ހައްޖް ކޯޕަރޭޝަންގެ ހަވާލުގައި މީގެ ކުރިން ހައްޖަށް ދިޔަ ބަޔަކު: ޕެންޝަން ފަންޑުން މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް ފުރުސަތު އޮތީ ހުޅުވާލައިފައި.-- ފައިލް ފޮޓޯ: ހައްޖު ކޯޕަރޭޝަން
09 މެއި 2023 - 11:34
ރިޓަޔަމެންޓް ޕެންޝަން ސްކީމްގެ ދަށުން، މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ޕެންޝަން އޮފީހުން އިއްޔެ ހުޅުވާލައިފި އެވެ.
އެ އޮފީހުގެ އިއުލާނެއްގައި ބުނީ ހައްޖުވުމަށް މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމްގެ ފައިސާ ދޫކުރުމާ ބެހޭ ގަވާއިދުގެ ދަށުން، މި އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ ގަވާއިދުގެ ދަށުން ހައްޖަށް ގެންދިއުމުގެ ހިދުމަތް ދޭނީ ޕެންޝަން އޮފީހާ އެކު، އެއްބަސްވުން ހަދާފައިވާ، ހައްޖަށް ގެންދިއުމުގެ ހިދުމަތް ދޭ ފަރާތްތަކަށް އެކަނި ކަމަށް އިއުލާނުގައި ބުންޏެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން، މި މަހުގެ 14 އިގެ ކުރިން ސިޓީ ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް ޕެންޝަން އޮފީހަށް އެކަން އެންގުމަށް ޕެންޝަން އޮފީހުން އެދުނެވެ.
ޕެންޝަން ފަންޑުން ފައިސާ ނަގައިގެން ފުރަތަމަ ފަހަރަށް ރާއްޖެއިން މީހުން ހައްޖަށް ފޮނުވީ 2019 ވަނަ އަހަރު އެވެ. އެ އަހަރު 13 މީހަކު ޕެންޝަން ފަންޑުން ހައްޖަށް ދިޔަ އެވެ. އޭގެ ފަހުން އެ ފުރުސަތު ހުޅުވާލި މިއީ އަދި ދެވަނަ އަހަރެވެ.
ޕެންޝަން އޮފީހުން ކަނޑައަޅާފައިވާ ގޮތުން، ޕެންޝަން ފަންޑު ބޭނުންކޮށްގެން ހައްޖަށް ދެވޭނީ ރިޓަޔަމެންޓް ބެލެންސް އަށް 336،000ރ. ޖަމާވެފައިވާ މީހުންނަށެވެ. އެ އަދަދު ހަމަވިޔަސް ހައްޖަށް އެއް ފަހަރު ގޮސްފައިވާ މީހަކަށް އެ ފައިސާ ބޭނުމެއް ނުކުރެވޭނެ އެވެ. ހައްޖު އަދާކުރަން ޕެންޝަން ފަންޑުން ދެނީ ހަރަދުގެ 50 ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
10 May 2023
ނަދުރުބުނެގެން މަތީރަށްފުޅަށް ތިޔަ ފަންޑުން ފޮނުވާދޭނެ ބާ؟
ކޮތަރޭ
10 May 2023
ތިޔަ ޕެނަޝަން ފައިސާގެ ބޭނުމެއް އަހަރެމެންނަށް އެބައޮތްތަ؟ ވަޒީފާ އަކަށް ދުވަހަކު ނުގޮސް މަސްތުވެގެން ވެއްޓިފައި އޮންނަ މީހާއަށްވެސް 65 ވީމާ ދޭނީ 65ގެ ފައިސާ. އަހަރެމެން ބުރަ މަސައްކަތްކޮށްގެން މިހޯދާ ފައިސާ ކޮޅުން ޕެންޝަނަށޭ ކިޔާފައި ކަނޑާ އެތިކޮޅުން އަހަރެމެންނަށްވެސް ލިބޭނީ ހަމަ އެމީހާއަށް ލިބޭ ވަރުގެ ފައިސާ ކޮޅެއް.
