ރާއްޖެ އައި ޓޫރިސްޓަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރި ރާއްޖޭގެ ލޯގޯ ކައިރީގައި މޫދަށް ބަލަހައްޓައިގެން. -- ފޮޓޯ: ފަޔާޒް މޫސާ /މިހާރު
30 ޖޫން 2023 - 10:07
އިނގިރޭސި ވިލާތުގެ ރައްޔިތުން ގައުމުތަކަށް ދަތުރުކުރުމުގައި ސަމާލުވާން އެދި ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީ މި މަހު އަޕްޑޭޓްކުރީ ރާއްޖެއަށް ހާއްސަކޮށް ނޫން ކަމަށާއި އެއީ މުޅި ދުނިޔެއަށް ނެރުނު އަޕްޑޭޓެއް ކަމަށް އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ ވިދާޅުވެއްޖެ އެވެ.
ޔޫކޭގެ ޓްރެވަލް އެޑްވައިޒަރީ އަޕްޑޭޓާ ގުޅިގެން ރާއްޖޭގެ ނޫސްތަކުން ރިޕޯޓްކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ ސަފީރު ކުރެއްވި ޓްވީޓެއްގައި ވަނީ ޓެރަރިޒަމާ ގުޅޭ ގޮތުން މި މަހުގެ 22 ގައި ނެރުނު އަޕްޑޭޓަކީ ހުރިހާ ގައުމެއް ހިމެނޭ ގޮތުން ނެރުނު އަޕްޑޭޓެއް ކަމަށެވެ.
"މިއީ ދިވެހިރާއްޖެއަށް ވަކިން ހާއްސަކޮށް ގެނައި ބަދަލެއް ނޫން،" ސަފީރު ލިޔުއްވާފައިވެ އެވެ.
ޔޫކޭ ސަރުކާރުގެ ވެބްސައިޓްގައި ވެސް މިއީ މުޅި ދުނިޔޭގައި ވެސް ޓެރަރިޒަމްގެ ރިސްކު ބޮޑުވެފައި ވާތީ ގެނައި ބަދަލެއް ކަމަށް ބުނެފައިވެ އެވެ.
@FCDOtravelGovUK Advice on terrorism was updated *globally* on 22 June 2023.
— Caron Rohsler (@caron_rohsler) June 29, 2023
The change made does *not* relate specifically to Maldives.
Local news reports are inaccurate.@MoFAmv @UKinMaldives @presidencymv
ޓްރެވަލް އެޑްވައިޒަރީ އަޕްޑޭޓްކުރި ކަމުގައި ވިޔަސް ރާއްޖެއާ ބެހޭ ގޮތުން ހިމެނޭ ބައިތަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. މިހާރު ވެސް އޮތީ ރާއްޖެއަކީ ކޮންމެ ވަގުތެއްގައި ވެސް ޓެރަރިސްޓުން ހަމަލާ ދީފާނެ ތަނެއް ކަމަށާއި ބޭރު މީހުން އަދި ހާއްސަކޮށް ޓޫރިސްޓުން ގޮސް އުޅޭ ތަންތަނަށް އަމާޒުކޮށް ހަމަލާ ދޭނެ ކަމަށް ބެލެވޭ ކަމަށެވެ. މިއީ ކުރިން ވެސް ރާއްޖެއާ ބެހޭ ގޮތުން ޔޫކޭ އާއި އެމެރިކާ އަދި އެހެން ގައުމުތަކުން ނެރޭ އެޑްވައިޒަރީތަކުގައި ވެސް އޮންނަ ގޮތެވެ.
ޔޫކޭގެ އެޑްވައިޒަރީގައި ބުނެފައިވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް އިނގިރޭސި ވިލާތުގެ މަސްލަހަތު ހިމެނޭ ތަންތަނާއި މީހުންނަށް ހަމަލާ ދިނުމުގެ ބިރު ބޮޑު ކަމަށާއި އެހެންވެ އެކަމަށް ސަމާލުވެގެން އުޅުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޏާއްކޮ
30 June 2023
ކަލޭމެން ގައުމުގަ އުޅޭ ނިއޯ ނާޒީންތައް އިސްލާހު ކޮށްބަލަ ފުރަތަމަ
ދޮހޮއްތު
30 June 2023
އެވީ ދުނިޔެއަށް ނެރުނު އެއްޗަކަށް .. ނުދެނަހުރިން އެޑްވައުޒަރީ މުޅި ދުނިޔެއަށް ނެރޭ ކަމެއް …
ޖަމީލްް
30 June 2023
ވަގުތު ނޫހުން އޮތީ ނުބައިކޮން ރިޕޯޓުކޮއްފަ. ކަމުގެ ދެކޮޅު ނުބަލާ ރިޕޯޓުކުރާބައެއް އެއީ.
އަފްރާސިޔާބު
30 June 2023
ތިކަން މުޅި ދުނިޔޭގައިވެސް ބޮޑުވާނެތާ ޔޫރަޕް ފިޔަވައި އެހެން ތަންތަނަކީ ޖަންގަލި ވިއްޔާ. އެޖަންގަލި ތަކުގައި ތަކުގައި އުޅޭނީ ބިރުވެރި ސިންގާޔާ، މިނިވަގާ ވަގައީ ސާރިދޯޅާއި މިހެން ކިޔާނޭ ކަމެއް ނެތް. ބިރުވެރިކަމުން ފުރިގެންވާ ތަކެތި. އެހެންވީމާ އެތަންތަނަށް ދާއިރު ބަލައިގެން އުޅެންވާނެ.
ހާލިހެދުން
30 June 2023
އަދިވެސް އެމީހުްނ ބުނިހައިކަމެްްކޮށް ފަހަތުންދުވަންވީ. އެމީހުން ހިތަށް އެރީމައި އެރިގޮތެއް ހަދަނީ.