އެމްއެންޕީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ ރައީސް އަހްމަދު ނާޒިމް ވާހަކަދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
21 މެއި 2023 - 12:26
ރާއްޖެ އަށް ޑްރަގް އެތެރެކޮށް، ޖީލުތައް ހަލާކުކުރަމުންދާ މައްސަލައިގެ ހައްލެއްގެ ގޮތުން، ޓްރެފިކްކުރާ މީހުންނަށް މަރުގެ އަދަބު އޭނާގެ ވެރިކަމެއްގައި ދޭން މަސައްކަތްކުރައްވާނެ ކަަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވައުދުވެވަޑައިގެންފި އެވެ.
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ތާއީދުކޮށް، ބައެއް މީހުން ޝުއޫރުފާޅުކުރަން ފެށީ މި ފަހުން، މަސްތުވާތަކެތި އެތެރެކުރި މީހަކު ސިންގަޕޫރުގައި ދަންޖައްސައި މަރާލުމުންނެވެ. ތިން ހަފުތާ ތެރޭގައި ދެ ވަނަ މީހަކު މަރާލި އެވެ. އެންމެ ފަހުން އެ ގައުމުގައި މީހަކު މަރާލީ 1.5 ކިލޯގެ ކެނަބިސް އެތެރެކުރިކަން ސާބިތުވުމުންނެވެ.
އެއްވެސް ސަރުކާރަކަށް ހައްލު ނުހޯދުނު މަސްތުވާތަކެތީގެ މައްސަލާގައި އެންމެ ހަރުކަށި އަދަބަށް ތާއީދުކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއިރު ރާއްޖޭގެ ގާނޫނުތަކުގައި އޮންނަނީ މަރުގެ އަދަބު ދެވޭ ގޮތަަކަށް ނޫނެވެ. ޑްރަގު ޓްރެފިކް ކުރުމުން އެންމެ ބޮޑު އަދަބަކަށް އޮންނަނީ 25 އަހަރުގެ ޖަލު ހުކުމެކެވެ.
އެކަމަކު ރާއްޖޭގެ މައްސަލައަކީ، އަދަބު ތަންފީޒުނުކޮށް ނިޒާމުގެ ކޮންމެވެސް ދޭތެރެއަކުން ދެމިގަނެ މިނިވަންކަމުގައި އުޅުމެވެ. މިއީ، ސަރުކާރުތަކަށް އެންމެ ބޮޑު ފާޑުކިއުމެއް އަބަދުވެސް އަމާޒުވާ އެއް މައްސަލަ އެވެ.
ނާޒިމްގެ ވައުދުތައް ހިއްސާކުރަން ސިލްސިލާކޮށް ބާއްވާ ބައްދަލުވުމުގެ ތެރެއިން ކްލަބް ހައުސްގައި ރޭ ވާހަކަ ދައްކަަވަނިކޮށް މީހަކު ކުރި ސުވާލަކާ ގުޅިގެން ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމެއްގައި ޑްރަގު އެތެރެކުރާ މީހުންނަށް އޮތީ ހަރުކަށި އަދަބެވެ. ގާނޫނުން އެކަން ކުރެވޭ ގޮތަށް ބަދަލު ގެނައުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖެއަށް އެތެރެކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި މިފަހުން ފުލުހުން އަތުލައިގަނެ އެވެ. ފުލުހުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެވުނީ ވޭތުވެދިޔަ ހަތަރު އަހަރެވެ. އެކަމަކު، 100 ކިލޯއިން އަތުލައިގަނެވުނަސް އޭގެ ފަހަތުގައި ތިބި މީހުން ނިޒާމުގެ ތެރެއިން މިނިވަންވެ، ދޫވެފައި ތިބޭ މައްސަލައަށް ހައްލެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
22 May 2023
އެތެރެ ކުރާމީހުން އެކަންޏެއްނޫން. ބޭނުން ކުރާމީހުންނަށްވެސް އެބަޖެހޭ މަރުގެ އަދަބުދޭން. އެހެނީ ޑިމާންޑެއް ނެތްތާކަށް / ޤައުމަކަށް މަސްތުވާތަކެއްޗެއް އެތެރެއެއް ނުކުރާނެ.
ބާގްނާޒް
21 May 2023
ސިންގަޕޫރުގައި ދަންޖައްސާ މަރާލީ ސިކުނޑި ހަމަނުޖެހޭ މީހެއް. މީ މާމޮޅުކަމަކަށް ވެގެން މިވާހަކަ ދައްކާނީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތް މީހުން.
