27 މެއި 2023 - 17:15
މި އަހަރުގެ ފައިނޭންސް ފޯރަމް އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ.
އެ ފޯރަމް އިންތިޒާމުކުރާ ޕެންޝަން އޮފީހުން ބުނީ، ފޯރަމްގެ މަގްސަދަކީ މާލީ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ރާއްޖޭގެ މާލީ ދާއިރާއާ ގުޅުން ހުރި އެންމެ ފަހުގެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް، އެ ކަންކަމުގެ މައުލޫމާތުތައް ދިނުން ކަމަށެވެ. ރާއްޖޭގެ މާލީ ދާއިރާގެ އިސްފަރާތްތަކާއި އެކި ތަޖުރިބާކާރުން ކުރުނބާ މޯލްޑިވްސްގައި ބާއްވާ ފޯރަމްގައި ބައިވެރިވާނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.
ފޯރަމްގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލް އެވެ. އަދި ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރީ ދިރާގާ އެކު އެވެ.
ފޯރަމްގެ ކޯ ސްޕޮންސަރަކަށް އެމްއައިބީ ހަމަޖައްސާފައިވާއިރު، ގިނަ އެސޯސިއޭޓް ސްޕޮންސަރުންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި އެޗްޑީސީ އާއި ބެންކް އޮފް ސިލޯނާއި ސީބީއެމް އަދި މޮރިޝަސް ބޭންކް ހިމެނެ އެވެ.
މި އަހަރުގެ ފޯރަމުގެ ޝިއާރަކީ "ދަ ފިއުޗާ އޮފް ފައިނޭންސް: އެކްސްޕްލޯރިން ދަ އިންޓަރސެކްޝަން އޮފް ފިންޓެކް އެންޑް އޭއައި" އެވެ.
މި ފަހަރުގެ ފައިނޭންސް ފޯރަމްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ބައިވެރިވެ، މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ. އޭގެ ތެރޭގައި އެންވަޔަރަމްންޓް މިނިސްޓަރު އައިިނަތު ޝައުނާ އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފާއި ރާއްޖޭގެ ބެންކިން ދާއިރާ އާއި ޓެކްނޮލަޖީ ދާއިރާގައި މަސައްކަތް ކުރައްވާ އިސްވެރިން ވެސް ވާހަކަ ދައްކަވާނެ އެވެ.
ފައިނޭންސްގެ މުސްތަގުބަލުގައި ފިންޓެކް އާއި އޭއައިގެ ދައުރާއި ރާއްޖޭގެ ފައިނޭންސް ދާއިރާގައި އެ ޓެކްނޮލޮޖީތަކުގެ ދައުރަށް އެ ބޭފުޅުން އަލިއަޅުވާލާނެ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުމަށި
28 May 2023
އަހަރެންގެ ސުވާލަކީ ފައިނޭންސް ފޯރަމް ބޭއްވުމަކީ ޕެންޝަން އޮފީހުގެ މެންޑޭޓްގައި ހިމެނޭ ކަމެއްހޭ! އަބަދުވެސް ހިތަށް އަރާއެއްޗެއް. ކީއްވެބާއޭ ޕެންޝަންފައިސާ ޚަރަދުކޮށްގެން މި ފޯރަމް މި ބާއްވަނީ. ފައިސާ ޖަމާކުރާ މުސާރަވެރިންގެ މަސްލަހަތާ މި ފޯރަމާ ގުޅެނީ ކިހާ ހިސާބަކުންބާއޭ.
4455
28 May 2023
މީހުން ލައްވާ އަވަގުރާނަ ގޮއްވަން ނޫޅޭ.
ބައުކަލޯ
28 May 2023
ބޭންކައްޖަމާކުރާފައިސާކޮޅައްވާނުވާނޭންގޭއިރުއޭއައިއެކުސްޕުލޯކުރާނީކިހިނެތް
ކޮލަމް
27 May 2023
މިީއީ ކޮން މޮޔަ ގޮވުމެއް. އަސްލު ހިދުމަތް ނުދީ
ޗޮކޮސް ކޮސް
27 May 2023
ތީކީ ރިސާރޗަރުންނަށް ފުރުސަތު ދޭބައެއް ނޫން. މެޑެލި ޖަހާން އެބައެއްގެ މޫނިމަތި ޕޮލިޝް ކުރާން ކުރާކަމެއްތީ!
ހަމަހުވާ
27 May 2023
އެއްވެސް ކަމެއްވާބައެއް ނޫން. ލާރިނަގައިގެން ފޮނި ވާހަކަ ދައްކާ ސައިބޮއެފަ ކައިގެން ގެއައް.
މާކުންބޭ
27 May 2023
މިއީ ހަމަ ދިވެހިން ދިވެހިންގެ ގޮތުގައި ފައިސާ ތައް ބުރުވާލަން ކުރާކަމެއް، ނިކަން އެކަކުވެސް ބުނެބަލަ، މިފޯރަމް ކޮންމެ އަހަރަކު ބާއްވާ މިއިން ވި ފައިދާ އެއް އެބައޮތްތަ؟؟؟ ގާތް ކުދިންކޮޅެއް އެއްކޮށްލައިގެން އެތައް ބައިވަރު ފައިސާތަކެއް ހޭދަކޮށް ހަބޭހަށް ކާލެވޭ ދޯ؟؟
ހިތަޑު 2
27 May 2023
"ދަ ފިއުޗާ އޮފް ފައިނޭންސް: އެކްސްޕްލޯރިން ދަ އިންޓަރސެކްޝަން އޮފް ފިންޓެކް އެންޑް އޭއައި" މިކަހަލަ ވާހަކަ ދެއްކީމަ މީހުން ކިޔާނީ އެއްޗެހި، އެފްރިކާ ސަރަހައްދުގަވެސް ލިބޭ ރާއްޖެއަށް ވުރެ ރަނގާޅު ހިދުމަތް، ޕޭޕަލް ވެސް ހުއްދަ ނުދެވި ރައްޔިތުން އަޅުވެތި ކޮއްގެން ތިބެ ތިމާމެން ދުނިޔޭގެ ފެންވަރުގަ ބައެއް ކަމަށް އަމިއްލަޔަށް ދެކި ހެދިފަ ތިތިބެނީ!