަށް ނުހޯދުނު
ވާންޗޯސް
06 March 2023
ވާނާ މިއުޒިކު ހޯދަން އުޅެ ނުފެނުނު؟
އިސްމާލި
06 March 2023
ވަނާ މިއުޒިކު ހޯދަބަލަ. ވަނާ.
ާއަލިމޯޑު
06 March 2023
ވާނާ މިއުޒިކް ފެންނާނެ ޑަބްލިއު އޭ އާރް އެން އީ އާރް ޖެހީމަ
އަހަނދު
06 March 2023
ގޫގްލް ގަ warner music ޖެހީމަ ފެންނާނެ. އަނެއްކާ ވާނާގެ ސްޕެލިން ތިޔަ ޖަހަނީ ކިހިނެއް.
ސަލީމަ
06 March 2023
އޯކޭ.. ފެނިއްޖެ އޭ..
އަވަޓާ
06 March 2023
ވިންޑް ވޯކާ މި ލަވައެއް ނުފެނުނު؟
އެކަލޯ
08 March 2023
މަޖެހީ ދިވެހިން “ ވާނާ މިއުޒިކް” ނުދެެއްކި ގޫގަލް އަށް ދިވެހި ބަސްދަސްކޮށްދީބަލަ. މަށަށް އިގިރޭސި ލިޔަން ކިޔަން އެގެނީކީއެއް ނޫން. މަ އިގިރޭސި ބަސްދަސްކުރުމަށްވުރެ ގޫގަލްއަށް ދިވެހި ބަސް ދަސްކުރަން ފަސޭހަވާނެ.