އަންހެނަކު ބެންޗެއްގައި އިށީނދެގެން: ރާއްޖޭގައި ނަފްސާނީ މައްސަލަތައް ހުށަހަޅާ މިންވަރު ދަނީ އިތުރުވަމުން.
02 އެޕްރީލް 2023 - 11:57
މާލެއިން ރިޕޯޓްކުރާ ކޭސްތަކުގެ އިތުރަށް ނަފްސާނީ ބަލީގެ މީހުން އަތޮޅުތެރޭގައި ވެސް ގިނަވަމުންދާ ކަން މި ފަހުގެ ތަފާސްހިސާބުން ފެންނަން އެބަހުރި ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ނަފްސާނީ ބަލީގައި ގއ. ކަނޑުހުޅުދޫން 25 އަހަރުގެ ޒުވާނަކު މިދިޔަ ހުކުރުދުވަހު ވަނީ މަރުވެފަ އެވެ. އޭނާ އެ ބައްޔަށް ފަރުވާ ހޯދާތާ އަހަރެއް ވެއްޖެ އެވެ. ފަރުވާގައި ކުރި ނުލިބި މި ޒުވާނާގެ މަރުން އެނގެނީ ރާއްޖޭގައި ނަފްސާނީ ބަލީގެ ނުރައްކާ އޮތް ވަރެވެ.
ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ކޭސްތަކެއްގެ ރިޕޯޓް ލިބޭ ކަމަށެވެ. އޭގެ ތެރޭގައި އެކި ގޮތްގޮތުން ނަފްސާނީ ބައްޔަށް ހުށަހެޅިގެންދާ މީހުން ވަރަށް ގިނަ ކަމަށް ވިދާޅުވި އެވެ.
ނަފްސާނީ ބައްޔާ ދެކޮޅަށް ގައުމީ މަޝްރޫއު އިފްތިތާހްކުރުމުގެ ޖަލްސާ: މި ބަލީގައި ރާއްޖޭގެ ހާލަތު ވަރަށް ގޯސްކަމަށް މިހާތަނަށް ނެގި މައުލޫމާތުތަކުން އެނގޭ.
އޭނާ ވިދާޅުވި ގޮތުގައި އެ ކޭސްތަކުން ފެންނަން އޮތީ, ދިރިއުޅުން ރޭވިފައި އޮތް ގޮތުން ވެސް ނަފްސާނީ ބައްޔަށް ހުށަހެޅޭނެ ސަބަބުތައް ގިނަ ކަމެވެ.
"ވަރަށް ގިނަ އާއިލާތަކުން މިކަން އެބަ ތަހައްމަލް ކުރޭ. މި ކަހަލަ ވަރަށް ބައިވަރު ކޭސަސްތަކުގައި އަޅުގަނޑުމެން އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ," އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މި ހާލަތުގައި, ހުރިހާ އިދާރާތަކެއް ގުޅިގެން ކުރަން ޖެހިފައި އޮތް މަސައްކަތްތައް ގިނަ އެވެ. މިހާރުން މިހާރަށް ހަރުދަނާކުރަން ޖެހޭ ކަންތައްތަކެއް ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ.
ނަފްސާނީ ބަލީގައި މިދިޔަ އަހަރުގެ ފަހުކޮޅާ ހަމައަށް ޑޮކްޓަރަށް ދެއްކި ތަފާސްހިސާބު
ނަފްސާނީ ބަލީގެ މީހުންނަށް ގަވާއިދުން ބޭސްކެއިތޯ ބެލުމާއި ފަރުވާ ލިބޭތޯ ކަށަވަރު ކުރުމާއި އާއިލާ އަށް ލަފަ އާއި އިރުޝާދު ދިނުމުގެ އިތުރުން މަރުކަޒު ކުރަން ޖެހޭ މީހުންގެ ޒިންމާ ވެސް ނަގަނީ ޖެންޑާ މިނިސްޓްރީންނެވެ. އެ އަށް ވުރެ ބޮޑަށް މިކަމުގެ ތެރޭގައި ހުރިހާ އިދާރާތަކުގެ ބައިވެރިކުރުން ބޮޑުކުރުމަކީ ކުރަން ޖެހިފައިވާ ކަމެއް ކަމަށް މި ފަރުވާގައި އުޅުއްވާ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
ނަފްސާނީ ބަލީގެ މައްސަލަތައް ގިނަކަމުން މި ފަހުން ސަރުކާރުން ވަނީ ނަފްސާނީ ބައްޔާ ދެކޮޅަށް ގައުމީ މަޝްރޫއެއް ވެސް ފަށައިފަ އެވެ. އެ މަޝްރޫއުގައި އާއްމުކުރި މައުލޫމާތުގައި ބުނެފައި ވަނީ ރާއްޖޭގައި ފަސް މީހުންގެ ތެރެއިން އެކަކު ޑިޕްރެޝަންގެ އުނދަގޫ އިހްސާސްކުރަން ޖެހެ އެވެ.
