ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ގާސިމް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ރާއްޖެއަށް 200 މޭލު ސަރަހައްދެއް ގެއްލިއްޖެ ކަމަށް.
02 މެއި 2023 - 00:25
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ އިމުގެ މައްސަލަ ނިމުނީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށާއި އެ ސަރަހައްދު ހޯދަން ކުރެވެން އޮތް މަސައްކަތެއް ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމީ ރާއްޖެ އަށް ބޮޑު ބައެއް ލިބޭ ގޮތަށެވެ. ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެ އަށް ލިބެ އެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ.
އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ.
ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިގްތިސާދީ ނަފާ ހޯދަން ދިވެހިންނަށް ލިބެން އޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް އިޓްލޮސްގެ ހުކުމާ އެކު ގެއްލިއްޖެ ކަމަށެވެ.
އޭގެ ސަބަބަކީ ގާސިމް ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރުން މިކަމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު މޮރިޝަސްއަށް ފަހިވާގޮތަށް ކުއްލިއަކަށް ބަދަލުކުރުމެވެ. އެއާއެކު މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީ ބޮޑު ދައުރެއް އަދާކުރިކަން، ފަނޑިޔާރު އިއްވެވި ހުކުމުން އެނގެން އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
"މި އަމަލަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 3ވަނަ މާއްދާ އާއި އަދި 6/96 ދިވެހިރާއްޖޭގެ ކަނޑުތަކާ ބެހޭ ގާނޫނުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތްތަކާ ހިލާފަށް ކުރެއްވެވި އަމަލަކަށްނުވޭތޯ އެވެ؟" ޓުވީޓުގައި ގާސިމް ސުވާލު އުފެއްދެވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ސަރަޙަައްދުން އެންމެ ކޮޑި އިންޗިއެއް ވެސް ދިވެހިންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ތާއީދެއް ނުކުރައްވާނެ އެވެ.
"އެހެންކަމުން އިޓްލޮސް ގެ މި ހުކުމާ ގުޅިގެން ދިވެހިންނަށް ގެއްލިގެންދިޔަ ކަނޑުގެ ސަރަހައްދު އަނބުރާ ލިބޭނެ އެއްވެސް ގޮތެއް އޮތްތޯ ދިރާސާކޮށް، އެމަގަށް ދިވެހިރައްޔިތުންނާ އެކު އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިތިބީ ނުކުމެ އެވެ،" ގާސިމް ވިދާޅުވި އެވެ.
ރާއްޖެއަށް ކަނޑުގެ ބޮޑުބައި ލިބިފައިވުމަކީ ކާމިޔާބެއް ކަމަށް ސަރުކާރުން ބުންޏަސް ޕީޕީއެމާއި އެމްއެންޕީ އާއި އެމްއާރުއެމުން ވެސް ވަނީ އެ ނިންމުން ބަލައިނުގަންނަކަން ހާމަކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑަމް
03 May 2023
ވެރިކަމައް އަންނަންބޭނުންވީމަ ކޮންމެމީހަކުހާދަގިނަ އަޑުއަހާހިތްވާކަހަލަ މޮޅުވާހަކަދައްކަވައެވެ.ތިކަހަލަ ބޭކާރުވާހަކަތައްދެއްކިއަސްނުދެއްކިއަސް އެމީހަކައް ވޯޓުލާނެމީހަކުވޯޓުލާނެއެވެ ފަހުން ރަތްމަހައް ނުގޮވާއެއްޗެހިމީހުންލައްވަ ގޮއްވަން ކީއްކުރަންދައްކާބޭކާރުވާހަކައެއްތޯއެވެ.
