ކުޅިވަރު / މާޒިޔާ ސ.ރ.ކ

ސީރިއަސް ޓާގެޓެއް އެބައޮތް، މާޒިޔާ ވިސްނާނީ އަމިއްލަ ތައްޔާރީތަކަށް: އިވާން

މާޒިޔާގެ ކޯޗު އިވާން ކޮލޭވް.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެހެން ޓީމުތަކުން މެޗަށްވާ ތައްޔާރީތަކަށް ނުބަލައި މާޒިޔާ ނުކުންނާނީ އަމިއްލަ ޓީމުގެ ތައްޔާރީތައް ފުރިހަމައަށް ވެގެން ކަމަށް އެ ޓީމުގެ ކޯޗު އިވާން ވެންކޯވް ކޮލޭވް ބުނެފި އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުތުމުގެ ކުރިން އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޯޗު އިވާން ބުނީ މާޒިޔާ އަށް އޮތީ ސީރިއަސް ޓާސްކެއް ކަމަށާއި އެހެން ޓީމުތަކުގެ ނަތީޖާތައް ބެލުމުގެ ޝައުގުވެރިކަމެއް ނުގެންގުޅޭ ކަމަށެވެ.

"އަހަރެން ނުވިސްނަން، އަހަރެންގެ ކުޅުންތެރިން ވެސް ހިޔެއް ނުވޭ އެހެން ޓީމުތަކުގެ ތައްޔާރީތަކަށް ވިސްނުމުގެ ޝައުގުވެރިކަމެއް ގެންގުޅޭހެނެއް،" އިވާން ބުންޏެވެ.

"އަހަރެމެން ވިސނަނީ އަހަރެމެންގެ ތައްޔާރީތަކަށް. އެއީ އަހަރެމެންގެ ސީރިއަސް ޓާގެޓެއް އެބައިން. އެހެންވެ އަހަރެމެންގެ ވިސްނުން ހުންނަން ވާނީވެސް އަހަރެމެންގެ ތައްޔާރީތަކަށް."

މާޒިޔާ ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. އަދި އޭގެ ކުރިން ވަނީ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅެ ޗެރިޓީ ޝީލްޑް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ބުރު ސްޕޯޓްސް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ޓީސީ އަތްދަށު ވެފަ އެވެ.

މި ސީޒަނުގައި މާޒިޔާއިން މިހާތަނަށް ކުޅުނު ދެ މެޗުގައި ވެސް ވަނީ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ ގޯލު ޖަހައިފަ އެވެ. ނަމަވެސް ދެ ވަނަ ހާފުގައި އެ ޓީމަށް ދެ މެޗުގައި ވެސް އުނދަގޫތަކެއް ކުރިމަތިވި އެވެ. އިވާން ފާހަގަ ކުރި ގޮތުގައި މިއިން އަންގައިދެނީ ރާއްޖޭގެ ފުޓްބޯޅައިގެ ލެވެލް ކަމަށެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ކާމިޔާބު ހޯދަން މިއަށްވުރެ މަތީ ލެވެލެއްގެ ފުޓްބޯޅަ ކުޅެން ޖެހޭ ކަމަށް އިވާން ބުންޏެވެ.

"ފުރަތަމަ ހާފުގައި މިސާލަކަށް އީގަލްސް އާ ދެކޮޅަށް މޮޅަށް ކުޅެވުނު، ދެވަނަ ހާފުގައި ކުޅުން ހަލާކުވީ އަމިއްލައަށް. ދެން ޓީސީ އާ ކުޅުނު މެޗަކީ އަހަރެންނަށް ވަރަށް އާދަޔާ ހިލާފު މެޗެއް. އެއީ ހަގީގަތުގައި ދެވަނަ ހާފުގައި ކުޅުނީ އެންމެ 15 މިނިޓު. ފަހު 30 މިނިޓުގަ އެމީހުން ތިބީ ދަނޑުމަތީ އޮށޯވެލައިގެން. މިއީ އެމީހުންގެ ސްޓްރެޓަޖީ، އެމީހުންގެ ޓެކްޓިކްސް. އަހަރެމެން އެކަމަށް އިހުރިރާމް ކުރަން ޖެހޭ،" އިވާން ބުންޏެވެ.

