ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ 2021 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއެކު: ބަންގުލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތަށް ވިސާ ދޭން އެ ގައުމުން ވަނީ ނިންމައިފައި.-- ފޮޓޯ: ރައީސް އޮފީސް
31 މާޗް 2023 - 19:52
ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތަށް ވިސާ ދޭން އެ ގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ޓުވީޓެއްގައި ބުނީ، ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތަށް ވިސާ ދޭން އެ ގައުމުގެ ސަރުކާރުން ނިންމައި އެކަން އަންގާފައިވާ ކަމަށެވެ. އެ ފުރުސަތު ދޭނީ އެ ގައުމުގެ ސަރުކާރުން ގަބޫލުކުރާ މަތީ ތައުލީމު ދޭ ތަންތަނުގައި ކިޔަވާ ދަރިވަރުންނަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"... ދެން ވިސާ ދޭނީ އެ ދަރިވަރަކު ކިޔަވާ ކޯހުގެ މުއްދަތަށް،" ފޮރިން މިނިސްޓްރީން ބުންޏެވެ.
ދަރިވަރުންނަށް ދިގު މުއްދަތަަށް ވިސާ ދޭން ނިންމުމުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭ ކޭ އަބްދުލް މޫމިން އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވައިފަ އެވެ.
ބަންގްލަދޭޝްގައި މިހާރު ވެސް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. އޭގެ ތެރޭގައި ގިނައީ ޑޮކްޓަރުކަމާއި އިންޖިނިއަރުކަން ކިޔަވާ ކުދިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަންގާޅީވިސާ
02 April 2023
މީގެ ކުރިން ކިޔަވާ ކުދިންތިބީ ކޮންމެ ތިން މަހަކުން ތިންމަހަކުން ވިސާ އާކޮށްގެންތޯ.
ރައީސް ސޯލިހަށް
01 April 2023
ދިވެހި ކިޔަވާ ކުދީން މިހާރު އެންމެ ގިނަ ފައިސާ ޚަރަދުކުރާ އެއް ގައުމަކީ މެލޭޝިއާ. މިފަހަކަށް އައިސް މެލޭޝިއާގެ ކޮލެޖުތަކުން ހައްދު ފަހަނަ އަޅާ ދާވަރަށް ވަނީ ވިސާ ފީ ބޮޑުކޮށްފައި. މެލޭޝިއާގެ އިމިގްރޭޝަނުން ސްޓޫޑެންޓް ވިސާ އަށް 60 ރިންގިޓް ނެގި ނަމަވެސް ކޮލެޖުތަކުން ނަގަނީ 1000 - 1500 ރިންގެޓް ބައެއް ތަންތަނުން 3800 ރިންގެޓް. މެލޭޝިއާގަ ހުންނަ ދިވެހި އެމްބަސީ އަކީ ނަމެއްގަ ހުންނަ ދިވެހި ދަރިފަސްކޮޅުތަކަކަށް ދައުލަތުން ކުރާ ބޭކާރު ޚަރަދުތަކެއް.
އޮނަރަބްލް އަފީފު ދީދީ
01 April 2023
ރާއްޖޭގައި އިމިޤްރޭޝަން ޤާނޫނާއި ޙިލާފަށްތިބި ބިދޭސިން (ޙާއްސަކޮށް ބަންގާޅުން) ބޭރުކުރަން ޔާމީނު ސަރުކާރުން މަސައްކަތްކޮށް މާލޭގައި ހުންނަ އެމްބެސެޑަރާއި ބައްދަލުކޮށް ރާއްޖޭގައި އުޅޭ ބަންގްދޭޝް މީހުންގެ ތެރެއިން އެމީހުންގެ އަތުގައި ޕާސްޕޯޓް ނެތް މީހުންގެ މައްސަލަ ހައްލުކުރަން ބުނުމުން ބުނީ "ތިޔަބުނާ މީހުންނަކީ ބަންގްލަދޭޝް މީހުންކަން އިގެނީ ކިހިނެއްހޭ" އޭނާ އެހި. މާނައަކީ ބަންގްލާ ސަރުކާރުން އެމީހުނާއި ޙަވާލު ނުވާނަމޭ. ދެން ކިހިނެއް ހަދާނީ؟
ފިލިއަފީފު
01 April 2023
ކަލޭ އަތުގަ އޮންނަނީ ސީޝެލްސް ޕާސްޕޯޓެއްނުން! ދެން ދިވެހިންގެ ކަންކަމާ ނުބެހި މަޑުންހުރެބަލަ!