ނަފްސާނީ ބަލިތަކުގައި ޑޮކްޓަރަށް ދައްކަން އަބަދުވެސް ބޮޑު ކިޔޫއެއް އޮވެ އެވެ. ވެއިޓް ލިސްޓުގައި އަބަދުވެސް 3،500 މީހުން މިދިޔަ އަހަރުގެ މެދާ ހަމައަށް ތިބި ނަމަވެސް އެ އަދަދު ކުޑަކޮށްފައިވާ ކަމަށް އައިޖީއެމްއެޗުގެ މެންޓަލް ހެލްތު ސެންޓަރުން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
03 April 2023
ރާއްޖެތެރޭގަ މިކަން އޮތީ ކިހިނެއްތަ؟
އަޑުއަހާބަލަ
03 April 2023
ރާއްޖޭގެ މާހައުލު މާ ވާދަވެރިވީމަ ވާގޮތް. ދެންހުރި މީހާ މަރާލާފަ ވައްޓާލައިފަވެސް ކުރިޔަށްދާން. ބަންގާޅު ރާއްޖެއަށްވެ ވަޒީފާއެއް ވެސް ނުލިބޭ. ދިރިއުޅޭނެ ދާއިމީތަނެއް ނެތް. މުއްސަނދިން މުއްސަނދިވެ ފަގީރުން އިތުރަށް ފަގީރު. އެންމެން ވާންޖެހެނީ ލޯޔަރުންނާއި، ޑޮކްޓަރުންނަށް، މައިންބަފައިން ދަރިން ތަފާތު ކުރޭ. ގެއިންނެރެލާ. މި މުޖްތަމައުގެ މައްސަލަތައް ނުނިމޭނެ. ރަނގަޅު ވެރިއެއްގެ އިންތިޒާރުގައި
އެމްސް
02 April 2023
މިޤައުމުގަ %90 ވަޒީފާތަކުގަ ބިދޭސީން ބައިތިއްބައިގެން ދިވެހިންނަށް އަނގަޔާއި އަތާ ދިމާކުރެވޭނީބާ؟ ނަފްސާނީ ވެގެން އަމިއްލަ މަރުނުވެ ތިބޭކަންވެސް ރަގަނޅު!
ކުލާށް
02 April 2023
މާއްދިއްޔަތު އުފުލުނުވަރަކަށް ނަފްސާނީވުން އިތުރުވެ ދެއެވެ.
ބިސްޕުޓީ
02 April 2023
ނަފްސާނީ ބަލި ގިނަ ނުވިއްޔާ ދެރާ މިހާރު ދިވެހިންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިއްޖެ. އެއްކަމަކީ ހުޅަގެ ދިވެހިންނާ ނުގުޅޭ ކަންކަމުގެ ތެރެއަށް ޒުވާނުން ގެއްލުން. ސޯޝަލް މީޑިޔާއިން ހަގީގަތާ ހިލާފު އެތައް ކަމެއް ފެންނަނީ. އަނެއް ކަމަކީ ހިތްހަމަ ޖައްސާލަން ހުރި ކަންކަން ހަރާމްވަމުން ގޮސް ހުސްވެއްޖެ.
އެމްސް
02 April 2023
ދެކޮޅުޖެހޭ އާމްދަނީގެ ހުރިހާ ވަޒީފާއެއް ބިދޭސީންނަށް ދީގެން ތިބީމަ ނަފްސާނީ ނޫނީ ލާއިންސާނީތާ ދެން ވެވޭނީ!
ބޮޑުމީހާ
02 April 2023
މިގައުމުގަ ހުރި އިޖްތިމާއީ މައްސަލަތައް ހައްލުކުރަން ސަރުކާރުން ކޮންކަމެއްހޭޭކުރަނީ. މައްސަލަތައް ފެށިގެން އަންނަ ކަންކަން ހައްލުނުކޮށް ކިތަންމެ ފައިސާއެއް ފަރުވާއެއް ދިނަސް ކަންކަން ހައްލެއް ނުވާނެ. 5 ލައްކަ އާބާދީ އެއް މެނޭޖުނުކުރެވުމަކީ ގައުމީ ބޮޑު މައްސަލައެއް.
އެމްސް
02 April 2023
5 ލައްކަ ބިދޭސީންގެ ކަންކަން ބަލަހައްޓާފަ ސަރުކާރަކަށްވެސް ދިވެހިންގެ ކަންކަމާއި ދޭތެރޭގަ ވިސްނާކަށް ވަގުތެއްވެސް ނޯންނާނެ!
ކޮރަލް
02 April 2023
ރާއްޖެއަށް 1.5 މިލިއަނަށް ވުރެ ގިނަ އިންޓޫރިސްޓުން އާދެއެވެ. އާބާދީގަ 5 ލައްކަ ހަމަ އެއް ނުވެ އެވެ. ރާއްޖޭގެ ދަރަނި 100 ބިލިއަނުން މަތީގަ އެވެ. ދެން ނަފްސާނީ ބަލިތައް ގިނަ ވާނެ އެވެ. ރާއްޖޭގެ އާބާދީ އަށް ބަލާއިރު ފައިސާ ބަހާލެވޭ ވަރަށް ފައިސާ ލިބެ އެވެ. އެކަމު އެތައް ބިލިއަން ގެ ކޮރަޕްޝަން އަމަލު ހިންގާތީ ގައުމު ދަރަނި ވެރި ވަނީ އެވެ. ރައްޔިތުން ވޯޓް ދޭ އިރު ވޯޓް ދޭންވީ ޕާޓީއަކަށް ނޫނެވެ. ރަނގަޅު މީހާ އަށެވެ.
އެމްސް
02 April 2023
ވޯޓްވެސް ދެން ލާންވީ ބޮންދަކަށް، ހުރިހާ ވަޒީފާއެއްގަހެން ތިބީވެސް އެމީހުންތާ!
ބޮނަކުއާ
02 April 2023
އެމީހުންވެސް ބޭނުންވޭ ސާފް ދިރިއުޅުން.
މޭންމޭޑް
02 April 2023
މާހައުލު ދޫކޮށް ފޯނާކުޅެން ތިބޭތީ ތިހެންތިވަނީ
ސަސި.
02 April 2023
ދެން ފަހެ ދަންނައެ، ޖެންޑަރ މިނިސްޓްރީން ފުރިހަމައަށް ޒިންމާއަދާ ކޮއްފިއެވެ. އހ