ދޮންކަބިލި
02 May 2023
ކޮންތަނެއްތަގެއްލުނީ،!؟ އެއީ އެއްއިރަގެވެސް އަހަރުމެންގެ ތަނެއްނޫން
ނާޒިމް ހުސޭންބެ
02 May 2023
އަތުުގަ ނެތް އެއްޗެއް ގެއްލޭނެ ގޮތެއް ހަމަހލާ ނޭގުނު. ދެން ކޯއްޗެއް ހޯދޭނީ. މަވެސް އެބައުޅެމޭ ދޯތިބުނެލީ. ސިޔާސީ ގޮތުން އުރަތްޕެއް ނެތް މީހުން ވެރިކަމަށް ދަހިވެތިވީވީނުން ގައުމުފުނޑެނީ.
ނުގެއްލޭ
02 May 2023
މަޖްލިސްގަ މާމިގިލީ ދާއިރާ ލިއެފަ އިންނަ މޭޒު ކައިރީ އިންނަ ގޮނޑީގަ އިންނަންވާ މީހާ އިހަށް އެތަނަށް ހޯދައިދީ އެ ދާއިރާގެ ހާޒިރީ ރަގަޅުކޮށްލިއްޔާ މާ ރަގަޅުވާނެ. އެތަނުން ގެއްލިގެން އުޅޭ މީހަކު ނުހޯދި ކިހިނެތް ގެއްލިގެން އުޅޭކަމަށް ކިޔާ ބޮޑު ކަނޑެއް ހޯދާނީ.
ބޮޑުމީހާ
02 May 2023
ގެެއްލުނު އެއްޗެއް ދެނެއް ނުލިބޭނެ. ދެރަކަމަކީ މިވަރުކަމެއް ހިގާއިރުވެސް މަނިކްފާނުގެ އަބިކަބަލުންނަކީ ސަރުކާރުގެ އެއް މިނިސްޓަރު. ހުރިހާ ދިމާލެއްގައި މަނިކްފާނުގެ މީހުން ލައިގެން ތިކިޔާ ލަވައެއް ދިމާނުވޭ.
ރިސޯރޓު ބޯއީ
02 May 2023
ޤާސިމޫ!!!!!! ޤާސިމު ހީކުރަނީ އަދި ވެސް ދިވެހިން ވ ގަމާރު ކަމައްތަ؟ތިޔަބުނާ ޙައްޤު ހޯދަން ތި ވަޢުދު ވަނީ،،ފުރަތަމަ ޤާސިމު ކާރި މަސައްކަތް ކުރި މީހުން އަތުން ކާލި ސަރވިސް ޗާރޖު ދޭން އުޅެބަލަ،ހެޔޮ ނުވާނެ ޤާސިމޫ،އަެގެ ފަހުން ޗާގޯސް ހޯދަން އުޅެބަލަ
ތިއޮތީ ވެރިކަން ލިބިފަ!
02 May 2023
ޤާސިމް ރައީސް ކަމުގެ ދަހިވެތި ކަމުގައި، ފިޠުނަވެރި ދޮގު ނުފެތުރުމަށް އެދެމެވެ! އެހެނީ ވަކި ފަރާތަކަށް ނުޖެހޭ، ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުޢިއްޒު ވިދާޅުވަނީ ކަނޑުގެ އިމުގެ މައްސަލައިގައި، ދިވެހި ސަރުކާރުން ނިންމި ނިންމުމުން ރާއްޖޭގެ އިޤްތިސާދުން ބައެއް ނުގެއްލޭ ކަމަށެވެ. ޤާސިމް އިބްރާހިމަށްވުރެ މުޢިއްޒުގެ ބަހުގައި ބުރަދަން މާބޮޑެވެ. މާ ޢިލްމީ އެވެ.
ރޫމް ބޯއީ
02 May 2023
ކޮވިޑު ތެރޭ ގެއްލުނު ވަޒީފާ އަދިވެސް ނުލިބޭ… އެ ހޯދަވާދެއްވާ
އައްޔަ ބޮޑޭ
02 May 2023
މަނިކުފާނު މަހުޖަނަކައްވީ އެތަނުން ލިބުނު ނަފާއިންތޯ,
ދޮހޮއްތު
02 May 2023
ކޯލިޝަނެއް ތޭ .. ޒިންމާ އެއްވަރެއް ނުރެކެވޭޅޭ….