ގދ. ތިނަދޫ: ބިމު ކުލީގެ ގޮތުގައި ތިނަދޫ ކައުންސިލަށް ލިބެން ޖެހޭ 4.7 މިލިއަން ރުފިޔާ ނުލިބިގެން ގާނޫނީ ފިޔަވަޅު އަޅަން ވަނީ ނިންމައިފައި -- ފޮޓޯ: ގާފު އޮންލައިން
09 މާޗް 2023 - 15:02
ބިމު ކުލީގެ ގޮތުގައި ގދ. ތިނަދޫ ކައުންސިލަށް ލިބެން ޖެހޭ 4.7 މިލިއަން ރުފިޔާ ނުލިބިގެން އެފަދަ ބިންތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅަން މިހާރު ފައްޓާފައިވާ ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.
ތިނަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ތިނަދޫގެ އިހުތިސާސް ހިނގާ ސަރަހައްދުން ހަރުގެ އެޅުމަށާއި މަސްވެރިކަމާއި ދަނޑުވެރިކަމަށް އަދި ސިނާއީ އެކިއެކި މަސައްކަތްތަކަށް ދޫކޮށްފައިވާ ކުލީ ބިންތަކުގެ ތެރެއިން ބައެއް ބިންތަކަށް ގިނަ އަދަދެއްގެ ކުއްޔާއި ޖޫރިމަނާ ނުދައްކާ އެބަހުރި ކަމަށެވެ. އެހެންވުމުގެ ސަބަބުން، ތިނަދޫ ރައްޔިތުންގެ މާލިއްޔާއަށް، މިދިޔަ މަހު މަހުގެ ނިޔަލަށް އަދިވެސް ޖުމްލަ 4.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުވަދެ އެބަހުރި ކަމަށް ތަފާހިސާބުތަކުން ދައްކާ ކަމަށް ކައުންސިލުން ބުންޏެވެ.
ކުލި ނުލިބޭ ބިންތަކުގެ ތެރޭގައި، ވަކި ފަރާތަކަށް ނިސްބަތްވާ ގިނަ ބިންތަކުގެ ކުލީގެ ޖުމްލަ މިލިއަނަކަށް ވުރެ މަތި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
"މި ހުރިހާ ބިންތަކުގެ ތެރެއިން ބައެއް ބިންތަކުގެ މުއްދަތުގައި ކުލި ދައްކައި ހަލާސްނުކޮށް، ބިންތަކުގެ މުއްދަތު އާކުރުމަށް ވެސް މި އިދާރާއަށް ހުށައަޅަމުން ދާތީ، މިއީ ވަރަށް ހިތާމަހުރި އަދި ގޯސްކޮށް ހިނގަމުން އަންނަ ކަމެއް ކަން ފާހަގަކޮށް، މި އިދާރާއިން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމެވެ،" އެ އިއުލާނުގައި ބުންޏެވެ.
ތިނަދޫ ކައުންސިލުން ބުނި ގޮތުގައި، ތަފާތު އެކި ސަބަބުތަކާ ހުރެ ކުލި ނުދައްކާ ބިންތަކަށް މިދިޔަ އަހަރުގެ މެއި މަހު ނުވަޔަކުން ފެށިގެން ބައިބަޔަށް ބަހާލައިގެން ކުލި ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދީ މުއްދަތެއް ކަނޑައަޅިޔަސް، ކުލި ދައްކަން ޖެހޭ ފަރާތްތަކުގެ އެއްބާރުލުމެއް ނުލިބުނެވެ.
އެހެންވެ، ކައުންސިލުން އަމަލުކުރަމުން އަންނަ އުސޫލުތަކާ އެއްގޮތަށް ބިމު ކުލި ނުދައްކާ ނަމަ، ކުލީގެ ފައިސާ ހޯދުމަށް ޝަރުއީ މަރުހަލާތަކަށް ފޮނުވައި އެފަދަ ބިންތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅުތައް އަޅަން ފައްޓާފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮޓޯއިންފެންނަ
09 March 2023
ފޮޓޯއިން އެފެންނަ ބިން ހިއްކާފަ އޮންނަތާ ހާދަ ދުވަހެއް ވެދާނެޔޭ. އެވަރަށް ބިންއޮންނައިރުވެސް އެއްވެސް ކަމެއްނުވަނީ ކީއްވެބާ؟ ރަށުގެ މެމްބަރު ނިދިކުރައްވަނީތޯ. ؟
ޟައި
09 March 2023
ބިމެއް ހިއްކިޔަސް ބިން ހިއްކި ކުންފުނިން ކައުންސިލާ ހަވާލު ނުކުރަނީސް ކައުންސިލަކަށް ބޭނުމެއް ނުކުރެވޭނެ. ބިން ކައުންސިލާ ހަވާލު ކޮއްފިތަ؟
ދެންބަދަލުދީދީ
09 March 2023
ރަގަޅު އެއްގޮތެއްވެސް ނޯންނާނެ. ބިންނެގީމަ ދެން ދުއްވައިގަންނާނީ ބަދަލްހޯދަން.
