މަގުމަތީގައި ހުރެ އަންހެނަކު ނަށަމުންދިޔަ މަންޒަރު ފެންނަ ވީޑިއޯ އިން ނަގާފައިވާ ސްކްރީންޝޮޓްތަކެއް: ސޯޝަލް މީޑިއާގައި މި މީހާ އަށް އެތައް ބަޔަކު މަލާމާތްކުރަމުންދާ މައްސަލަ މިއަދު ވަރަށް ބޮޑު.
24 ޖެނުއަރީ 2017 - 17:53
ނަށަން ހުއްޓާ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ އަންހެނަކީ ސިކުނޑީގެ މައްސަލަ ހުންނަ މީހެއް ކަމަށާއި އޭނާ ހުރީ ކ. ގުރައިދޫގައި ހުންނަ ދައުލަތުގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޖީންސަކާއި ޓީޝާޓެއް ލައި ކޮނޑުގައި ދަބަހެއް އަޅުވައިގެން އާޓިފިޝަލް ބީޗް ކައިރީގައި ހުރެ އެކި ގޮތްގޮތަށް ހަރަކާތް ކުރަމުން ދިޔަ އަންހެނެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެެވެ. އަދި އޭނާއަށް ޖޯކު ޖަހައި މީހުން އަންނަނީ މަލާމާތްކުރަމުންނެވެ.
އެފަދަ މީހަކު އެކަނި މަގުމަތީގައި އުޅޭތީ ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ވެސް ފާޑު ކިޔައިފަ އެވެ.
އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އާމިނަތު ހުސެއިން ޝަރީފް (އައިންތު) ވިދާޅުވީ ސައިކޭޓްރިސްޓަކަށް ދެއްކުމަށްފަހު މި މަހުގެ ތެރޭގައި އޭނާ އެ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި އަދި އެއީ ކުރީގެ ވީޑިއޯއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސައިކޭޓްރިސްޓަކަށް ދެއްކުމަށްފަހު އަޅުގަނޑުމެން މި މަހުގެ ތެރޭގައި ވާނީ ދައުލަތުގެ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފަ. އެހެންވީމަ އެއީ ކުރީގެ ވީޑިއޯއެއް،" އައިންތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުކޮށް އެ މީހުންނަށް މަލާމަތްކުރުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި އެފަދަ މީހުންނަށް އެހީވުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމަށެވެ.
"އެފަދަ އަމަލުތައް ކުށްވެރިކުރަން. އެންމެންގެ ވެސް އެހީ ބޭނުންވާ މީހުންނަށް މަލާމަތްކޮށް ހެދުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް. މުޖުތަމައުގެ އެންމެންގެ ވެސް ޒިންމާއެއް އެފަދަ ކަމެއް ފެނިއްޖެ ނަމަ ކަމާބެހޭ މުއައްސަސާތަކަށް ރިޕޯޓު ކުރުމަކީ،" އައިންތު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޭން
11 March 2019
ތިމާ ނުކުރާކަމެއް އެހެން މީހަކު ކޮއްފިޔާ އެވީ މޮޔައަކަށް. އޭނަ ނަށައިގެން ކާކައްތަ ގެއްލުންވީ؟
އާދަން ހުސެން
25 January 2017
މުޅި އިންސާނިއްޔަތު އެކުގަ ރަގަޅުވާނެ ކަމުގަ ވިސްނާނީ ސިކުނޑީގަ މައްސަލައެއް ހުރުމުން. އެހެން ނޫންނަމަ އެންމެން ތިބީހީ މުސްލިމުންގެ ގޮތުގަ ނުވަތަ އެއްވެސް މުސްލިމަކު ގޯސް އަމަލެއް ނުހިންގީސް. މީހުންގެ ތެރޭގަ އެކިއެކި ތަފާތު ވިސްނުމުގެ މީހުންތިބުމާ ބުއްދި އެންމެ ތަނަވަސް ނޫން މީހުން މިފަދަ މަންޒަަރު އާންމު ކުރަނީ ހަގީގަތުގަ މަލާމާތްކުރުމުގެ ނިޔަތުގަ ނުވެދާނެ އެހެން ނަމަވެސް އެމީހުންނަށް އެކަން މަޖާކަމެއްގެ ގޮތުގަ ފެނުމުން އެހެން މީހުންނަށް ދައްކާލުމުގެ ނިޔަތުގަ ކަމުގަ ވެދާނެ. އަޅުގަޑުވެސް އެންމެ އެދޭ ގޮތަކީ އެފަ ކަންކަމުގަ އެ އަމަލު ކުރާ މީހާގެ އިންސާނީ ކަރާމާތް ނުކެނޑޭނެ ގޮތަކަށް ދެންތިބި މީހުން އަމަލު ކުރުން.
ނަންނުކިޔާ
24 January 2017
މީގެ ކުރިން އިބްތިހަަލް މަރުވީމާ "ކުއްވެރި ކުރަން" ކޯޓަށް ދައުވާ ކުރަން ފޮނުވީ ސިވިލް ސާވިސްގެ މުވައްޒަފުންނާމެދު. ދެން ވެސް ވާނީ އެހެން... ދައުލަތަށް ސަރުކާރަށް ކަންކަން ކޮށް ނުދެވުނީމާ އޭގެ އަގު އަދާކުރަން މިޖެހެނީ ދެރަ ނިކަމަތިން. " ބޮޑުން" ނިކުންނަން ކޮންމެވެސް "ދޮރެއް" އަބަދުވެސް ހުޅުވޭނެ
modaf
24 January 2017
ހަމަ ތިވައްތަރުޖަހާ ޚާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށް ލަފާ ކުރެވޭ އަންހެނަކު އެބައުޅޭ ފޭސްބުކްގަ މާ ވަރަކަށް ލައިވް ކޮއްކޮއްފަ. ބޭރު ގައުމެއްގައުޅޭ މިމީހާ ތިތަނުގެ ބެލުމުގެ ދަށުން ގުރައިދޫއަށް ގެންދެވޭނެގޮތެއް ނެތްތޯ.
ފާނަކޮށި
24 January 2017
ކީއްކުރާނީ ދިވެހިންގެ ގޮތްވިއްޔާ......