ވިޔަފާރި / ކްރޮސްރޯޑްސް

ދިވެހިންނަށް ހާއްސަ އޮފާތަކާ އެކު ކްރޮސްރޯޑްސްގައި އީދު ފާހަގަ ކުރަނީ

ސަގާފީ ގިނަ ހަރަކާތްތަކެއް މި އަހަރުގ ފިތުރު އީދަށް ކްރޮސްރޯޑްސްގައި ބޭއްވުމަށް ވަނީ ނިންމާފަ. -- ފޮޓޯ: ކްރޮސްރޯޑްސް

12 އެޕްރީލް 2023 - 13:28

ސަގާފީ ގިނަ ހަރަކާތްތަކަކާ އެކު ދިވެހިންނަށް ހާއްސަ އޮފާތަކެއް ހިމެނޭ ގޮތަށް، އަންނަ ފިތުރު އީދު ކްރޮސްރޯޑްސްގައި ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ނިންމައިފި އެވެ.

ކްރޮސްރޯޑްސްއިން ބުނި ގޮތުގައި ފިތުރު އީދު ފާހަގަ ކުރުމަށް އެ ރިސޯޓްގައި ބާއްވާ ހަރަކާތްތައް ދެ ދުވަހަށް ދެމިގެންދާނެ އެވެ. އީދު ދުވަހު ކްރޮސްރޯޑްސް އަށް ޒިޔާރަތް ކުރާ މީހުންނަށް ދިވެހި ސަގާފީ ހުށަހެޅުންތަކެއް ފެންނާނެ ކަމަށާއި އޭގެ ތެރޭގައި މާލި ނެށުމާއި ބޮޑުބެރާއި ފެންކުޅީގެ ހަރަކާތްތައް ހިމެނޭ ކަމަށް އެ ރިސޯޓުން ބުންޏެވެ.

މާލި ޕްރޭޑް އޮންނާނީ އީދު ދުވަހުގެ ހަވީރު 4 ޖަހާއިރު ހާޑްރޮކްގަ އެވެ. ސަގާފީ އީދު ޝޯ އާއި ކުޅިވަރުތައް އޮންނާނީ ސައި ބީޗް ކްލަބްގަ އެވެ.

މިދިޔަ އަހަރުގެ އީދު ކްރޮސްރޯޑްސްގައި ފާހަގަކުރަނީ: މާލި ޕްރޭޑެއް ވެސް ބޭއްވި -- ފޮޓޯ: ކްރޮސްރޯޑްސް

އީދު ދުވަހާއި ޖެހިގެން އަންނަ ދުވަހަކީ ކްރޮސްރޯޑްސްގެ ސްޓްރީޓް މާކެޓަށް ހާއްސަކޮށްފައިވާ ދުވަހެވެ. އެ ސްޓްރީޓް މާކެޓަކީ މަޖާ މާހައުލެއްގައި އެކި ދާއިރާތަކުގެ ކުދި ވިޔަފާރިތައް ޕްރޮމޯޓުކުރުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށް ކްރޮސްރޯޑްސްއިން ބުނެ އެވެ.

އީދު ދުވަހަށް ހާއްސަކޮށް ކްރޮސްރޯޑްސްގެ އެކި ރިސޯޓުތަކުން ހާއްސަ އޮފާތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ދިވެހިންނާއި ޓޫރިސްޓުންނަށް ހާއްސަކޮށް މި މަހުގެ 22-24 އަށް ކަނޑައަޅާފައިވާ އީދު "ގެޓްއަވޭ" ޕެކޭޖުގެ ދަށުން ސައި ލެގޫން މޯލްޑިވްސްގެ އައުޓްލެޓްތަކުން 30 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި ދަ މެރީނާގައި ހުރި ރެސްޓޯރަންޓުތަކުގެ ތެރެއިން ގިނަ ރެސްޓޯރަންޓުތަކުން 20 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.

މިދިޔަ އަހަރުގެ ކުޑައީދު ކްރޮސްރޯޑްސްގައި ފާހަގަކުރަނީ: އެ ރިސޯޓްގައި ސަގާފީ ބޮޑު މަސްބޭނުމުގެ ހަރަކާތްތައް ބޭއްވި. -- ފޮޓޯ: ކްރޮސްރޯޑްސް

އެ ރެސްޓޯރަންޓުތަކަކީ ލައިވް ކަލިނަރީ ސްޓޭޝަނާއި ޕޫލް ޕާޓީ އެކްސެސް ލިބޭ ރެސްޓޯރަންޓުތަކެވެ.

ކްރޮސްރޯޑްސްއިން ބުނި ގޮތުގައި އީދު ދުވަހަށް ހާއްސަ އިންޑިއަން، ތައި އަދި ޗައިނީޒް ފުޑްސް އަށް ހާއްސަ ބޮޑު ބުފޭއެއް ކެބާބް އެންޑް ކަރީ، ކިންކޯ، އަދި ޖިއާއޯ ވޫ ރެސްޓޯރަންޓުގައި އޮންނާނެ އެވެ.

ފިތުރު އީދާ ގުޅިގެން މި މަހުގެ 21 ވަނަ ދުވަހު 11 ޖެހުމާ ހަމައަށް ހާޑްރޮކް ކެފޭއިން ދިވެހިންނާއި ޓޫރިސްޓުންނަށް ހިލޭ މިލްކްޝޭކް ވެސް ލިބޭނެ އެވެ.

ދަނޑިޖެހުމާއި ބޮޑުބެރު މި ފަހަރު ވެސް ކްރޮސްރޯޑްސްގައި އޮންނާނެ. -- ފޮޓޯ: ކްރޮސްރޯޑްސް

ކްރޮސްރޯޑްސް އަކީ މި ފަދަ އެކި މުނާސަބަތުތައް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް މަސައްކަތް ކުރާ ތަނެއް ކަމަށާއި އެ ތަނަކީ ދިވެހިންނަށް ވެސް އީދު ފަދަ މުނާސަބަތެެއްގައި މަޖާ ވަގުތުތަކެއް ހޭދަ ކުރެވޭނެ ތަނަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ތަނެއް ކަމަށް ކްރޮސްރޯޑްސްއިން ބުނެ އެވެ.

ކްރޮޮސްރޯޑްސްގެ އީދު އޮފާއާ ގުޅޭ އިތުރު މައުލޫމާތު 6651200 އަށް ގުޅައިގެން އަދި 7307000 އަށް ވަޓްސްއެޕް ނުވަތަ ވައިބާކޮށްގެން ލިބޭނެ އެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 17%
icon angry icon angry 0%
icon wow icon wow 17%
icon inlove icon inlove 17%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454