ދިއްދޫ އަފީފު.
01 April 2023
ދެން ހަދާނެ ގޮތަކީ އެމީހުން ދިވެހިންނަށް ހެދުން. އެމީހުން ބޭނުމީވެސް އެގޮތް. އަދި އެހެންގޮތެއް އަހަރުމެންނަށް ނުވެސް ހެދޭނެ.
ޙުސެންް
01 April 2023
1 މަސްދުވަސް ވަންދެން ޖަލައް ލާއިރައް ތިބުނާ ޕާސްޕޯޓް ފެންނާނެ... އެމީހުން މިތަނައް އަންނަނީ ލާރި ހޯދަން ލާރި ނުލިބި ރަށައް ލާރި ނުފޮނުވޭ ހިސާބުން ފާސްޕޯޓްވެސް ފެންނާނެ.. ހަސީނާ ވެސް އަންނާނެ.
2023
01 April 2023
ޙަސީނާއްތަ ކާރީބުނެބަލަ ޕާސްޕޯޓް ނެތް އަދި ހަމަވެފަ ތިބި އެންމެން މިގައުމުން ބޭރުކޮށްދޭން.... ބޮއިހަލަކި
ޑޮކްޓާރ. ބަނާނާ
01 April 2023
ދުނިޔޭގެ ޕާސްޕޯޓް އިންޑެކްސް ގައި ބަންގާޅަކީ އެންމެ ފުލުގައި އޮތް ގައުމު. ދުނިޔޭ ކޮންމެގައުމެއްގެ ރައްޔިތަކަށްވެސް އޮންއެރައިވަލް ވިސާ ބަންގާޅުން ދޭ.. ގާނޫނު ނުހިންގޭ ވިސާނެތް އެތަށް ހާސް ބަންގާޅިން މިގައުމުގައި ގެންގުޅެ މިއަދު މިތިބީ އަހަރެމެން ރާކަނި މަސް ކެވިފަ. ދެވަނަ ރޮހިންޖާ އަށް ދެން މިގައުމު ނުވެއްޖެ ނަމަ ކިތަންމެ ހާވެސް ރަގަޅު..
އެމްސް
01 April 2023
ތިއަށްވުރެ މިޤައުމަށް ފައިދާ ބޮޑުވާނީ މިޤައުމުގަ ތިބި އަންސްކިލްޑް އަދި ވިސާވެސް ނެތި (ޕާސްޕޯޓްވެސް ނައްތާލައިގެން) އުޅޭ އެޤައުމުގެ މީހުން އަނބުރާ ގެންދިޔައިއްޔާ!
ޙިނި
01 April 2023
ޙެވިފަ ފޮޓޯ ނެގިޔަސް ތީ ލަދުގަންނައް ޖެހޭކަމެއް، އަމިއްލަގައުމުގަ ދިވެހި ދަރިންނައް ކިޔަވާ ދެވެނިކީވެސް ނޫން.
ކުދު ބެއްޔާގެ އުއްޗު
31 March 2023
ހަސީނާ ދައްތަ ވެސް ހުރީ އިބޫ ފަޅީގައި!
ލަފަންގޭ
31 March 2023
ބޮޑު ބލއެއްނުން މިގައުމަށް ޖެހިފައި މިއޮތީ ދެން ބަންގާޅިންނަށް ވިސާއާއިނުލައި މިގައުމަށް ނާދެވޭ ގޮތަށް ހަދަންވީ
ދޮރުފޮތި
31 March 2023
އެނމީހުންވާ ރަނގަޅު