ނާސާއިން އަލަށް ހޯދި ޖައްވީ ހިލަ "2023 ޑީޑަބްލިއު"
12 މާޗް 2023 - 06:38
އަލަށް ފެނުނު ގިނިހިލައެއް ދުނިޔެއާ ދިމާލަށް ދަތުރުކުރަމުން އަންނަ ކަމަށާއި 2046 ވަނަ އަހަރު ދުނިޔެއަށް އެ ފޯރާނެ ކަމަށް ބެލެވޭ ކަމަށް ނާސާއިން ބުނެފި އެވެ.
ނާސާ "އެސްޓްރޮއިޑް ވޮޗް" އިން ކުރި ޓްވީޓެއްގައި ބުނީ، "2023 ޑީޑަބްލިއު" ގެ ނަންދީފައިވާ އެ ހިލަ މިހާރު އަންނަނީ ޓްރެކު ކުރަމުން ކަމަށާއި އޭގެ އަސަރު ދުނިޔެއަށް ކުރިއަސް ކުރާނީ ވަރަށް ކުޑަކޮށް ކަމަށެވެ.
ނާސާގެ ހިސާބުތަކުން ދައްކާ ގޮތުގައި، އެ ހިލަ ދުނިޔެއާ ހަމައަށް ފޯރާނީ 2046 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ ހިލަ ދުނިޔެއާ އެންމެ ގާތަށް އަންނާނީ ގާތްގަނޑަކަށް 1.1 މިލިއަން މޭލުގެ ދުރުމިނަކަށެވެ.
We've been tracking a new asteroid named 2023 DW that has a very small chance of impacting Earth in 2046. Often when new objects are first discovered, it takes several weeks of data to reduce the uncertainties and adequately predict their orbits years into the future. (1/2) pic.twitter.com/SaLC0AUSdP
— NASA Asteroid Watch (@AsteroidWatch) March 7, 2023
އެއީ އޮލިމްޕިކް ސްވިމިން ޕޫލެއްގެ ބޮޑުމިނުގެ ހިލައެއް ކަމަށް ވެސް އެ އޭޖެންސީން އަންދާޒާކޮށްފައިވެ އެވެ.
ނާސާއާ ހަވާލާދީ ބީބީސީން ބުނީ، އެ ހިލަ ދުނިޔޭގައި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަކަމަށެވެ. އެއީ ނާސާގެ، ޖައްވީ އެއްވެސް އެއްޗެއް ދުނިޔޭގައި ޖެހުމުގެ ބިރު އޮތް ލިސްޓުގެ، 0-10 ރޭޓު ސްކޭލުން އެކެއްގެ ރޭޓު ދީފައިވާ ހަމައެކަނި ހިލަ އެވެ. އެ ސްކޭލުގައި އެކެއްގެ ރޭޓަކީ އާންމުން ބިރުގަންނަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ނާސާއިން ބުނެ އެވެ.
ނާސާއިން ބުނީ އަލަށް ފެންނަ އެފަދަ ހިލަތަކުގެ އަސްލު މައުލޫމާތު ދެނެގަތުމަށް އަދި ވަރަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށެވެ.
ނާސާ އިން "2023 ޑީޑަބްލިއު" ހިލަ މޮނިޓަ ކުރަމުން ގެންދާނެ ކަމަށާއި، އާ މައުލޫމާތު ލިބޭވަރަކަށް އާންމުންނާ ހިއްސާކުރާނެ ކަމަށް އެ އޭޖެންސީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުސައިން ރަހާ
13 March 2023
މި ރިޕޯޓް ނުވަތަ ލިޔުން މުޅިން ނުބައި، މި އެސްޓްރޮއިޑް 2046 ވަނަ އަހަރު ވެސް އަދި އޭގެ ފަހުން އެއްވެސް އިރެއްގައި ވެސް ދުނިޔެއަށް ފޯރާނެ ކަމަށް މިހާތަނަށް އެއްވެސް އިލްމުވެރިއަކު ނުބުނެ. އެއް ޖުމްލައިގައި މި ހިލަ ދުނިޔެއަށް ފޯރާނެ ކަމަށް ބުނެފައިވާ އިރު، އަނެއް ޖުމްލައިގައި ބުނެފައި އޮތީ، މި ހިލަ ދުނިޔެއާ އެންމެ ގާތަށް އަންނާނީ ގާތްގަނޑަކަށް 1.1 މިލިއަން މޭލަށް ކަމަށް. އެހެންވީމާ މި ކިޔާނުކިޔާއެއް ނޭނގޭ.
