ހޯރަފުށީ އިންޓަނޭޝަނަލް ސްކޫލަށް އުއްޗުގެ ފަރާތުން ދޭ އެހީ، އޭނާގެ ދަރިކަނބަލުން ސާރާ، ހޯރަފުށީ ކައުންސިލްގެ ރައީސް ވަހީދަށް މިއަދު ހަވާލުކޮށްދެއްވަނީ.
21 މެއި 2023 - 19:09
ހޯރަފުށީ އިންޓަނޭޝަނަލް ޕްރީ ސްކޫލަށް ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) 1.1 މިލިއަން ރުފިޔާގެ އެހީ މިއަދު ހަވާލުކޮށްފި އެވެ.
އެ ރަށު ކައުންސިލުން ހިންގާ ޕްރީ ސްކޫލަށް، އުއްޗު ދެއްވާ މި އެހީ ހަވާލުކޮށްދެއްވީ އޭނާގެ ދަރިކަނބަލުން ސާރާ މުހައްމަދު މޫސާ އެވެ. އެ އެހީއާ ހަވާލުވެވަޑައިގަތީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށާއި ހޯރަފުށީ އައިސް ޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޑިސެމްބަރު 10، 2021 ގައި އުއްޗު ހޯރަފުއްޓަށް ވަޑައިގަތުމުން އިންޓަނޭޝަނަލް ޕްރީ ސްކޫލުގެ ތަރައްގީއަށް އެހީތެރިކަން ބޭނުންވެގެން ރަށުގެ އާއްމުން އެކަން ހުށަހެޅި އެވެ. އެއާއެކު، އެ ތަން ތަރައްގީކުރަން މީގެ ކުރިން ވަނީ ފައިސާގެ އެހީ ހޯރަފުށީ ކައުންސިލަށް ހަވާލުކޮށްފަ އެވެ.
ހޯރަފުށީ އިންޓަނޭޝަނަލް ސްކޫލަށް އުއްޗުގެ ފަރާތުން ދޭ އެހީ ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭނާގެ ދަރިކަނބަލުން ސާރާ، އެ ދާއިރާގެ މެމްބަރު ސަލީމް (ކ) އަދި ހޯރަފުށީ ކައުންސިލްގެ ރައީސް ވަހީދު ބައިވެރިވެވަޑައިގަންނަވަނީ.-
އުއްޗުގެ ފަރާތްޕުޅުން އެ ތަނަށް ދޭ އެހީގެ ޖުމްލައަކީ 1،171،558ރ. އެވެ. އޭގެ ތެރެއިން ބައެއް މާލީ އެހީގެ ގޮތުގައި އަދި އަނެއް ބައި ދީފައިވަނީ ތަކެތީގެ ގޮތުގަ އެވެ. އެ ތަކެތީގެ ތެރޭގައި ޕްރީ ސްކޫލަށް ބޭނުންވާ ފަރުނީޗަރާއި އޮފީސް ސާމާނާއި ކުދިން ކުޅޭނެ ޕްލޭ ގްރައުންޑަށް ބޭނުންވާނެ ތަކެތި ހިމެނެ އެވެ.
"ކޭމްބްރިޖް އިންޓަނޭޝަނަލް ސްކޫލް"ގެ ނަން ދީފައިވާ އެ ސްކޫލުގައި އަންނަ އޮގަސްޓް މަހު ފަށާ ދިރާސީ އާ އަހަރާއެކު ކިޔަވައިދޭން ފަށާނެ އެވެ. ކޮންމެ ކްލާހެއްގައި 20 ކުދިންނަށް ކިޔަވައިދޭ ގޮތަށް ތިން ކްލާސްރޫމު ހުރެ އެވެ.
ކައުންސިލުން ކުރިން ބުނީ އެ އިމާރާތުގެ ބިންގާ އަޅާފައި ހުރީ މައްޗަށް އިތުރު ކްލާސްރޫމުތައް ހެދޭ ގޮތަށް ކަމަށާއި ފަހުން ޕްރައިމަރީ ގްރޭޑްތަކާއި ސެކަންޑްރީ ގްރޭޑްތައް އިތުރުކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހެ
22 May 2023
ހޯރަފުށީގެ އިންޓަނޭޝަނަލް ސްކޫލެކޭ ސުރުހީގަ އޮތީމަ ވީ އުފަލުން ވަދެ ހަބަރު ބަލައިލިއިރު އެވީ ޕްރީސްކޫލަކަށް.
