މިނިސްޓަރު އައިޝަތު އަލީ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ޕްރިންސިޕަލުން ވާން ވާނީ ކަންކަން ހައްލު ކުރާ ބަޔަކަށް ކަމަށް --- ފޮޓޯ: ރައީސް އޮފީސް
10 މާޗް 2023 - 10:53
ޕްރިންސިޕަލުން ވާން ޖެހޭނީ މައްސަލައަކަށް ނޫން ކަމަށާއި ކަންކަމުގެ ހައްލު ހޯދާ ބަޔަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރޭ ވިދާޅުވެއްޖެ އެވެ.
އަލަށް ޕްރިންސިޕަލުންނަށް ވާ ފަރާތްތަކުގެ ތަމްރީން ޕްރޮގްރާމް ނިންމައި މަސްއޫލިއްޔަތު ހަވާލުކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެ މަސައްކަތްތަކުގައި ގޮންޖެހުން ބޮޑުވާނެ ކަމަށެވެ. ނަމަވެސް، އެ ޒިންމާ ރަނގަޅަށް އަދާކުރެވިއްޖެ ނަމަ، އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމެއް ކަމަށް ކުރިން ތައުލީމީ ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވި އައިޝަތު އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި މުދައްރިސުންނާއި އެހެނިހެން މުވައްޒަފުންނާއި، ބެލެނިވެރިންނާއި ދަރިވަރުންގެ އިތުރުން މުޖުތަމައުގެ އެހެން ފަރާތްތަކަށް ފަސޭހަކަމާ އެކު ބައްދަލުކުރެވި ވާހަކަ ދެކެވޭ ބަޔަކަށް ޕްރިންސިޕަލުން ވާން ޖެހޭނެ އެވެ.
"ޕްރިންސިޕަލުން ވާން ޖެހޭނީ ވަކި ފަރާތަކަށް ޖެހުމުގެ ބަދަލުގައި އަދުލާއި ހަމަހަމަ ކަމާ އެކު ހުރިހާ ފަރާތްތަކާ އެކު މުޢާމަލާތް ކުރާ ބަޔަކަށް،" އައިޝަތު އަލީ ވިދާޅުވި އެވެ.
ގައުމީ ޔުނިވަސިޓީގެ އިސް މަގާމެއް ވެސް ކުރިން ފުރުއްވި އައިޝަތު އަލީ ވިދާޅުވީ ރަނގަޅު ހިންގުންތެރިންނަކީ ނަމޫނާ ދައްކައިގެން ކުރިއަށް ދާ ބައެއް ކަމަށެވެ.
ޕްރިންސިޕަލުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ ފުރުތަމަ ބުރުގައި 17 ފަރާތަކުން ޕްރޮގްރާމް ފުރިހަމަ ކުރި އެވެ. ޕްރޮގްރާމް ނިންމި ކަމުގެ ލިޔުން ޕްރިންސިޕަލުންނާ ހަވާލުކޮށް ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރީމް ޢަލީ
12 March 2023
މިވަރުގެ ސިޔާސީ މިނިސްޓަރެއް ނެތް. ވަޒީފާތަކުންވެސް މީހުން ކެނޑެން މަޖުބޫރުކުރަނީ.
ސިޔާސީ ނުވިމީހާ
11 March 2023
ޕުރިންސިޕަލުންގެ ނަމުގައި ސިޔާސީ ބަޔަކު އުފެއްދީ މިހާރުވެސް ޕުރިންސިޕަލުންގެ ގޮތުގަތިބިމީހުނާ މެނޭޖްމަންޓް ދާއިރާއިން އެއްވެސް ތަޖުރިބާއެއް ނެއް ޕުރީސުކޫލް ޓީޗަރުންނާ އަހަރެއްހާ ދުވަހު ލޓ އަކަށް އުޅެފަ ތިބި ފަރާތްތަކެއް ޕުރިންސިޕަލުންނަށް ހަދައިގެން އަތޮޅުތެރޭގެ ގެ ސުކޫލްތައް ޚަރާބުކޮއްލަން ތިޔަކުރައްވާ ކަންތައް ހުއްޓާލުމަށް ޑރ.އައިސަތު އަލީ އަށް ގޮވާލަން. މީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަމެއްނޫން އަތޮޅުތެރޭގެ ރައްޔިތުން މިކަމާ ވިސްނަންޖެހޭ
އިމްރާނީ
11 March 2023
ޕުރިންސުޕަލުންނަކީ މިނިސްޓަރު ނުވަތަ މިނިސްޓަރީއިން ގުޅާފަ އަންގާގޮތަކަށް ކަންކަންކުރަން އައްޔަންކޮށްފައި ތިބޭބައެއް. އެހެންވީމާ އެމީހުންވާނީ ކަންކަން ހައްލުކުރާ ބަޔަކަށްނޫން ކަން ޑޜ. ޢައިޝަތު ޢަލީއަށް އެނގި ނުލައްވަންޏާ އެއީ ޖޯކެއް.