ރެޓޭ
13 March 2023
ޖައްވާއި ކައުނުގެ ކަންތައްތަކަށް ނުވިސްނާ ލޯނުހުޅުވޭ ދިރާސާ ނުކުރާ މީހުންނަކަށް މިކަހަލަ ކަންތައްތަކުގައި ވާ ނުވާއެއް ނޭނގޭނެއެވެ.
މުޝީރުކައިދެގެބެއްޔަބޭ
13 March 2023
އަހަރުމެން މިލަފާކުރާގޮތުން 2043 ވާއިރު ދުނިޔެ ދޫކޮށް މާސްއަށް ގޮސް ނިމިދާނެ. ބަޔަކު ތިއްބަސް ތިބޭނީ ދިވެހިރާއްޖޭގެ މާލޭސަރަހައްދުގައި ބުރިޖެއްއަޅަން ތިބޭބަޔަކާއި އައްޑު އަތޮޅު ތަރައްގީ ކުރަން އުޅޭބައެއް. ޑީޑަބުލިއު ފެނުނީމަ އެމީހުންވެސް ސޭމުރުގު ދޫނިގޮތަށް މޫދަށް ފުންމާލައި ފިލާފާނެ. ހާސްކަމެއްނެތް.
ފެންސު
12 March 2023
ހިލަތަކުގެ އަސްލު މައުލޫމާތު ދެނެގަތުމަށް އަދި ވަރަށް ގިނަ ދުވަސްތަކެއް ނަގާނެކަމަށް ބުނެފަ، އެހާ ޔަގީން މައުލޫމާތުތަކެއް މިހާކުރިން ދެނީ ކީއްކުރަންބާ؟ ކޮންމެވެސް ކަރައެއް ފަޅާލަން؟ ނޫނީ ފޫހިވީތަ މާގިނަދުވަހު އެއްޗެއް ނުބުނެ ހުރެވުނީތީ؟!!!
ރަދީފްއޮފިޝަލް
12 March 2023
ދުނިޔޭގަ އޮތް މަތިންދާ ބޯޓެއް ނުފެނުނު ، ނަމަވެސް ދުނިޔޭގަ ނުވެސް ނެތް ހިލަގަނޑެއް ފެނިއްޖެ.ގޯހެއް ނޫން.ސައިންސްގެ އަލީގަ މިތިބީ ވަރަށް ކުރީގަ.ވ.ވ.ވެދުން
ހޯދާ
13 March 2023
ހޯދިނަމަ އެ ހިލަ ވެސް ނުފެންނާނެ.
ކެމެލް
13 March 2023
މާސިންގާ ފުންކަޑެއްގެ އަޑީގައި ގެއްލިފައިވާ އެއްޗެއް ހޯދުމަށް ވުރެ ކައުނުގައި ހުންނަ ތަރިތަކާއި އެހެނިހެން ތަކެތި ރޭޑިއޯ ޓެލެސްކޯޕް މެދުވެރިކޮށް ހޯދަން ފަސޭހަވާނެއެވެ.
