އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއްގައި ޝިދާތާ (މ) ބައިވެރިވެވަޑައިގަންނަވަނީ.-- ފައިލް ފޮޓޯ: މިހާރު
26 ޖެނުއަރީ 2017 - 08:22
އިދިކޮޅު އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝިދާތާ ޝަރީފްގެ ޕާސްޕޯޓް މިއަދު ހިފަހައްޓައި އެއާޕޯޓުން އޭނާ އަށް ހުރަސް އަޅައިފި އެވެ.
ޝިދާތާ ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީން ކުރި ޓުވީޓެއްގައި ބުނި ގޮތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނެ ޝިދާތާގެ ޕާސްޕޯޓް މިއަދު ހެނދުނު ވަނީ ހިފަހައްޓައިފަ އެވެ. އަދި އެއާޕޯޓުން ޝިދާތާ ވެސް ހިފަހައްޓާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
ޝިދާތާ ފަހުން "މިހާރު" އަށް ވިދާޅުވީ އެއާޕޯޓުން އޭނާ ހިފެހެއްޓީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އަމިއްލަ ދަތުރެއްގައި އިންޑިއާ އާއި ސްރީ ލަންކާ އަށް ވަޑައިގަތުމަށް ފަހު، މިއަދު ހެނދުނު އެނބުރި މާލެ ވަޑައިގަތް ތަނުން ކަމަށެވެ. އެއާޕޯޓުގައި ހުންނަ ޓޫރިސްޓް ޕޮލިހަށް ގެންގޮސް، އެ ތަނުގައި ބައި ގަޑިއިރަށް ވުރެ ގިނައިރު ބެހެއްޓުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ތަނުން ދިން ލިއުމުގައި އޮތީ އިމިގްރޭޝަނުން ޕާސްޕޯޓް ހިފަހައްޓާފައިވާތީ އަދި ފުލުހުންނާ ހަވާލުކުރީމާ މައުލޫމާތު ސާފުކުރުމަށް އެ ތަނުގައި ބެހެއްޓީ ކަމަށް. އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ބުނެފައެއް ނެތް. ޕާސްޕޯޓް ހިފެހެއްޓީ ކީއްވެގެން ކަމެއް އަޅުގަނޑަކަށް ނޭނގޭ،" ޝިދާތާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ރަސްމީ އެއްވެސް ފަރާތެއްގެ ބަހެއް އަދި ނުލިބެ އެވެ. އެހެންވެ، ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ.
އިދިކޮޅު އިިއްތިހާދުގެ ހިޔަނި ކެބިނެޓުގެ ހެލްތު މިނިސްޓަރުކަން ވެސް ކުރައްވާ ޝިދާތާ ވަނީ މީގެ ކުރިން ފުލުހަށް ހާޒިރުކޮށް، ފޯނު އަތުލައިފަ އެވެ. އެއީ މުޒާހަރާތަކާއި އެއްވުންތަކުން ހައްޔަރުކުރާ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް އެހީ ދޭން އެ އިއްތިހާދުން އުފެއްދި ފަންޑާ ގުޅޭ މައްސަލައެއްގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
26 January 2017
ސަބަބަކީ ސަރުކާރަށް ސަނާ ނުކިޔާތީ
ހައްޕު
26 January 2017
މިފެންނަނީ ގަހަކުން ގަހަކުން ކަނޑާ ތިރިކުރާތަން
ޢަބްދުﷲނާފިޒު
26 January 2017
ޕާސްޕޯރޓް ހިހަހައްޓައިގެން ދަތުރުގަ ދިޔައީ ކޮންކޮން ޤައުމުތަކަކަށްތޯ ބެލިއްޖެނު، ދެން ކިހިނެއްވީތަ، ގަޓު ހުރި ވާހަކަ ދައްކާނެ އެކަމަކު ބިރުން ތެޅި ބާލަނީ.
ވިސްނޭ
26 January 2017
އެމީދެކޭގޮތުގައި ކާކްކާނެ އެއްޗެއް ނެތިގެން ތިޔައުޅެނީ ސިދާތާތަ ކަލޭމެންގެ އަނގަތަޅުލާ މިވަރުގެ ވެރިއެއް ނުލިބޭނެ ސިދާތާ މިއީކާކް ކޮންހައިސިއްޔަތެއް އޮތްމީހެއް މާފޮނިވެގެން ތެޅިބާލަނީ
ފުތާ
26 January 2017
މީގެ ހުރިހާވެސް މައްސަލައަކީ ރ.މައުނޫން ކަމަށް އަރެން ދެކެނީ. އެއީ ޔާމީނުނަކީ ކޮންކަލަ މިޒާޖެއްގެ މީހެއްކަން އެނގިހުރެ ރައްޔިތުންގެ ކުރިމައްޗަށް ނެރުންކަން. ރ.ޔާމީނަކީ މައުމޫނުގެ ވެރިކަމުގަ މިނިސްޓަރު ކަމުން އިސްތިއުފާ ދިނުމަށް ފަހު އަމިއްލަ ޕާޓީއެއް ވެސް އުފެއްދި މީހެއް.
ކިހިލި
26 January 2017
ކިހިލި ޖަހައިގެން އިންތިހާބު ކާމިޔާބު ކުރާގޮތް ފެނޭ. މީނޫންތޯ ގަޓަކީ.
މަށޭ
26 January 2017
ޢިބްތިހާލް ގެ މަރާގުޅިގެން ފިޔަވަޅުއަޅަންޖެހޭ ކުްޖެނުތަ މީ
މަޓާޓޯ
26 January 2017
އަލްހަމްދު ލިއްލާހި ޝުކުރު
މޯރޗް
26 January 2017
ސަރުކާރުގެ މި އަމަލަށް ހެސްކިޔާފަ ރުޅިއައި ރައްޔިތުން މި ކޮމެންޓަށް "ލައިކް" ކުރޭ.
މެންޓަލިސްޓް
26 January 2017
ޕާސްޕޯޓްއެއް ހިފެއްޓޭނީ ކޯޓްއަމުރުަކުންތާ ؟؟؟ ދެން ސިޔާސީގޮތުން ރަގަޅުތާ ،، ސިދާތާ އިރުރަށް މަޝްހޫރުވެ މަޖިލިސްގެ ގޮނޑިއަކަށް ކުރިމަތި ލުމުގެ ފުރުސަތުވެސް ހުޅުވުނީތާ ،، އެހެންވީމައި ތިޔައީ ރަގަޅު ފާލެއް ،،، ވަރަށްވެދުން