ބީއެމްއެލް އެޕްލިކޭޝަން. ޓޫ ފެކްޓާ އޮތެންޓިކޭޝަން ވަނީ ތައާރަފްކޮށްފައި-- ފޮޓޯ: ބީއެމްއެލް
07 މެއި 2023 - 15:22
ބީއެމްއެލްގެ އެޕްލިކޭޝަނަށް "ޓޫ ފެކްޓާ އޮތެންޓިކޭޝަން" ތައާރަފްކޮށްފި އެވެ.
އެ ބޭންކުން ސޯޝަލް މީޑިއާގައި އާންމުކުރި ގޮތުގައި ކަސްޓަމަރުންގެ މައުލޫމާތު ރައްކާތެރިކޮށް، އެޕްލިކޭޝަންގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި ޓޫ ފެކްޓާ އޮތެންޓިކޭޝަންގެ އަޕްޑޭޓެއް ކަސްޓަމަރުންނަށް ފޮނުވަމުން އަންނަ ކަމަށެވެ. އެ އަޕްޑޭޓް ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގައި ރަޖިސްޓަރީ ކޮށްފައިވާ ހުރިހާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބުންޏެވެ.
As a further step to protect our customers, we have introduced Two Factor Authentication (2FA) for Mobile Banking today. This update will verify that the login is by the registered customer. 🔐
— Bank of Maldives (@bankofmaldives) May 7, 2023
To enable 2FA, you can update your Mobile Banking app on App Store or Play Store.
ބީއެމްއެލް އިން އާ ސެކިއުރިޓީ ފީޗާއެއް އެޕްލިކޭޝަންއަށް ގެނެސްފި-- ފޮޓޯ: ބީއެމްއެލް
ޓޫ ފެކްޓާ އޮރެންޓިކޭޝަން ހޯދުމަށް، މިހާރު ބޭނުން ކުރާ އެޕްލިކޭޝަން އަޕްޑޭޓް ކުރުމަށް ބޭންކުން އެދުނެވެ.
އެ ސެކިއުރިޓީ ފީޗާއާ އެކު، އެކައުންޓްގެ ޔޫޒާނޭމް ފޮނުވާނީ، މޯބައިލް ނަންބަރަށެވެ. ޕާސްވާޑް ފޮނުވާނީ އީމެއިލް އެޑްރެހަށެވެ.
ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަތަކެއް ދާދި ފަހުން ވަނީ ދިމާވެފަ އެވެ. އޮޅުވާލައިގެން އެކައުންޓުތަކުން ފައިސާ ނަގާ މައްސަލަތައް ހައްލު ކުރުމަށް މީގެ ކުރިން ވެސް ބޭންކުން ވަނީ ސެކިއުރިޓީ އިތުރު ބަދަލުތައް ވެސް ގެނެސްފަ އެވެ.
ކިއުއާރް ޕޭމަންޓް ހަދަން އޯޓީޕީ ޖަހަން ޖެހޭ ގޮތަށް ހަދައި، ކިއުއާރް ޕޭމަންޓްގެ ލިމިޓް އުވައިލި އެވެ. އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން ހިދުމަތް މެދުވެރިކޮށް، ކުރާ ހުރިހާ މުއާމަލާތުތަކަށް ބޭނުންވާ ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އީމެއިލަށް ފޮނުވުން ވަނީ ހުއްޓާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހުތާނު
07 May 2023
އޯޓީޕީ ޖަހާ ކޮންފާމް ކުރީމަ ވަހުތާނު އެނބުރި އެނބުރި އިނދެފަ އެބުނަނީ ސަމްތިންގ ވެންޓް ރޯންގޭ. މިހާރު 10 ވަރަކަށް ފަހަރު ތިކަމާ އުޅެވިއްޖެ. އެޕް އަޕްޑޭޓް ކުރެވުނު މޮޔަ ހީވެއްޖެ މިހާރު.
އައްބެ
07 May 2023
ތިޔަ އެޕް އަޕްޑޭޓްކޮށްފައި ޕާސްވޯޑް ޖެހީމައި ނުބައިކަމަށް އެރީމައި، އަނެއްކާ ޕާސްވޯޑް ރިސެޓްކޮށްފައި އޯޓީޕީ ޖަހައިގެން އެޕް އިންނަނީ އެނބުރޭ ވަހުތާނެއްހެން އެނބުރިއެނބުރި. މިކަމުން ސަލާމަތްނުވެގެން މިއުޅެނީ. އޯޓީޕީ ވިއްސަކަށްފަހަރު ޖެހިއްޖެ. މިވަރުން ތިގޮތަށް އަޕްޑޭޓްތައް ނުނެރުއްވުމަށް އާދޭސްކޮށްފައި ބުނަން. ތިޔަ ބޭންކުގެ އައިޓީ ޓީމާއި ސިސްޓަމްތައް ސޮފްޓްވެއަރތައް ވަރަށް ދެރަވަރުކޮށް އުޅެނީ.
ކޮއެ
07 May 2023
މިހާރު އެންމެ ބޮޑު އުނދަގުލަކީ އިންޓަނެޓް ބޭންކޮންގެ ބިޒްނަސް އެކައުންޓް ތަކުގައި އޯޓޯޕީ ދޫކުރާ ގޮތް. 1 މިނިތެން ބަދަލުވާ އެނބުރޭ ސޯބެއްހެން އިންނަނީ. 58ވަނަ ސިކުންތުގައިވެސް ރިކުއެސްޓު ފޮނުވިދާނެ. ދެން ގިނަފަހަރު އަންނާނީ އޯޓީޕީ ނުބައި ކަމަށް. މީ ނަސީބު ނަންބަރެއް ކަހަލަ ކަމެއް.
އަދިވެސް އާދޭ
07 May 2023
އޯޓީޕީ މެއިލް އަށް އަދިވެސް އާދޭ
ކުޑަކަތީބު
07 May 2023
ބަލަ ތިތަނަކަށް ގުޅައިގެން ހުރެ ކަނޑަނީ، ކަނޑަނީ އޭ ކިޔަކިޔާ ހުއްޓާވެސް ކަންޑަނީ، ދެން ކުރާނީ އޮޓޯ ސުވާލު. . ޝެއަރ ކުރިން ހޭ! ނިމުނީ ވަﷲ އައުލަމް!!!