މައުރޫފް ޢަލީ
10 May 2023
ތަންދޮރު ދަންނަ ވެރިން މުސާރަ ހަމަ އުޞޫލުން ދޭނީ. ބައެއްމީހުންނަށް 20000ރ އަނެއްބައި މީހުންނަށް 7000ރ ހަމަ ޑިގުރީ އެބައޮތް. ދާއިރާ ތަފާތީ. ޓީޗަރުންނާ ނަރުހުންގެ ޢާއިލާތައްތޯ އުފަލާ އަރާމުގަ އަބަދު އުޅެންވީ. އެޑްމިން މީހަކު 20، 25 އަހަރު ސަރުލާރަށް ޚިދުމަތްކުރިޔަސް ހަމަ 7000ރ މީދެން ބޮޑުވަރު. ތަކެތި ގަންނަނީ ހަމަ އެއްފިހާރައިން ހަމަ އެއްއަގަށް. ސައިބޯނި ފުޅި 7000ރ ލިބޭ މީހާއަށްވެސް 30ރ 20000ރ ލިބޭ މީހާއަށްވެސް 30 ރ އަށް
ޗދފއއ
10 May 2023
ޕެންޝަން ރުފިޔާ ގަނޑު ކާލައިގެން ތިބޭ ސަރުކާރުތަކުގެ ދެބޯގެރިތައް.. ދެން ސަރުކާރަށް ތާއީދުކުރާ ދެތިން މީހަކު 10 12 ނަމުގަ ކޮމެންޓު ކުރިޔަސް ސަރުކާރުން ބޭނުން ބަޔަކަށް ތިޔަ ދަތުރު ދޭނީ
އަސްލަމް އަބުދުއްރަހީމް
09 May 2023
ރައްޔިތުންނަށް މަލާމާތް ކުރުމާއި ޖެއްސުން ކުރުން މި ސަރުކާރުން ހުއްޓާލަން ޖެހޭ. ސަރުކާރުގަ އަޅުގަޑު އުޅޭތާ 24 އަހަރު. ފަންޑުގަ އަދި ކިރިޔާ ހަމަވީ ދެލައްކަ ރުފިޔާ. ދެން ތިޔަށް އިންތިޒާރު ކުރުމުގެ ބޭނުމެއް އެބައޮތްތޯ. ކެމްޕޭނުކުރަންވެސް ތި ޒާތުގެ ވާހަކަ ދެއްކީމަ ތިމާ މީހާގެއަގު ތިޔަ ވެއްޓެނީ. ތިޔަ އުޅެނީ އަހަރުމެންގެ އަމިއްލަ ފައިސާ ހުރެ އެފައިސާ ދައުލަތުން ބޭނުންވެގެން. ވީމާ ސަރުކާރުގަ ނެތެއް ނޫންތޯ ޕެންސަނަރުން ހައްޖައް ފޮނުވާލެވޭ ވަރުވެސް.
މޮޔަވެއްޖެ
09 May 2023
ކަލެޔަށް ރަގަޅު ސަރުކާރެއް ރާއްޖޭގަ ވެރިކަން ކޮއްފިތަ؟ މައުމޫނައްފަހު އަދި އެކަކަށް ދެދައުރު ފުރިހަމަކޮއްލަން ނުލިބެ. ވއރިކަމާ އެންމެން ތަޅާފޮޅަން ހަދައިގެން މުޅި ގައުމުގެ ހުރިހާކަމެއް ބޮއްސުންލަނީ. ސަރުކާރަކުން ކިތަންމެ ރަގަޅުކަަމެއް ކުރަން އުޅުނަސް ވެރިކަން ބޭނުންވެފަތިބޭ އިދިކޮޅު ޕާރޓީތައް ބަލަނީ ގައުމު ފަސާދަ ކޮއްލައިގެންވެސް އޭރެއްގް އޮންނަ ސަރުކާރުގެ އަގުވައްތާލައިގެން އަންނަ އިންތިޚާބު ކާމިޔާބު ކުރެވޭތޯ ބެލުން.
ކޮއްކޮ އަބްދުއްރަހީމް
10 May 2023
ސަރުކާރުނެއް ނޫން ދެއްތޯ ތިބޭފުޅާ ހައްޖަށް ފޮނުވަން ޖެހޭނީ... މަގޭ ޓެެކްސް ލާރިން އަސްލަމު ހައްޖަށް ގޮސްގެން ނުވާނެ...
އެކައުންޓު
09 May 2023
ކޮންމެވެސް މީހަކު ހިސާބު ހަދާލަބަލަ ކިތައްމީހުންނަށް 3360000 ހަމަވާނެތޯ.
ޝަމްސުއްނަހާރު
09 May 2023
ބޭފުޅާގެ ނެތަސް ވަރަށް ގިނަ މީހުންގެ ހުރޭ އިނގޭތޯ، ދެނވެސް މޮޅެތި ކޮމެންޓް ނުކޮށް މުސްކުޅި އުމުރަށް ފައިސާ ރައްކާކުރޭ!!
