އައިސީއެސްއާރުއައި ކޮންފަރެންސުގައި ނައިބު ރައީސް ފައިސަލް ނަސީމު ކީނޯޓު ސްޕީޗު ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
18 ޖޫން 2023 - 22:23
ދުނިޔެ އާއި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދަންވީ އުފެއްދުންތެރި އަދި ދެމެހެއްޓެނިވި ހިޔާލުތަކުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ވިލާ ކޮލެޖުގައި އޮތް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަންސް (އައިސީއެސްއާރުއައި) ކޮންފަރެންސް ނިންމާލުމުގެ ގޮތުން ދެއްވި ކީ ނޯޓު ސްޕީޗުގައި ފައިސަލް ވިދާޅުވީ ތިމާވެށި ރައްކާތެރިކޮށް، މޫސުމީ ބަދަލުތަކުން ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ވެސް ގެންގުޅެނީ ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމުގެ އުސޫލުތަކެއް ކަމަށެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން "ވޭސްޓު ޓު އެނާޖީ" ޕްރޮޖެކްޓެއް ލޯންޗުކޮށްފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"ކުނި މެނޭޖުކުރުމަށް ލޯންޗުކުރި ޕްރޮޖެކްޓުން ކުނިން ކަރަންޓު އުފައްދައި، ފިއުލްގެ ހަރަދު ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ގޮތެއް ކުނި މެނޭޖުކުރުމުގައި ހޯދޭނެ. އަދި ކުނި މެނޭޖުކުރުމަށް އިތުރު ފެސިލިޓީތަކެއް ގާއިމުކޮށް، އެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން." ނައިބު ރައީސް ވިދާޅުވި އެވެ.
އައިސީއެސްއާރުއައި ކޮންފަރެންސްގެ ބައެއް ބައިވެރިން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި ހުރި އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް މި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ހަމަހަމަކަން ގާއިމުކުރުމަށް ޖެންޑާ އީކުއާލިޓީގެ އެކްޝަން ޕްލޭނެއް އެކުލަވާލުމާއި ހިލޭ ޑިގްރީއަށް ފުރުސަތު ހުޅުވާލައި، ފަސޭހައިން ތައުލީމު ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ހިމެނޭކަން ފާހަގަކުރެއްވި އެވެ.
ފައިސަލް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށާއި އައިސީއެސްއާރުއައި ފަދަ ކޮންފަރެންސްތަކުން އިނޮވޭޓިވް ތަފާތު ހިޔާލުތަކެއް ބޭނުންވާ ކަމަށެވެ.
އައިސީއެސްއާރުއައި ކޮންފަރެންސުގެ ބައެއް ބައިވެރިން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ވިލާ ކޮލެޖުން އިޖުތިމާއީ އެކި މައްސަލަތަކަށް ހައްލު ހޯދުމަށް ކުރިއަށް ގެންދިޔަ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ސްޕީކަރުން ބައިވެރިވި އެވެ. އެ ކޮންފަރެންސްގައި ތިމާވެށީގެ މައްސަލަތަކާއި ތައުލީމާއި އަދި ސިއްހީ ދާއިރާއިން ހުރި މައްސަލަތަކަށް ރިސާޗު ޕޭޕަރު ހުށަހަޅައި އެ ދާއިރާތަކުގެ މައުޟޫތަކަށް ވަނީ މަޝްވަރާކޮށްފަ އެވެ.
މިއީ ވިލާ ކޮލެޖުން ބާއްވާ އައިސީއެސްއާރުއައި ކޮންފަރެންސްގެ ހަތް ވަނަ އެޑިޝަނެވެ. މިއީ އެ ކޮލެޖު އިލްމީ ދިރާސާތައް ކުރާ މަރުކަޒަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފެށި ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ ޖާނަލްގައި ކޮންފަރަންސަށް ހުށަހަޅާ ފުލް ރިސާޗު ޕޭޕަރުތައް ޝާއިއުކުރާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯލްޑިވްސް
19 June 2023
ފައިސަލް އަކީ އޯގާތެރި ހިންގުންތެރި ރަނގަޅު މީހެއް، އެކަމް އެ ފަކީރަކަށްވެސް ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާ ކޮޅުގައި ހުއްޓަސް އަދި ފަރަށް އެރިއަސް ކުރެވޭނެ ކަމެއް ނެތް.
ފުއްގިރި
19 June 2023
މީނަވެސް އުޅެނީ އިންޑިޔާގެ އަބުދުލް ކަލާމް ކޮޕީކުރަން
އޮނަރަބްލް އަފީފު ދީދީ
19 June 2023
ސަރުކާރުން ތިމާވެއްޓަށް އަހަމީއްޔަތުކަންދޭތީ ނޫންތޯ ރާއްޖޭގެ އެތައްބައިވަރު ފަޅުރަށްތައްހުއްޓާ (އެހެންސަރަޙައްދަކަށް އިޤްތިސޯދީ ކުރިއެރުމެއްލިބިދާނެތީ) ކ.އަތޮޅުމާލޭގެ ކަނޑު ފަޅުހިއްކައިގެން ރިސޯޓްހަދަނީ. # އަދި މަޓީގެމެންބަރުންގެ ރިސޯޓްތަކުގެބަނދިގެއިން އުކާލާ (ތެލުލި ތަކެތިފަދަ) ކާބޯތަކެތި ކަނޑަށްއަޅާއިރުވެސް އެކަމަށް ފިޔަވަޅުނާޅާ ތިބުމަކީވެސް ސަރުކާރުން ތިމާވެއްޓަށްކޮށްދޭ ކަމެއްތޯ؟ އަދި މަޓީން މިކަމުގެ ދިފާޢުގައިވެސް ވާހަކަ ދައްކަނީ އެހެންވެތޯ؟
ބަކުންބޭ
19 June 2023
ކުރާ ކޮންމެ ކަމަކީ އަންސަސްޓެއިނަބްލް ކަންތައްތައް، ވެރިކަމުގައި ތާ އަބަދު އުޅެންވެގެން ދައުލަތާ ނުބައްދަލު ކަންތައްތައްކުރުމަށްފަހު އުފެއްދުންތެރިވާހަކަ ދެއްކީމަ މީތި ދިމަލެއްނުވޭ. ދެން ފައިބާ ދައުލަތުގެ ދަރަނި 110 ބިލިއަނަށް އަރައިފި، ދާ ކޮންމެ ދިމާލަކުން އިބްރާހީމް އެދަނީ އިސްކުރު ދޫކޮށް ދައުލަތުގެ ހަޒާނާ ވެރިކަމަށްޓަކައި ހުސްކުރަމުން. އެކައުންޓަބްލް ކުރުވާނެ އެކަކުވެސް ނެތް މެމްބަރުން އިންސްޓިޓިއުޝަންސްތައް ހަމަ ގަދަ ނިދީގަ.
ޏަމްންމް
19 June 2023
ބައްލަވާ ދައުރު ނިމޭއިރުވެސް ފިކުރީވާހަކަ.
ރޯޒަސް
19 June 2023
ދެމެހެއްޓެނިވި ހައްލަކީ.. އައްޑޫ ބައޮސްފިއަރ ރިސާވް ތަޅާ ސުންނާފަތި ކުރުމާއި މާލެއަތޮޅު ރިސޯތުތައް ހަދަން ބިންހިއްކަން ތަޅާ ސުންނާފަތިކުރުން..
ސަސު
18 June 2023
ވެރިކަމުގެ 5 އަހަރު ހަމަވާން ދާއިރު ތިބުނާ ހައްލު ކިހާވަރަކަށް ހޯދުނުތޯ ބަލަން ވީ.