ގެދާނޯމޮސް
11 March 2023
ސިޔާސީ މީހަކު އިމާދުއްދީން ސްކޫލުގައި ބެހެއްޓި ފަހުން ޕޭރަންޓްސް ގެ އެއްވެސް ގުޅުމެއް ސްކޫލަކުނެތެވެ.
ހަސަންފުތު ހަސަން
11 March 2023
ބަނޑިދޫ ސްކޫލްގެ ޕްރިންސިޕަލް އަކީ ކީއްކުރަން ބަހައްޓާފައި ހުރި ބޮޓެއްތޯ އައިޝަތު ޢަލީ ވިދާޅުވެ ދެއްވަފާނަންތޯ
ފައިން
10 March 2023
މިނިސްޓްރީއިން މާލޭގެ ސްކޫލްތަކުގަ މެދުގަ ހާދަ ތަފާތު ކުރެއޭ! ސިޔާސީ ބޭފުޅެއްގެ އާއިލާ މެމްބަރެއް ނެތް ސްކޫލްތަކާ މެދު އެއްވެސް އަޅާލުމެއް ނުބަހައްޓަވާ! ހިތާމަހުރި ކަމެއް... އެޑިއުކޭޝަން މިނިސްޓްރައެއްގެ ފަރާތުން ފެނިގެން ނުވާނޭ ކަންތައްތައް މިހުންނަނީ!
ހަގީގަތުގަ
10 March 2023
މާލޭގެ ސްކޫލަތަކުގެ ކިޔަވާ ދަރިވަރުންގެ ފެންވަރު ދަށްވުމުގެ އެއް އަސްލަކީ ކުރީ ޒަމާނުގެ ޕްރިންސިޕަލުން އަދިވެސް ސްކޫލްތަކުގެ ވެރިންގެ ގޮތުގަ ތިބުން... އެބޭފުޅުންގެ ކިބައިގައި މިހާރުގެ އާއު ޓެކްނޮލަޖީ އަށް ހޭލުންތެރި ކަމެއް ނުހުރޭ... ސްކޫލްތެރެއަށް ނަޒަރު ހިންގާލިއަސް މިކަން ހާމަވޭ! ކުރީ ޒަމާނުގެ ޕްރިންސިޕާލް އިން ތިއްބަވާ ސްކޫލްތަކާ މިހާރުގެ ޒުވާން ބޭފުޅުން ވެރިންގެ ގޮތުގަ ތިއްބައްވާ ސްކޫލްތަކާ ހާދަ ތަފާތޭ! ހުރިހާ ދެރައެއް ދަރިވަރުންނަށް..
މުހައްމަދު
10 March 2023
ސިޔާސީ މީހުންކުރާ ސިޔާސީ ޝަކުވާއަށް ޕްރިންސިޕަލުން ކަނޑާ ސްކޫލް ބަދަލުކޮށް ހެދީމަ ހުންނާނީ މައްސަލަތައް ހައްލުވެފަ.
ބޮޑުމީހާ
10 March 2023
ސިޔާސީ މީހުން އުފައްދާ މައްސަލަތައް ޕްރިންސިޕަލުން ހައްލުކުރަންޖެހެނީ
މުހައްމަދު.
10 March 2023
ޓީޗަރުންގެ އާއިލާތަކަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނާގާބިލު ބަޔަކު ހަދާފައިވާ ތައުލީމީ ދާއިރާގެ ސިޔާސަތު ތަކުގެ ސަބަބުން. ހިންގުމުގެ ނިޒާމު އޮންނަގޮތުން ޓީޗަރުން އުޅެންޖެހެނީ މުޅި ދުވަހު އާއިލާތަކާ ދުރުގަ. ގިނަ ޓީޗަރުންގެ އާއިލާތައް ވަނީ ރޫޅިފައި. ދަރިންގެ އުފަލެއް ގިނަ ޓީޗަރުންނަށް ނުލިބޭ.
އެކަލޯ
10 March 2023
އިތުރު ގަޑި ނުދެވުނަސް ޓީޗަރުން ބަރާބަރަށް ސުކޫލަށް ނުކުމޭ. އަޅުގަނޑު ދަންނަ ބޭފުޅަކު މި އަހަރު މިވީތަނަށް ކޮންމެވެސް ކަމަކު ސުކޫލަށް ނުކުންނަން ނުޖެހޭ އެއްދުވަސްވެސް ނުދޭ.