އާދަމް ވަހީދު
10 May 2023
މަގޭ އެބަހުރި.... ކަލޭގެ ނެތީ ރަނގަޅަށް މަސައްކަތް ކުރެވިފައި ނެތީމަ ދެއްތޯ
ބުނާނެއްޗެއްނެތް
09 May 2023
ދައުލަތުން ލީކުވާފައިސާތަކެއް
އަލީހަމީދު
09 May 2023
65 އަހަރުވީމަ 5000 ރުފިޔާލިބެނީ ކޮންތާކުން. ލީކުވާ ބައިންތަ؟
ހައްޖާޖީ
09 May 2023
ތިޔަ ފަންޑުގައި ހުރި ރުފިޔާއަކީ ހުރި އެއްޗެއްކަމުގައި ބުނާ، އޭގެން ވެރިފަރާތަށް ރާހަތެއް ނުކުރާ ހަމައެކަނި ނަންބަރެއް. ވ.ސަލާމް
ބޮޑު ހައްޖާ ޖީ
09 May 2023
ހައްޖަށް ދެވެޔޭ ބުނެ ބޮޑު ލިޔުމެއް ނެރުނީމަ އޭގައި އައިސް ތި ކޮމެންޓް ކުރަނީ ރާހަތެއް ނުކުރެޔޭ.. ކީކޭ ދެން ބުނާނީ.. ފުކެއް ބޮޑުވަރު ދޯ
ކަހެރުވައް
09 May 2023
އަޖައިބު ހައިރާނެއް ފަހެ މީހަކު ނުވާނެތަ؟ ހައްޖު ކޯޕަރޭޝަނަށް 70000 ދީގެން ހައްޖަށް ދެވޭއިރު 3360000 ސޭވިން އެކައުންޓްގަ ހުންނަންޖެހޭނީ ކީއްވެހޭ؟ މިއީ މީހަކަށް ފަސޭހައިން ހަައްޖަށް ދެވިދާނެތީ އަޅާފައޮތް ދަތިކުރުމުގެ ފިޔަވަޅަކާ ވައްތަރީ.. އަދި ކޮބާ ހައްޖަށް ދައްކަންޖެހޭ އަދަދުގެ %50 ދެނީވެސް. ތިވަރުން ތިކަން ކުރާކަށް އަހަރުން ބޭނުމެއްނޫން. މަގޭ ނަމުގަ ޖަމާވެފަހުރި ފައިސާކޮޅުވެސް ކާލާ...
މަރިޔަމް މުހައްމަދު
10 May 2023
ވެދާނެ ދެއްތޯ އެއީ ޕެންޝަން ފަންޑަކަށް ވާތީ ކަމަށް؟ ނިކަން ބާރަށް ގޮސް "ޕެންޝަން" މި ބަސް ގޫގްލް ގައި ޖަހާ، ސާޗުކޮށް، ކިޔަވައި، ދަސްކޮށްގެން، ތި ލިޔުނު ކޮމެންޓާއި މެދު ވަރަށް ވަރަށް ފުންކޮށް ވިސްނައި، ޖަވާބެއް ލިބޭތޯ ބަލާ.. އެ ބަހުގެ މާނަ، އަދި ޕެންޝަނަކީ ކޮބާކަން ފަހުމުވެއްޖެ ނަމަ ޖަވާބު އިރާދަ ކުރެއްވިޔާ ލިބިގެން ދާނެ... ވަރަށް ހެޔޮ ދުޢާ އަދި ސަލާމް
ޙުދާ
09 May 2023
އަހަރެމެން އަމިއްލަ އަށް ހޯދާ ފައިސާ ކޮޅުވެސް ކާލަނީ، 50 ޕަސަންޓް ދީގެން އަހަރެމެން ނިކަމެތިން ހައްޖަށް ދާން ބޭނުންވާ މީހުންް ކޮންތާކުންބާ ލާރި ހޯދާނީ ؟ ހުރިހާ އެންމެންނަކީ އަދީބެއް ނޫން، ހުރިހާއެންމެންނަކީ ކަޅުދަބަސް ކޮނގުއަޅައިގެން ދެވޭނެ މީހެއް ނޫން. ސަރުކާރު ގައި މިވަގުތު ރިޒާރވް ގައިހުރީ ރައްޔިތުންގެ ޕެންޝަން ލާރިކޮޅު އެކަނީ، އެވެސް ދަވާލަނީ. އަނެއްް 50 ޕަސަންޓް ކެމްޕޭނަށް ޚަރަދުކުރަނީ. ޕެންޝަން ލާރިއަކީ އެމީހާ ދުނިޔޭގަ ލިބޭ އެއްޗެއް ނޫން.
ސަލްސަބީލާ
09 May 2023
ކޮއިފުޅާ ތިޔަ ގެންގުޅޭ ފޯނުގަނޑަށްވުރެ ސުމާޓުވޭތޯ ތަޢުލީމު އުނގެނެން ވެއްޖެއްނުދޯ
ތަދުބީރާ
09 May 2023
ސަލްސަބީލާ އާބުނާކަށް. ޙުދާ އެބުނީ ހަމަތެދެއް. ތިޔަ ބުނާ ތަޢުލީމެއް ހޯދައިގެން މިހާރަކު ނުލިބޭނެ ހަރުދަނާ ވަޒީފާއެއް. ކުރީ ޒަމާނެއްގައި ބަޔަކު ތަޢުލީމު ޙާޞިލުކުރި މަތީ މަޤާމް ތަކަށް އެދިވެން. މިހާރު މަތީ މަޤާމް ލިބޭ ތަޢުލީމު ލިބޭނީ މާރުކޭޓު ތެރެއިންނާ ހަޔާތް ކެޑޭ ޑިގުރީއަށް ކިޔަވައިދޭ "މިހާރުގެ ވަކަރުގެ" ތަކުން.
މޮޔަވެއްޖެ
09 May 2023
@ސަލްސަބީލާ، ހިލަގަނޑެއް މަތީގަވެސް މީހަކު ސްމާޓް ފޯނެއް ބާއްވަފާނެ. އެހެނޭކިޔާފަ އެ ހިލަގަޑު ސްމާޓް ވާނެތަ؟