ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައި ހުރި އާޒާދުގެ މަގާމު އެކައުންޓަންޓް ޖެނެރަލް އަށް ބަދަލުކޮށްފައިވަނީ މިއަދު-- ފޮޓޯ: ފިނޭންސް މިނިސްޓްރީ
04 އެޕްރީލް 2023 - 13:58
ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގެ ނަން އެކައުންޓަންޓް ޖެނެރަލަށް ފިނޭންސް މިނިސްޓްރީން މިއަދު ބަދަލުކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ، އެކައުންޓަންޓް ޖެނެރަލްގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވީ ކުރިން ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި މުހައްމަދު އާޒާދު ކަމަށެވެ.
އެ މަގާމުގައި ހުންނަވާ ބޭފުޅަކު އަދާކުރައްވަން ޖެހެނީ ފައިނޭޝަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތުތަކެވެ. އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ ފައިސާ އާއި ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމު، އޮޑިޓަ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން ބެލެހެއްޓުމާއި ދައުލަތަށް މުދާ ގަތުމާއި ރައްކާތެރިކަމާ އެކު ބެލެހެއްޓުމެވެ. އަދި ލިޔެކިޔުންތައް ނައްތާލަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށްތޯ ބެލުމަކީ ވެސް އެ މަގާމުގެ މަސްއޫލިއްޔަތެކެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގެ ނަން ބަދަލުކުރީ މާލިއްޔަތު ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން، އެ މަގާމުގެ ނަން އެކައުންޓެންޓް ޖެނެރަލަށް ބަދަލުކުރަން ޖެހޭތީ އެވެ. މަގާމުގެ ނަން ބަދަލުވި ނަމަވެސް، މުސާރަ އާއި އަދާކުރަންޖެހޭ މަސްއޫލިއްޔަތަށް އެއްވެސް ބަދަލެއް ނާދެ އެވެ.
އާޒާދު، ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭނާއަކީ ސީއެފްއޭ ޗާޓާ ހޯލްޑަރެެއްގެ އިތުރުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ އިން ބެޗެލާސް ޑިގްރީއަކާއި ސައިންސް އިން ފައިނޭންސް ދާއިރާ އިން މާސްޓާ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
އާޒާދު ކުރިން އޭނާ ވަނީ، ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ރިފޯމް ކޮންސަލްޓަންޓެއްގެ ވަޒީފާ އާއި ހަޒާނާ މޯލްޑިވްސްގެ އެކައުންޓް އެންޑް ފައިނޭންސްގެ އިސްވެރިޔާގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބޯޑު މެމްބަރުކަން ވެސް ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަދުރު
04 April 2023
ފައިނޭންސް ކޮންޓުރޯލު ކުރުމުގެ ބޭނުމަކީ ރައީސް ވިދާޅުވާ ކަންކަން ކުރުމަށްޓަކައި ފަސޭހަކުރުމެވެ. މިސާލަކަށް ރާއީސް ރިޔާސީ ކެމްޕޭނުގައި ވޯޓު ހޯދުމަށް ރަށްރަށަށް އަރާފައި ބުނެފާނެ މިރަށުގައި ހޮސްޕިޓަލު އަޅާނަމޭ ދެން ލާރި ނެތަސް ބިޑްކޮށް އެހާހިސާބުން ދެންނިމުނީއެވެ. ދެން ހޮސްޕިޓަލް އަޅާކަށް ނުޖެހޭނެއެވެ. ފައިނޭންސް ކޮންޓުރޯލްވީނުންތޯއެވެ. ރައްޖޭގެ އެއްވެސް މުއައްސަސާއެއް ގާނޫނާއި އެއްގޮތަށް ހިގާތޯއެވެ. ކެރެންނާ އެމުއައްސަސާގެ ނަން ބުނެލާދީ ބަލާށެވެ.
ބޮޑުމީހާ
04 April 2023
ނަން ބަދަލުކޮށްގެން ބަޔަކަށް އެވޯޑް ދޭނަމަ މިސަރުކާރަށް އެ އެވޯޑް ޙައްޤު
އަލީ.
04 April 2023
އަޅޭ މީމީހުންނަށް ޤާނޫނާއި އެއްގޮތަށް އެއްވެސް ކަމެއް ކުރަން ނޭގެނީތަ. ކީއްކުރަންތަ ތިގޮތަށް ނަމަށް ބަދަލު ގެންނަންވީ.
އަމީން .
04 April 2023
އިބުރާހީމު ވެސް ބޭނުންވަނީ މައުމޫނު ކުރިފަދަ ވެރިކަމެއްކުރަން. އެހެންވެ މިފަދަ ބަދަލުތައް ގެންނަނީ. އެކަމަކު ދެން މާގިނަ ދުވަހަކު ނުހުރެވޭނެ. ޖެހޭނީ ގެއަށްދާން.
ނަދީމު.
04 April 2023
އުއްތަމަ ފަނޑިޔާރަކީ ޖަސްޓިސް މިނިސްޓރަށް ވެސް ހަދާލަންވީނު.
އޮނަރަބްލް އަފީފު ދީދީ
04 April 2023
ތިކަމެއް ނުކުރެވޭނެ. ތިއީ ދައުލަތުގެ ޤާނޫނުއަސާސީއާއި ޙިލާފު ނިންމުމެއް. ޤާނޫޖުއަސާސީދައި ދައުލަތުގެ އޮޑިޓަރ ޖެނެރަލް އާއި ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލަރގެ މަޤާމާއި އެންޓިކޮރަޕްޝަން ކޮމިޝަނަރ ގެ މަޤާމްގެ އިތުރުން މަރުކަޒީ ބެންކްގެ ޤަވަރު ނަރު ފަދަ މަޤާމްތައް ކަޑައަޅާ އުފައްދާފައިވަނީ ވަކި ބޭނުމަކަށް. # އެއީ އިދާރީ ހިންގުމުގެ ވެރިޔާ ބޭނުންގޮތަކަށް އުފައްދާ މަޤާމް ތަކެއްނޫން. އަދި އެމަޤާމް ތަކުގެ މަސްއޫލިއްޔަތަކާއި ވެސް ތިހެން ނުކުޅެވޭނެ.
އޮނަރަބްލް އަފީފު ދީދީ
04 April 2023
ޤާނޫނުއަސާސީގައި އެމަޤާމެއްގެ ވާހަކަ (ނަމާއިއެކު) ބުނެފައިވާ މަޤާމަކަށް ނުވަތަ ޤާނޫނުއަސާސީގައި އެފަދަ މަޤާމެއްގެ ނަން ލިޔެ ހާމަކޮށްފައިވާ ނަމަކަށް ވިޔަސް ބަދަލުކޮށް އެފަދަ މަޤާމެއްގެ ޒިންމާތަކަށް އުނިއިތުރު ގެނައުމަކީ ރައީސްގެ ޤަރާރަކުންވިޔަސް އެކަން ކުރުމުގެ ބާރު ނުވަތަ އެފަދަ އެއްވެސް ވާހަކައެއް ޤާނޫނުއަސާސީގައި ނެތް ކަމަކަށްވާތީ ތިޔަ ގެންނެވު ބަދަލަކީ ރާއްޖޭގެ ޤއ ދަންނަ ކަމަކަށް ނުވާތީ ތިއީ ޤާނޫނީ ގޮތުން ގެނެވޭނެ ބަދަލެއްނޫން ކަމަށް ދެކެން.
ޅޮލަލާ
04 April 2023
އެކައުންޓަންޓް ޖެނެރަލާ އޮޑިޓަރ ޖެނެރަލަކީ ދޭއްޗެއް ކޮއިފުޅާ