1828
22 May 2023
ސިކުނޑި ހަމަނުޖެހޭ މީހުން ކުރާ ޒާތުގެކަންކަން ހުންނާނެ. މަސްތުވާތަކެތި އެތެރެ ނުކުރާނެ ތިޔަ ބުނާ ކަހަލަ މީހަކު.
ބަބޫ
21 May 2023
ސިޔާސީ މީހުން ދައްކާވާހަކަ ޚާއްސަކޮށް ވޯޓާ ކައިރިކޮށްފަ. ގަބޫލުކުރާނީވެސް މޮޔައިން.
ދިންލީ
21 May 2023
ވެރިކަން ނުލިބޭނެހެން ހީވީމާ ހުރިހާ ކަމަކައްވެސް ތާއީދުކުރާނެ. އާކަމެއްނޫން.
މިސްޓަރ ޓިނޭ
21 May 2023
އަރުތޫރު ބުރަދަރސް ގެނެސް ގެން އެތެރެ ކުރި ސާމާނު ގެނައި މީހުންނަށް ދޭންޥީ ވެރިކަން ދޯ،،،
ކުޑަ-ކަތީބު
21 May 2023
ދެން މިހާރު ހުރިހާ ގޮތަކުންވެސް އެބަ އެނގޭ ކުރިން ވެރިކަން ކުރި ރައީސުން މީ ހުސް ފޮނިކަނޑާފައި ތިބި މީހުންކަން. އަމަލުން ކަން ކުރަން ލިބުމުން އެއްކަމެއްވެސް ނުކުރި. ނާޒިމްގެ މިނިސްޓަރުކަމުގައި އަމަލުން ދައްކާފަ ހުރި ކަންކަމަށް ބަލައި، ދެން މިހާރު ޔަގީންކުރެވެނީ ކަންކުރެވޭނެ ގާބިލްކަމާ އިލްމާހިލްމާ އަދި ގަޓު އެބަ ހުރިކަން. ނާޒިމަށް ތާއީދު. އުންމީދަކީ ގިނަ ބަޔަކު މިބަދަލަށް ރުހި ނާޒިމްގެ ވެރިކަމަކަށް ވޯޓުން އަލިވިލުން
އަހައްމަދޫ
21 May 2023
ހަމަ ތާއިދުކުރިޔަސް ކަމަކުނުދާނެ. ބޭނުން ވަނީ ތިކަން ތަންފީޒުކުރާނެ ގަޓުހުރި ވެރިޔެއް
އުމަރު2023
21 May 2023
ތިކަންވާނީ އުމަރަށް އެކަނި.
ޢަރުތަ
21 May 2023
އުމަރު ރަނގަޅުވާނީ ހަނޑުދޮންނަން...........
މުނީޒާސ
21 May 2023
ކަނޑަ އެޅިގެން ބޮޑު ދޮގެއް - ނުމަރާނެ ހުސް ސިޔާސީ ވާހަކަ، ގަމާރު ދެރަ އިންސާނުން ވާވައްދަން. ބަލަ މީހުންމަރަންށޭ ތިޔަ ގޮވެނީ، ހާލަތު ނޭނގިހުރެ.
ކުޑަ-ކަތީބު
22 May 2023
ކަނޑައެޅިގެން ދޮގެކޭ ބުނާކަށް ނޭނގޭނެ. ތީ އަސްލު ކަނޑައެޅިގެން ދޮގަކީ. އަނެކާ ނުކުރާނެ ކަން ކުރިއާލާ ސިޔާސީ ބޭނުމަށް ހަމަ ދޮގެއްކަން އެނގިހުރެ ބުނުން. ނާޒިމް އެދަނީ ސާބިތުކަމާއެކު ސިޔާސީ ރޭހުގައި ބަހާ އަމަލާ ދިމާކޮށް މަސައްކަތްކުރަމުން.
ކައިލީ
21 May 2023
ހާދަ އަންހެންދުޅާ ޖަވާބެކޭ ތި ދިނީ. އިންޑިއާ ސިފައިން ރާއްޖެއިން ބާލަންވެސް ހަމަ ތިކަހަލަ ވަރަށް ނޫން ޖަވާބެއް ދިނީ.
ކުޑަ-ކަތީބު
22 May 2023
އަންހެންދުޅާ ވީ ކޮންގޮތަކުން. ވަރަށް އެކަށޭނަ، ވަރަށް ކެރޭ ހިތްވަރުގަދަ މީހަކު ނޫނީ އެގޮތަށް ބުނަންވެސް ނުކެރޭނެ. އަދި ނާޒިމްގެ މިނިސްޓަރު ކަމުގައި ކަންކޮށްފައިވާ ގޮތަށް ބެއްޔަސް އެނގޭނެ، ކެރޭ މީހެއްކަން. ނާޒިމަށް ވާނެހެން ހީވަނީ