2021 ވަނަ އަހަރު ބޭއްވި އެވޯޑު ހަފްލާގައި ބައެއް ނޫސްވެރިން، ޔޫތު މިނިސްޓަރު މަހުލޫފާއެކު.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
08 ޖޫން 2023 - 22:20
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއެމްސީން ކުރި އިއުލާނުގައި ބުނީ ދެ ކެޓަގަރީއަކުން 12 ދާއިރާއަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ވަނީ އަންނަ މަހުގެ ދެވަނަ ދުވަހާ ހަމައަށް ކަމަށެވެ.
(1) ތަހުގީގީ ނޫސްވެރިކަން (2) ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ ދާއިރާ (3) ސިޔާސީ (4) ޝަރުއީ އަދި ގާނޫނީ ދާއިރާ (5) ވިޔަފާރިއާއި އިގުތިސޯދު (6) ކުޅިވަރު (7) ފޮޓޯ ޖާނަލިޒަމް (8) ވީޑިއޯ ޖާނަލިޒަމް (9) ގްރެފިކްސް އާއި އިލެސްޓްރޭޝަންސް (10) ފީޗާ (11) އުންމީދީ ނޫސްވެރިޔާ (12) އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ
މީގެ ތެރެއިން އޯޑިއޯ ޖާނަލިޒާމައި ނިއުސް ގްރެފިކްސް އަދި އިލެސްޓްރޭޝަނަށް ހާއްސަ ކެޓަގަރީތަކެއް ތައާރަފުކޮށް އެ އިނާމު ދޭން ފަށާފައި ވަނީ 2021 ވަނަ އަހަރު އެވެ.
މީޑިއާ ކައުންސިލުގެ އުސޫލުގައިވާ ގޮތުން އިނާމަށް ނަން ހުށަހަޅާ ނޫސްވެރިންނަކީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން އެ އަހަރުގެ ޑިސެމްބަރު 31 އާ ހަމައަށް މަދުވެެގެން ނުވަ މަސް ވަންދެން މީޑިއާގައި މަސައްކަތްކޮށްފައިވާ ނޫސްވެރިންނަށް ވާންޖެހެ އެވެ.
މީޑިއާ ކައުންސިލުން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން އެކި ދާއިރާތަކުން ނޫސްވެރިންނަށް އެވޯޑު ދެމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނިކުބެ
09 June 2023
މިގައުމުގައި ވަރަށް ބަރާބަރު ނޫސްވެރިން އެބަތިބި. އެކަމަކު އެއީ ވަރަށްވެސް މަދު ބައެއް. ނޫސްވެރިންނޭ ކިޔައިގެ އެބައުޅޭ އަމިއްލަ ޕީއާރު ކުންފުނި ހިންގާމީހުނާއި ބައެއްމީހުންގެ ސްޕޮންސާސިޕުގައި އެކިއެކިއެކި މީސްމީހުންގެ ޕީއާރުމަސައްކަތުގައި އުޅޭމީހުން.
ވެރިކަމުގަ ހުރ މީދާކޭ އުނބު
09 June 2023
އިންޑިއާ އެމްބަސީން އަންގާ ގޮތަށް ކުރިއަށް ދިޔައިމަ ރަނގަޅުވާނެ
ހިކިވަށް
09 June 2023
ހަވީރު ނޫސވެރިންނަށް ތިއިނާމު ޙައްޤުވާނި