ޖުމްހޫރީ ޕާޓީން މީގެ ކުރިން ބޭއްވި ހަފްލާއެއްގައި އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ސަމީރު ވާހަކަ ދައްކަވަނީ.--ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
24 ޖޫން 2023 - 21:08
ސަރުކާރުގެ މަގާމުތައް ހުށަހަޅައިގެން ޖުމްހޫރީ ޕާޓީގެ މެމްބަރުން ގެންދަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރައްވައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖޭޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އެ ޕާޓީން ސަމީރު ވަކިވެވަޑައިގަތީ ޖޭޕީ ވަކިން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމި ވަގުތު ކައުންސިލް ބައްދަލުވުމުގައި އިންނަވައިފަ އެވެ. ޖޭޕީގެ އެ ނިންމުމަކީ ގައުމަށް މިވަގުތު އެންމެ ހަމަޖެހުން އޮތް ގޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޖޭޕީގެ ސްލޮޓެއްގައި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި ސަމީރު ވަނީ ވިދާޅުވެފަ އެވެ.
އޭގެ ފަހުން، މިދިޔަ ބުދަ ދުވަހު ސަމީރު ވަނީ އެމްޑީޕީއަށް ސޮއި ކުރައްވައިފަ އެވެ. ސަމީރު އާއެކު ޖޭޕީގެ ކައުންސިލްގައި އުޅުއްވި ބައެއް މެންބަރުން ވެސް އެ ދުވަހު އެމްޑީޕީއަށް ސޮއި ކުރެއްވި އެވެ.
މިއަދު ޕެރެޑައިސް ރިސޯޓުގައި ބޭއްވި ޖޭޕީ ކައުންސިލުގެ 158 ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ސަމީރު އިސްވެ ޖޭޕީގެ މެމްބަރުން އެމްޑީޕީއަށް ގެންދަނީ ސަރުކާރުގެ މަގާމުތައް ހުށަހަޅައިގެން ކަމަށެވެ.
"...ލަދެއް ހަޔާތެއް ހުންނަން ޖެހޭނެ ދޯ ސަމީރެއް ކަމަކު އަދި އެހެން މީހެއް ކަމަކު. އެ ހިސާބަށް ދިޔައީމާ ދަންނަވާލަން ބޭނުންވަނީ ބޭފުޅުންނޭ މިއަދު އެކަންޏެއް ނޫނޭ އޮތީކީ. މާދަމާ ވެސް އެބަ އޮތޭ," ގާސިމް ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖޭޕީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމުމާއެކު، ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ގިނަ އިސް ބޭފުޅުން ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.
ނަމަވެސް، ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި އެ ޕާޓީގެ މެމްބަރުން އަދިވެސް އެބަ ތިއްބެވި އެވެ. އޭގެ ތެރޭގައި ޓްރާންސްޕޯޓު މިނިސްޓަރު ކަމުގައި ހުންނެވި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އާއި ފިޝަރީސް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ހިމެނިވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކާރިދޫ
25 June 2023
ސަމީރު އޮންދަ ރޯންގ ސައިޑް އޮފް ހިސްޓްރީ. ވީވިލްސީ
ރެފްރީ
25 June 2023
ޖޭޕީގެމެންބަރުންކައިރީގަ ޖޭޕީ ދޫކޮށްއަންނާށޭ ސަމީރުބުންޏަސް ގާސިމަށް ހިތުންރުހުމުން ތާއީދުކުރާމެންބަރަކު ހިނހައިދާނެހެ ހީއެއްނުވޭ ؟
ކޮރަލް
25 June 2023
މިގައުމުގަ ލަދު ގަންނަ މީހުން ވ މަދުވެއްޖެ އެވެ. ސަމީރު މާދަމާ ވެސް ޖޭޕީ އަށް ސޮއި ކުރާ އިރަށް ބަލައިގަންނާނެ އެވެ. މަގާމް ހޯދަން ޕާޓީ ބަދަލު ކުރުން އާއްމު ކަމަކަށް ވެއްޖެ އެވެ. މިހާރު ޕީޕީ އެމް އަށް ޑިމޮކްރެޓްސް ވެސް ރަނގަޅެވެ.
އެދުރުބޭބެ
25 June 2023
ޖޭޕީ ކެންޑިޑޭޓު ރައީސް ކަމަށް ހޮވިއްޖެނަމަ، 4 ފަސްޓް ލޭޑީން ތިބޭނެ. ކޮންމެ ފަސްޓް ލޭޑީ އަކަށް ގަނޑުވަރެއް، ކާރު، ބާނދީން، ބޮޑީ ގާޑުން މިހެން ގޮސް އެތައް ބޮޑު ޚަރަދެއް ރައްޔަތުންގެ ފައިސާ އިން ކުރަންޖެހޭނެ. ގައިމުވެސް 4 މީހުންގެ މެދުގައި ހަމަހަމަކަން ގެންގުޅެންވާނެ ދޯ؟ މިކަން އަޅެ އޮންނަގޮތެއް ކޮންމެވެސް ދީނީ ޢިލްމުވެރިޔަކު ވިދާޅު ދެއްވަބައްލަވާ.