ބިން ވެރިޔާ
09 March 2023
ތިއީ ކައުންސިލުން މާ ބޮޑަށް ހިތާމަ ކުރަން ޖެހޭ ކަމެއް ނޫން ކަން ނޭނގެ. ކުލި ނުދައްކާ ބިންތައް ވަކި މުއްދަތެއްގެ ތެރޭ ކުލި ނުދައްކައިފިއްޔާ ބިން ނަގާ، އެހެން ބިން ބޭނުން ފަރާތްތަކަށް ކުއްޔަށް ދޭނެ ކަމަށް ނިންމަ ބަލަ. އޭރުން އިސާހިތަކުން ތި ފައިސާތައް ހުރިތަނަކުން ލުހިގެން ކައުންސިލާ ދިމާލަށް އަންނަން ފަށާނެ.
މިލް
09 March 2023
ވެމްކޯއާއެކު ރަށު ކައުންސިލްތަކުން، އެ ފަރާތުން ހަދާފަ ހުންނަށް ކުނި ރަށުން ބޭރު ކުރުމުގެ ކޮންޓްރެކްޓްތަކށް އޮނާ ނުކުރާތީ ކައުންސިލްތަކުން އެބަ ޖެހޭ ވެމްކޯ ގޮވައިންވެސް ކޯޓަށް ދާން. ލާރި ނަގާފަ ކމެއް ނުވޭ
ަސދސ
09 March 2023
ހަތާ ފިއުލް ހުރި ބިމަކީ އެތައް އަހަރެއް ވަންދެން ކުލި ނުދައްކައި އޮތް ބިމެއް. ބިން ނަގަން އުޅުނީމާ އިމާރާތެއް އެޅީ. ވީމާ އެތަނުންވެސް ލިބެންޖެހޭ ހުރިހާ ފައިސާއެއް ހޯދަން ޖެހޭނެ. ހިތްވަރެއް ހުރިއްޔާ މިފައިސާ ހޯދަބަލަ.
ކުލިނުދައްކާ
09 March 2023
ކުލިނުދައްކާ ހުރިހާބިމެއް ނަގަންވީ ހަމަ މިހާރު. ކުލި ދެއްކޭ ވަރުގެ މީހުން ބިން ކުއްޔަށް ނެގީމަ ނިމުނީނުން
ކުލި ނުދައްކާއަށް
09 March 2023
ހަތާ ފިއުލް ހުރި ބިމަކީ ސައުދު އަލީ ކިޔާމީހަކަށް 10000ރ ދިނުމުން 60 އަހަރަށް މަހަކު 300ރ އަށް ހަތާފިއުލްއަަށް ކުއްޔަށް ދީފަ އޮތް ބިމެއްކަން ނޭގެނީތަ އެހެންވީމާ 10 އަހަރުގެ ކުލި ނުދައްކާ ހުއްޓަސް އަރާނީ 36000ރ އެއީ ކޯންޗެއް ބަދަރުމަތީގަ އޮތް އެންމެރަގަނޅު ބިމަށް ބަލާފަ
ބޮޑުމީހާ
09 March 2023
މިރަށްތަކުގައި އުޅޭ ގަބީލާ މީހުން ބިންތައް ނަގައި ދައުލަތަށް ކުލި ނުދައްކައި އިގްތިސާދީ މަންފާލިބޭ އެތައް މަސައްކަތްތަކެއް އެ ބިންތަކުގައި ކުރޭ. ކޮންމެ ރަށެއްގަވެސް ތިގޮތަށް ބިންތައް ހިސޯރުކޮށްގެން އުޅޭ އާއިލާތައް އޮންނާނެ، ގިނަ ފަހަރަށް ރަށުގެ އެންމެ ކަންވޮށިވެގެންވާ އާއިލާތަކުން އެގޮތަށް އެކަންކުރަނީ. މީ ހުރިހާ ރައްޔިތުންގެ ޙައްޤު އެކުލެވޭ ބިންތަކެއް، ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ކައުންސިލްތަކުން އަޅާ ނުލާ އޮންނަނީ
ޑޮކްޓާރ. ބަނާނާ
09 March 2023
ސަރުކާރުގެ ބިންތަކުގެ ކުލި ނުދައްކާ ، ބިންތަކުގެ މުއްދަތު އާކުރުމަށް ހުށަޅާއިރު ކަލޭމެންގެ ލަދުކޮބައިތޯ؟ މިގޮތަށް އާއިލާ ތަކަށް " ވާރުތަވާ " ބިންތައް ވެސް ބައެއްފަހަރު ހުންނާތީވެ ހަމަ އަހާލެވުނީ އިގޭތޯ؟ ވަރަށް ސަލާމް!
48343
09 March 2023
ދިވެހިދައުލަތަށް ބިލިޔަނުން ލިބެންޖެހޭ ފައިސާ އެބަހުރި. ކޮންމެފަހަރަކުވެސް ކޮޅުބަދަލުކޮށްލާއިރަށް އެކަން ހިނދިގެންދަނީ. ކުރިން އެންމެގަދައަށް އެއްޗެހިގޮވާމީހާއަށް އެންމެބޮޑަށް ފައިދާބަނީ.