ބީއެމްއެލްގެ ހެޑް އޮފީސް. -- ފައިލް ފޮޓޯ: ބީއެމްއެލް
16 މާޗް 2023 - 15:08
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅޭނީ ތިމާވެއްޓާ ގުޅުންހުރި ޕްރޮޖެކްޓް ތަކަށާއި، ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަ އާއި މަންފާއަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކަށެވެ. ޕްރޮޕޯޒަލް ހުށަހަޅާ ޕްރޮޖެކްޓުތަކުގެ ތެރެއިން ހޮވާލެވޭ 20 ޕްރޮޖެކްޓަކަށް 500،000ރ. އާ ހަމައަށް ބީއެމްއެލްއިން އެހީ ދޭނެ އެވެ.
ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯޒަލް ހުށަހެޅޭނީ އަންނަ މަހުގެ 15 ނިޔަލަށެވެ. ޕްރޮޕޯޒަލް ހުށަހަޅަން ޖެހޭނީ [email protected] އީމެލަށެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް އެދި ޕްރޮޕޯޒްލް ހުށަހެޅޭނީ ރަޖިސްޓްރީ ކޮށްފައިވާ ޖައްމިއްޔާތަކަށް އެކަންޏެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 80 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ވަނީ ދީފަ އެވެ. ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ދ. ހުޅުދެލި، ލ. މުންޑޫ އަދި ލ. ފޮނަދޫގައި ހިންގި ޕްރޮޖެކްޓުތައް ދާދި ފަހުން ވަނީ ނިންމައި ހުޅުވާފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy