މިހާތަނަށް އުފެއްދި އެންމެ ކުޑަ ލަގްޒަރީ އަތްދަބަސް
17 ޖޫން 2023 - 08:24
ފެޝަން ބްރޭންޑް ލުއީ ވުޓޯން އިން ހަދާފައިވާ މި އަތްދަބަސް ކިތަންމެ ވަރަކަށް ހޯދިޔަސް ނުފެންނާނެ އެވެ. އެ އޮތް ތަނެއް ނޭނގޭތީއެއް ނޫނެވެ. ސައިޒު ކުޑަކަމުންނެވެ.
އެމެރިކާގެ ކަލެކްޓިވް އާޓް ގްރޫޕް "މިސްޗިފް" އިން އުފެއްދި މި ދަބަސް ލޮނުފުކަކަށް ވުރެއް ވެސް ކުޑަ އެވެ. މި ދަބަސް ހަމަލޮލަށް ރަނގަޅަން ފެންނާނީ މައިކްރޮސްކޯޕުން ބެލީމަ އެވެ.
ފެހި ކުލައިގެ އެ ދަބަހުގައި މަޝްހޫރު ބްރޭންޑް ލުއީ ވުޓޯންގެ ލޯގޯ އާއި ޑިޒައިން ހިމަނާފައިވެ އެވެ. މިއީ މިހާތަނަށް ދުނިޔޭގައި ވެސް ހެދި އެންމެ ކުޑަ ލަގްޒަރީ ދަބަހެވެ.
މީގެ ދެ ދުވަސްކުރިން މިސްޗިފްގެ އިންސްޓަގްރާމުގައި ޝެއާކުރި ދަބަހުގެ ފޮޓޯއަށް ވަނީ ބޮޑު މަގްބޫލުކަމެއް ލިބިފަ އެވެ. އެކަމަކު ގިނައީ ދަބަހަށް ހަޖޫޖަހާ މީހުންނެވެ.
މި ދަބަސް މިހާރު ވަނީ ނީލަމުގައި ވިއްކާލަން ނިންމައިފަ އެވެ.
މިސްޗިފް އަކީ މީގެ ކުރިން ވެސް ތަފާތު އެއްޗެހި ހަދައިގެން ސަމާލުކަން ހޯދާފައިވާ ބައެކެވެ. މީގެ ތެރޭގައި މި އަހަރުގެ ކުރީކޮޅު މަޝްހޫރުވި ރަތް ކުލައިގެ ބޮޑު ކާޓޫން ބޫޓު ފާހަގަކޮށްލެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކްއިކް ގަން މުރުގަން
19 June 2023
ތިޔަ ދަބަސް ރާއްޖެ އެތެރެވިޔަ ނުދޭތީ މީރާއިން ޓެކްސް ނަގާނެ ގޮތެއްވެސް ނޭގޭ.
ގެދާނޯމޮސް
17 June 2023
ހެޑިންގަ އެއޮތީ ހަމަލޮލަށް ނުފެންނަ ކުޑަދަބަހެއްގެވާހަކައެވެ. އޭތި ފެންނާނީ ހަމަލޮލަށް މައިކްރަސްކޯޕަކުން ކަމަށެވެ . ބޭކާރު ގޮތުގަ ވިސްނުން ނަގާނުލެއްވުން ރަނގަޅެވެ.
ރަސްތަ
17 June 2023
ދިވެހިބަހުގަ ހަމަލޮލަށް ފެނުން ބޭނުންކުރަނީ އެއްވެސް ވަސީލަތެއް ބޭނުންނުކޮށް ލޮލަށްފެންނަ އެއްޗެއްސަކަމަށް އަޅުގަނޑަށް މީގެކުރިން އެނގިފަ އޮންނަނީ. އެހެންވީމާ މިހާރު މިދަސްވީ ހަމަލޮލަށްފެންނަ އާގޮތެއް. ވަރަށްބޮޑަށް ޝުކުރިއްޔާ
ރަސްތަ
17 June 2023
މި ދަބަސް "ހަމަލޮލަށް ރަނގަޅަން ފެންނާނީ މައިކްރޮސްކޯޕުން" ބެލީމަ އެވެ. ވިސްނާވިސްނާ އެއްގޮތަކަށްވެސް ނޭގުނު، މައިކޮރޯސްކޯޕުން ބެލީމަ ހަމަލޮލަށް ފެންނަގޮތެއް!!! ކޮންމެސް ބޭފުޅަކު ބުނެދެއްވަބައްލަވާ ހަމަލޮލަށް ފެނުމަކީ ކޮބައިކަން.
ޙަސަން އަޙްމަދު
18 June 2023
ހަމަލޮލަށް ފެނުމަކީ އެއްވެސް ވަސީލަތަކާ ނުލާ ލޮލަށް ފެނުން.
ސީތާ
17 June 2023
ކީކޭ ދޯ ބުނާނީ. ތި ދަބަހަށް ހާދަ ސާމާނެއް ލެވޭނެޔޭ ދޯ! މަށަށް ހީވަނީ ސިންގަޕޫރަށް ޝޮޕިންއަކަށް ދާން ތިޔަ ދަބަސް ރަނގަޅުވާނެހެން