ހިތައްއަރާ
22 May 2023
އަހަރުތަކެއްކުރިން އުތުރުގެތަޢުލީމަށް އެންމެ ރަގަޅު ހއ. އަތޮޅު މަދަރުސާ. ހިތާމައަކީ ޓިޗަރުންގެ ފެންވަރުދަށްކަމާއި އާއިލީ ވަޒީފާތަކެއް ބަހަން ޖެހުމުން މަދަރުސާގެ ފެންވަރު ދަށްވެ 1 ދަރިވަރު ޓޮޕް1 އަށް އެރުން މަދަރުސާގެ މޮޅުކަމެއްނޫނެވެ. އޮންލައިން ޒަމާނެއްގައި ކުއްޖާގެ އަމިއްލަ މަސައްކަތުން ހޯދި ކާމިޔާބީއެވެ. ވެދިޔަ އޯލެވެލް އިމްތިހާނުގައި ނަތީޖާދަށް މަދަރުސާއެއް. ސީޔާސީވެގެން ތަޢުލީމީ ދާއިރާ ހަލާކު ވަމުންދާ ރަށެއް. އެވްރެޖް ނަތީޖާއެއް ނުނެރެވުނު.
އަބްޑޫޅް
22 May 2023
ތިޔަޔަށް ވުރެން ބޮޑު އެހީ އަކަށް ވީސް، "މަނިކޭ މަގޭ ހިތޭ"، މި ލަވަކިޔާ ސިންގަޅަ ކުއްޖާ ގެނެސްދިން ނަމަ.
ދަލޭކަ ދައިތަ
21 May 2023
އުއްޗު، ވީހާވެސް އަވަހަށް ރަނގަޅު ގޮތުގައި ހޭދަކޮށް ތީތިކޮޅު ބަހާ ހުސްކޮށްލާ. ތިނޫން ގޮތަކަށް ތި ހިފައިގެން ނެތް ދެވޭކަށް. ދުނިޔެއަކީ ވަގުތީތަނެއް ކޮންމެފަދަ ވަގުތަކުވެސް ތިމާއަށް ދުނިޔެ ނިމިދާނެ.
ދަގަތްފާނު
21 May 2023
ހެހެ، ސްކޫލެއް "އިންޓަނޭޝަނަލް" ވަނީ ކިހިނެއްތަ، ކުލާސްތަކަށްދާން ވިސާޖަހަންޖެހެނީތަ، ކޮންމެވެސްމީހަކު އަހަރެމެންކަހަލަ ތަންދޮރުނުދަންނަ ކަނޑުކޮހުންނަށް މިކަހަލަ ކަންކަން ސާފުކޮށްދީބަލަ.
އަބްޑޫޅް
22 May 2023
ދަގަތްފާނު، ކަލޭ އެކަން ތިޔަ ސާފު ކޮށް ދިނީ ނުން؟ ކޮންމެވެސް އެހެން މީހަކު ބޭނުމެއް ނުވެޔޭ. ބޫ ބޫ ބޫ.
ވަންޓޫކާފޯ
21 May 2023
ސައްލޭ އެތާ ކީއްތައެކުރަނީ؟ ޝުކުރިއްޔާ އުއްޗު.
ޒައިކީ23
21 May 2023
ސައްލޭ އެ ޑީލް ހޯދައިދެނީ.. އުއްޗުއާ ސައްލެ އެއީ އެއް ޓީމެއް..އައިސް ޕްލާންޓެއް އަޅަން 8 މިލިޔަންވެސް ދިން
ޢަރުތަ
21 May 2023
އުއްޗު ހާދަ ހެޔޮފުޅޭ، ހެޔޮ ރާހުމަތް ލައްވާށި.
މަގަތްހޯރަ
21 May 2023
އުއްޗުއަށް ވަރަށްބޮޑަށް ޝުކުރިއްޔާ މާތްﷲ އުއްޗުއަށް ހެޔޮރަޚްމަތް ލައްވާށިއެވެ.
ޕިންކީބަނާނާ
21 May 2023
އުއްޗުދިން އެހީގެ އަދަދު ކުޑަ ކަމަށް ބެލެވޭ، އެއީ އެފް އޭ އެމް އަށް ނާޗަރަންގީ ކުޅެން ވެސް ތި އަދަދުން އެހީ އުއްޗު ދީފަ އެބަހުރި، ވީމާ ގައުމުގެ ޅަދަރިންގެ ކިޔެވުމަށް ދޭ އެހީ ތިޔަށް ވެރެން ބޮޑު ކޮށްލަން ފެނޭ، ހިޔެއް ނުވޭ ބައްސާމު މެން އެފް އޭ އެމް އަށް ދިން ލާރިގަޑު ކާލިޔަސް ކައުންސިލް އިން އެހެން ހަދާނެހެނެއް. އެކަމު ތިވަރު ދިންތީވެސް ޝުކުރު ކުރަން، މި އުޅޭ ގައުމުގެ ހުރިހާ ރަށްތަކެއް 95 އަހަރަށް ނަގައިގެން ތިބި މީހުންނަށް ތިވަރުވެސް ނުވޭ ވިއްޔާ.