ކުރުނބާ
12 March 2023
އެހެންވީމަ އެލޮންމަސްކާ ގުޅިގެން ހިނގާބަލަ މާސްއަށް ހިޖުރަކުރަން ހެހެހެ މާސްގަ އޮތަސް ހަނދުގަ އޮތަސް މަރުއައިސް ޖެހުނީމަ ކުރާނެކަމެއް މިނިކަމެތި އިންސާނާ ނޯންނާނެ
އަހައްމަދަ
12 March 2023
އަހަރުމެން ހަނދާން ކުރަންވީ ކަމަކީ ތި ހިލައިގެ ކުރީގައި ބޮޑު ޖިންނިއެއް ވާނެކަން.
ނުވޭ
12 March 2023
ހުރިހާ ހިލައަކީ ޖިންނީންނާ ދިމާލަށް ފޮނުއްވާ އެއްޗެހި ކަމެއް އަންގަވާފައެއްނުވޭ.
ބޯބުރާންތި
12 March 2023
ސައިންސްގެ ތިއަރީތައް ކޮންމެ ގޮތަކަށް ހުއްޓަސް ހިލަގަނޑު ދުނިޔޭގަ ޖެހުމާ ނުޖެހުން އެއީ ﷲ ގެ އިރާދަފުޅުގައިވާ ކަމެއް.
ބުރާންތިއްތި
12 March 2023
އެ ގިނި ހިލަ އިންސާނުނަށް ފެނުމާއި ނުފެނުންވެސް އެއީ ﷲ ގެ އިރާދަފުޅުން ވީކަމެއް، އަދި އެ ފެންނަން މެދުވެރިވި ޓެލެސޯޕުތަކާއި ހިސާބުގެ އިލްމަކީވެސް ﷲ ގެ އިރާދަފުޅުން އިންސާނުނަށް ލިބިފައިވި ކަންކަމެވެ. ﷲ ގެ އިރާދަޔާ ނުލާ އެއްކަމެއް ވެސް ނުވާނެ އެވެ. ނަމަވެސް އަހަރުމެން އިންސާނުނަށް ﷲ ގެ އިރާދައިގަ އޮތް ގޮތް އިނގޭބާއެވެ؟ އަހަރުމެނަށް އޮތީ ﷲ ދެއްވި އިލްމެއް ބޭނުންކޮށްގެ އަހަރުމެނާއި އަހަރުމެންގެ ދަރީން ސަލާމަތް ކުރުން ނޫން ތޯ އެވެ؟
ރައްޔިތުކަލޯ
12 March 2023
ޚާލިޤުވަންތަ ﷲ ކާއިނާތު ޚަލްގު ކުރައްވާފަވަނީ އިންސާނާގެ ކޮށި ވިސްނުމާ ފަގީރު އިލްމް ތަކުން ދެނެގަނެވޭވަރަށްވުރެ މާ ފުރިހަމައަށް. އެހެންވީމަ ތިޔަޒާތުގެ ކަންކަމަކީ އެއްގޮތަކަށްވެސް ބިރުގަނެ ކަންބޮޑުވާންޖެހޭ ކަންކަމެއްނޫން. އިންސާނާ އަށް އޮތީ ﷲ ގެ ކުޅަދުންވަންތަކަމާމެދު ވިސްނާ ފިކުރުކޮށް ދެއްވި ނިއުމަތަށް ޝުކުރާ ހަމްދު ކުރުން.
ކުންފަޔަކޫން
12 March 2023
ކަންކަމާމެދު ވިސްނާ ފިކުރުކޮށް ްިލްމީގޮތުން ލިބެންހުރި މައުލޫމާތުގެ މައްޗައް ބުރަވެ ވާހަދެއްކުމަކީ ކުރާކަމެއް، އެއީ ކުފުރުވުމެއްނޫން!
ބުރޯސް
12 March 2023
ﷲ ދެއްވި ސިކުޑިޔާއި އަތާއި ފައި ބޭނުން ކޮށްގެން ގިނި ހިލަ ގޮއްވާލުމުގެ ބާރުވެސް ﷲ އަހަރުމެން އިންސާނުނަށް ދެއްވާފަވާ ކަމާމެދު ޝައްކުކުރަނީތޯ؟