ފައިނަލް މެޗު ކާމިޔާބު ކުރުމަށް ފަހު މާނިޔާ (ވ)، އޭނާ އާ ދެކޮޅަށް ކުޅުނު ކުޅުންތެރިޔާއާ އެކު.-- ފޮޓޯ: އަފްނާން ރަޝީދު/ ޓްވިޓާ
24 ޖޫން 2023 - 15:39
ޖަރުމަންގެ ބާލިންގައި މިހާރު ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ އައިޝަތު މާނިޔާ އާދަމް، ރަން މެޑަލް ހޯދައިފި އެވެ.
މާނިޔާ ރަން މެޑަލް ހޯދީ މިއަދު ކުޅުނު ފައިނަލް މެޗުގައި ބަލްގޭރިއާގެ ތިޔަންކަ ޖޯޖީވާ އާ ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މާނިޔާ ސެޓްތައް ކާމިޔާބު ކުރީ 21-19 އަދި 21-10 އިންނެވެ.
މުބާރާތުގެ ފައިނަލަށް މާނިޔާ ދަތުރު ކުރީ ޖޯޑަން އާއި މޮންގޯލިއާ ކުޅުންތެރިޔާ ބަލިކޮށްފަ އެވެ. މާނިޔާގެ ކޯޗަކީ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި ވެސް ހިމެނޭ އައިޝަތު އަފްނާން ރަޝީދު (ނާނު) އެވެ.
Alhamdhulillah.
— Ahmed Mahloof (@AhmedMahloof) June 24, 2023
Congratulations Maniya on winning Gold Medal 🥇 in Badminton (Division 1), good job coach @afnaanrasheed. 🙌🏾
We all are so proud of you. 🇲🇻❤️
Saabahey @shai_na @PhyruEdam, Ibbe and team. @SolympicsMV @SpecialOlympics #somaldives #Berlin2023… pic.twitter.com/xu6fPRDkJi
މިއީ ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖޭން ބެޑްމިންޓަންގައި ވާދަކުރި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ މުހައްމަދު ރާއިފް ޝަރީފް މިއަދު ކުޅޭނީ ފިރިހެން ޑިވިޝަންގެ ތިންވަނަ ހޮވާ މެޗުގަ އެވެ.
މި ރަން މެޑަލް އަކީ ރަސްމީ ސިފައެއްގައި ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ވާދަކުރަން ފެށިފަހުން ރާއްޖޭން ހޯދި ދެވަނަ ރަން މެޑަލް އެވެ. އެންމެ ފުރަތަމަ 2019 ވަނަ އަހަރުގެ މުބާރާތުގެ ނިއު ނޭޝަންސް ކެޓަގަރީގެ އަންހެނުންގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ޝިފްނާ އިބްރާހިމް ރަން މެޑެއްޔެއް ހޯދި އެވެ.
މިއަހަރުގެ މުބާރާތުގައި ރާއްޖޭން ވާދަކުރި ދުވުންތެރިޔާ ޒާނާ އަލީ ޝަރީފް ވަނީ 200 މީޓަރު ދުވުމުން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެތުލީޓް
25 June 2023
މަރުހަބާ ހުރިހާކުދިންނަށް. މިއީ 5 ވަނަ ރަންމެޑަލް. ފުރަތަމަ ރަންމެޑަލް ހޯދީ 2011 ވަނަ އަހަރު ގްރީސްގެ އެތަންސްގައި ބޭއްވުނު ސްޕެސިއަލް އޮލިމްޕިކްސް ވޯލްޑް ގޭމްސް އިން 3 ރަންމެޑަލް، 1 ރިހިމެޑަލް އަދި 2 ބްރޯންޒް މެޑަލް، 2019 ވަނަ އަހަރު ޔޫ.އޭ.އީގެ އަބޫދާބީގައި ބޭއްވުނު ސްޕެސިއަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި 1 ރަން މެޑަލް އަދި 1 ރިހި މެޑަލް. މީގެން ކޮންމެ ފަހަރަކުވެސް ދިވެހިރާއްޖެއިން ބައިވެރިވީ ރަސްމީކޮށް.
ސަޅިއޭ
24 June 2023
މަރުހަބާ!ޢަލްހަމްދުލިﷲ