"ފާއިތުވި ހައެއްކަ އަހަރަށް ބަލާއިރު މާޒިޔާ އަންނަނީ [ރާއްޖޭގައި] ހުއްޓުމެއް ނެތި ޗެމްޕިއަންކަން ނަގަމުން. އެއަށް ފަހު އޭއެފްސީ މުބާރާތުގައި ކުޅޭ. ރާއްޖޭގައި ޗެމްޕިއަނުންގެ ގޮތުގައި ޑޮމިނޭޓް ކުރޭ، އެކަމަކު އޭއެފްސީގައި ކިހިނެއް ވަނީ؟ ކާމިޔާބު ވޭތަ ނޫނީ ފެއިލް ވަނީތަ؟ ކޯޗެއްގެ ގޮތުން އަހަރެން ޖެހޭ މި ހުރިހާ ކަމަކަށް ވިސްނަން. އޭއެފްސީގައި ކުޅެންޏާ މިއަށް ވުރެ މަތީ ލެވެލްގެ ފުޓްބޯޅަ ކުޅެން ޖެހޭ. އެހެން ކްރައިޓީރިއާ އަކަށް ކުޅުން ބައްޓަން ކުރަން ޖެހޭ."

އިވާން ބުނީ އާ ކްރައިޓީރިއާ އަކަށް ކުޅުންތެރިން ތަމްރީނު ކުރާނީ އޭނާ ކަމަށާއި ނަމަވެސް ކުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަކީ ކުޅުންތެރިންނަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އެހެންވެ މެޗުގެ ބޭނުން ހިފާނީ ޓީމު މިހާރު ތިބި ހިސާބެއް ދެނެގަނެ، އިތުރަށް މަސައްކަތް ކުރަންވީ ކަންކަން ދެނެގަތުމަށް ކަމަށް އިވާން ބުންޏެވެ.

ހަމަ އެއާ އެކު އިވާން ބުނީ މި މެޗުގައި ފުރަތަމަ ޑިވިޝަނަށް އާ ޓީމެއް ނުކުންނަ ނަމަވެސް އެމީހުން އަންޑައެސްޓިމޭޓް ނުކުރާނެ ކަމަށާއި ކޮންމެ މެޗަކީ ވެސް މާޒިޔާ އަށް މުހިއްމު މެޗެއް ކަމަށެވެ.

"ކޮންމެ މެޗަކީ ވެސް އަހަރެމެންނަށް ވަރަށް މުހިއްމު މެޗެއް. ކުރިއަށް އޮތް މެޗަކީ ވެސް މުހިއްމު މެޗެއް. އެއީ އަހަރެމެން މި ކުރާ މަސައްކަތުން ކުރިއެރުން ލިބުނުތޯ ބެލުން މުހިއްމު. އަހަރެމެން މި ކްރައިޓީރިއާ ކަވަރުކޮށް ދާން ބޭނުންވާ ހިސާބަށް ދެވިއްޖެތޯ ބަލަން،" އިވާން ބުންޏެވެ.

އަދިވެސް އެއްފަހަރު ބުނެލަން މިއީ ފަސޭހަ ކަމެއް ނޫން، އަވަސް ޕްރޮސެސް އެއް ވެސް ނޫން މިއީ. އެންމެ ރަނަގަޅު ގޮތަކީ ކުޅުންތެރިން މަސައްކަތް ކޮށްގެން ކުރިއެރުން ހޯދުން. އަހަރެން ދެކޭގޮތުގައި މިއީ އެންމެ މުހިއްމު ކަމަކީ."

އިވާން ބުނީ މާޒިޔާގައި ސްޓާޓިން އަށް ވާދަކުރަން ވަރުގަދަ ސްކޮޑެއް އޮވެ، ޓީމަށް އެންމެ ފައިދާ ކުރާނީ ސީޒަން ނިމެންދެން އެއް ފެންވަރެއްގައި ކުޅުން ހިފަހައްޓާލެވިގެން ކަމަށެވެ. އަދި މާޒިޔާގެ ވަރުގަދަ ސްކޮޑެއް އޮވެ، އާ ކްރައިޓީރިއާ އަކަށް މަސައްކަތް ކުރާއިރު ގިނަ ބަޔަކު އުންމީދު ކުރާގޮތަށް ލިބޭ ކޮންމެ ފުރުސަތެއްގައި ބޯޅަ ގޯލަށް ފޮނުވާލަން އުނދަގޫ ވާނެ ކަމަށެވެ. ނަމަވެސް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް އަޅައި މިކަން ވެސް ހައްލު ކުރެވޭނެ ކަމަށް އިވާން ބުންޏެވެ.

މާޒިޔާ އާއި ބުރު ސްޕޯޓްސް ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 10 ޖަހާއިރެވެ.

3 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ު

21 April 2023

ގައުމީޓީމް 32 ކުޅުންތެރިން ތިންބަސް ތިވަނީ ވާވަރު ކިރިޔާ މޮޅުވަ

The name is already taken The name is available. Register?

މޯޑް

21 April 2023

ޓާގެޓް ތި އޮތީ ހާސިލުވެފަ އޭ

The name is already taken The name is available. Register?

މާފަންނު

20 April 2023

މާޒިޔާ އުޅެބަލަ އެހެން ކަމަކާ ، ބޮޑުޙަރަދުކޮއްގެން ކޮންކަމެއް ތަވަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454