ވަހީދުބެ
25 June 2023
ޤާސިމު އިބްރާހީމުގެ ހިތް ހެޔޮކަމާއި ކުލުނުން ނާޖާއިޒު ފައިދާ ނަގާ މަކަރުވެރި ހިޔަޅުން އެބޭފުޅާއަށް ކުރިއްސުރެ އެނގުނު ނަމައޭ ހިތަށް އަރާ. ކޮންމެ އިންތިޚާބަކާ ދިމާކޮށް އެތައް މިލިޔަނުން ޚަރަދު ކުރުވާފަ ލަނޑުދެނީ.
1206
25 June 2023
އެ ބޭފުޅާ އަށް ވެސް އެކަން އެނގޭ. މާދަން ވެސް ސޯލިހު ބަލިވެ އަލުން ސަމީރު ޖޭޕީއާ ގުޅެން ބޭނުން ނަމަ ގާސިމު ހަމަ މަރުހަބާ ކިޔާނެ. އެއީ އެ ބޭފުޅާގެ ޒާތް.
ގާސިމްގެގެ
25 June 2023
ގާސިމް ހޮވިގެން ރައީސްކަމުގެ ހުވާކުރަންވީމަވެސް ދެން ބުނެލާނީ ހުވާކުރަން ކަޑާލާށެވެ.
ނައިފަރު ހަންޑި
25 June 2023
ރައީސްކަމަށް ކުރިމަތި ލައްވާނަނަ ތަހުޒީބު ބަހުރުވަ ގެންގުޅުއްވާ. ރަނގަޅީ މަޑުމައިތިރިވެސް ވުން. ތިމާ ބުނަން ބޭނުންވާ އެއްޗެއް ދޭހަވާހޮތަށް ދިވެހިބަހުން ވެސް އިބާރާތް ކުރެވޭނެ. މަޑުމައިތިރިކޮށް ކިޔަސް މެސެޖް ދެވޭނެ. ތިމާގެ ވިސްނުމާ ލޮޖިކާ އުސޫލުގެ ގަދަކަން އެއީ ހޭރުމަކާ އަޑުގަދަ ކުރުމަކާ ގުޅުންހުރި ކަމެއް ނޫން. ހަމަ އެންމެ ލީޑަރެއް މިހާތަނަށް ފޮތްފޮތް ނެތި ފުރައްސާރައާ ދޮގުން ކާމިޔާބު ކުރީ. އެހެނެރޭޝަން ނިމެނީ. އޭނާގެ ތާއީދުން އެނގޭނެ.
ރައްޔިތުސޮރު
25 June 2023
ޤާސިމުގެ ޕޮލިޓިކަލް ފެއިލިއާރއަކީ ޚަރުދަނާ ސިޔާސަތެއް ނުގެންގުޅުން. ޤާސިމުގެ ސިޔާސީހަޔާތާ އަދި މުޅިވިޔަފާރި ފުނޑާލަން މަސައްކަތްކުރި މީހުން މިއަދުތިތިބީ އެންމެ އަރިސް އެޑުވައިޒަރުންނަށްހަދާފަ! ސަމީރަށްވެސް އިނގޭ މާދަމާ ސަމީރުވެސް ގޮތްހުސްވެގެން އަޔަސް ސަމީރައްވެސް އެޑްވައިޒަރުކަންލިބޭނެކަން! ސިޔާސީ މައިދާނުގަ އަދި އެހެންކަންކަމުގަވެސް އިސްކަންދޭންޖެހޭނީ ލޯޔަލް މީހުންނަށް. ރަނގަޅުޓީމަކާއެކު ރަނގަޅަށް ކުޅިބައި އަތުރާލެވިއްޖެނަމަ މީ ޤާސިމުގެ ފަހަރު!
ދިވެސް
25 June 2023
ގާސިމްގެ ތިޔަ ބަހުރުވަތަކުންވެސް މިއެނގެނީ ރައީސްކަމަށް ގެންނަން ހެޔޮ ނުވާނެކަން. ރައީސްކަމަށް ކުރިމަތިލާފަ ހުރި މީހަކު ދައްކަންނުޖެހޭ އެތަކެއްވާހަކަތަކެއް ތިޔަ ދައްކަނީއެވެ.
މަ ބުނީ
25 June 2023
މަކަރުވެރި ކެހިވެރި ހީލަތް ތެރިން ދެނެގެނެވެން ފަށައިފި الحمد لله.